ކުރީގެ ރައީސް ޢަބްދުﷲ ޔާމީން އަބްދުލްޤައްޔޫމާއި ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަން މައްސަލަތަކެއް ޖެހި، އެންމެ ފުރަތަމަ އެމަނިކުފާނުގެ ދިފާއުގައި ނިކުމެ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުން ގެންދެވި، އައްބާސް އާދިލް ރިޒާ ސަރުކާރާ ގުޅިފައިވާ ކަމަށް ޚަބަރު ލިބިއްޖެއެވެ.
ރައީސް މުއިއްޒު ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ރައީސް ޔާމީނާ، ކޮންގްރެސް ކޯލިޝަންގެ މައްސަލަތައް ޖެހުނުއިރު ކުއްލިއަކަށް ރައީސް ޔާމީންގެ ކޮމިޓީއެއް އުފެއްދެވިއެވެ. އެ ކޮމިޓީގެ މެންބަރެއްގެ ޙައިސިއްޔަތުން ނޫސްވެރިންގެ ބައްދަލުވުމެއްގައި އައްބާސް ވެސް ހުންނެވިއެވެ. އަދި އެ ދުވަހުގެ ބައްދަލުވުމުގައި އައްބާސް ވަނީ މިއީ ރައްޔިތުން ރައީސް ޔާމީނަށްޓަކައި ގެނައި ވެރިކަމެއްކަމަށާއި ރައީސް މުއިއްޒަކީ ސިޔާސީ ގޮތުން މަގުބޫލު ބޭފުޅެއް ނޫންކަމަށް ވިދާޅުވެ ފާޑުވިދާޅުވެފައެވެ.
އެ މައްސަލަގަނޑުގެ ތެރޭގައި، އައްބާސް ވަނީ ޕީޕީއެމްގެ ސްޕޯކްސްޕާސަން ކަމުން ހީނާ ވަލީދު އިސްތިއުފާ ދީފައިވާކަމަށާއި ދެން މީޑިއާތަކަށް މައުލޫމާތު ދެއްވާނީ ވެސް އޭނާކަމަށް ވިދާޅުވެފައެވެ. އަދި ސެކްރެޓަރީ ޖެނެރަލްގެ މަސައްކަތް ކުރަން އޭރު އެ މަގާމުގައި ހުންނެވި މުޙައްމަދު ޠަލާލް އުޒުރުވެރިވާކަމަށް ވިދާޅުވިއެވެ. ޕްރެސް ނިމުމާއެކު ނޫސްވެރިން ކުރި ސުވާލުތަކަށް ހީނާ އާއި ޠަލާލް އެ ވާހަކަތައް ދޮގު ކުރެއްވިއެވެ.
އޭރު ޕީއެންއެފްގެ ޙަރަކާތްތަކުން އޭނާ ފެނުނު ކަމުގައި ވިޔަސް މި ފަހަކުން އޭނާ އެއްވެސް ޙަރަކާތަކުން ފެނިފައެއް ނުވެއެވެ.
މެލޭޝިއާގެ އެމްބަސީގެ އިސް މަގާމެއް އައްބާސަށް ދިންތާ ދުވަސްކޮޅެއް ވެފައިވާ ކަމަށް މަޢުލޫމާތު ލިބެއެވެ،
އައްބާސް ވަނީ ރައީސް ޔާމީންގެ ވެރިކަމުގައި ސަރުކާރުގެ އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން އޭނާ ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމްސްގެ މަގާމު ވެސް އަދާކުރައްވާފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފަހުން މެލޭޝިޔާ އެމްބަސީގައިވެސް މަސައްކަތް ކުރެއްވިއެވެ. އޭނާ އެ މެލޭޝިޔާގެ އެމްބަސީގެ މަޤާމުން ވަކިވީ ރައީސް ޞާލިޙުގެ ވެރިކަމުގެ ކުރީކޮޅުގައެވެ.
ކިޔުންތެރިންގެ ޚިޔާލުތައް:
އަމިއްލަ ފަރުދެއްގެ ޙައިޘިއްޔަތުން ނަގަން ބޭނުންވާ " ސްޓޭންޑް " ނެގުމުގެ މިނިވަންކަން، އިސްލާމްދީން މަނާ ނުކުރާހާ ހިނދަކު ކޮންމެ މީހަކަށްވެސް ލިބިގެންވޭ.