"ތިބާއަށް މިންވަރު ކުރައްވާފައިވާ ކަމެއްނަމަ، ތިބާއަށް އެކަން ލިބޭނެ"

އެކަމަކީ ތިބާއަށް މިންވަރު ކުރައްވާފައިވާ ކަމެއްނަމަ، ތިބާއަށް އެކަން މިންވަރު ކުރައްވާނެ ކަމަށް މަޝްހޫރު ދީނީ ޢިލްމުވެރިޔާ، މުފްތީ މެންކް ވިދާޅުވެއްޖެއެވެ.

މުފްތީގެ ފޭސްބުކް ޕޭޖުގައި ޙިއްސާ ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކިތަންމެ ދުވަހެއްގައި އިންތިޒާރުކުރަންޖެހުނު ކަމުގައި ވިޔަސް، އެކަމަކީ ތިބާއަށް މިންވަރު ކުރައްވާފައިވާ ކަމެއް ނަމަ އެކަމެއް ތިބާއަށް ލިބޭނެ ކަމުގައެވެ.

"އެކަމަކީ ތިބާއަށް މިންވަރު ކުރައްވާފައިވާ ކަމެއްނަމަ، ތިބާއަށް އެކަން މިންވަރު ކުރައްވާނެއެވެ. ކިތަންމެ ދުވަހެއްގެ ފަހުން ވިޔަސް މެއެވެ." މުފްތީ ވިދާޅުވިއެވެ.

އަދި މުފްތީ މެންކް ވަނީ، ކޮންމެ ކަމެއްވެސް ބަލަހައްޓަވަނީ މާތް ﷲ ކަން ފާހަގަކުރައްވަމުން، އަބަދުވަސް ޔަޤީންކަމާއި ސާފު ހިތަކުން އެކަލާނގެއަށް ދެންނެވުމަށް ނަސޭޙަތްތެރިވެވަޑައިގަންނަވާފައެވެ.

"އެކަން ބަލަހައްޓަވަނީ މާތް ރަސްކަލާނގެއެވެ. އެހެންކަމުން އަބަދުވެސް ޔަޤީންކަމާއި ސާފު ހިތަކުން އެކަލާނގެއަށް ދަންނަވާށެވެ. އެކަލާނގެއަށް ވަކީލުކޮށް ކެތްތެރިވާށެވެ. އެކަލާނގެ ނިންމެވުމާމެދު ނުރުހުންތެރި ނުވާށެވެ. ހަރުކަށިކަން ނުދައްކާށެވެ. އަހަރެމެންގެ މަސައްކަތަކީ ޚާލިޞް ހިތަކާއެކު އެކަލާނގެ ރުހިވޮޑިގަންނަވާ ދިރިއުޅުމެއް އުޅުމެވެ." މަޝްހޫރު ދީނީ ޢިލްމުވެރިޔާ މެންކް ވިދާޅުވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު