ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް މަފާޒް އައްޔަންކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، މޯލްޑިވްސްގެ ކަސްޓަމްސް ސާވިސްގެ ޑެޕިއުޓީ ކޮމިޝަނަރަކަށް، އިބްރާހިމް މަފާޒް އައްޔަންކުރައްވައިފިއެވެ.

މަފާޒް މި މަގާމަށް އައްޔަން ކުރިކަން ހާމަކޮށް ކަސްޓަމްސްއިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަފާޒްއަކީ އެ އިދާރާ އަށް މިދިޔަ 27 އަހަރު ދުވަހު ހިދުމަތް ކޮށްދެއްވާފައިވާ ބޭފުޅެއް ކަމަށެވެ.

އޭނާ ވަނީ އޮސްޓްރޭލިއާގެ ކެންބެރާ ޔުނިވާސިޓީން ކަސްޓަމް އެޑްމިނިސްޓްރޭޝަންގެ ދާއިރާއިން މާސްޓާސް ޑިގްރީ ހާސިލްކޮށްފައެވެ. އަދި އޭނާއަކީ މި ސަރުކާރުން ކަސްޓަމްސް އަށް އައްޔަންކުރި ހަތަރު ވަނަ ޑެޕިއުޓީ ކޮމިޝަނަރެވެ. އޭނާ މީގެ ކުރިން ހުންނެވީ ކަސްޓަމްސްގެ ޑެޕިއުޓީ ޗީފް ސުޕްރިޓެންޑެއްގެ މަގާމުގައެވެ.

ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުގައި ދެން ތިއްބަވަނީ ފާތިމަތު ދިޔާނާ އާއި އަބްދުﷲ ވަހީދު އަދި މަހުމޫދު ރިޔާޒެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު