ކަޑައި ޗިކަން ކެއްކުމަށް ބޭނުންވާ ތަކެތި:
- ½ ކިލޯ ކުކުޅު (ޗިކަން ފިލެޓް) 1 އިންޗި ހުންނަ ވަރަށް ކޮށާފައި
- ¾ ޖޯޑު (100 ގްރާމް) ފިޔާ ކުދިކޮށްކޮށާފައި
- ¼ 1 ޖޯޑު ޓޮމާޓޯ ޕިއުރީ (ރޯޓޮމާޓޯ ނަމަ މެދު މިނުގެ 2 ޓޮމާޓޯ ޕިއުރީކޮއްފައި)
- ¾ މޭޒުމަތީ ސަމުސާ ޗަސްކޮށްފައި ހުރި އިގުރާއި ލޮނުމެދު
- ½ 2 މޭޒުމަތީ ސަމުސާ ތެޔޮ ނުވަތަ ގިތެޔޮ
- 1 ހިކިމިރުސް (ބުރި ބުރި ކޮށްލާފައި)
- ½ ސައިމަމުސާ ދިރި (ބޭނުމިއްޔާ)
- ½ ނުވަތަ ¾ ސައިސަމުސާ ލޮނު (ނުވަތަ ހެޔޮވަރު މިނަށް)
- ¼ ސައިސަމުސާ ރީދޫ
- ½ ސައި ސަމުސާ މެތީ ލިފް
- 3 މޭޒުމަތީ ސަމުސާ ކްރީމް/ޔޮގަޓް (ނުވަތަ 10 ވަރަކަށް ކެޝޫނަޓް ހިމުންކޮށް މުގުރާ ޕޭސްޓްކޮށް)
- 2 މޭޒުމަތީ ސަމުސާ ކޮރިއެންޑަރ ފަތް
ކަޑައި މަސާލާ ތައްޔާރުކުރެއްވުމަށް ބޭނުންވާ ތަކެތި: (ތައްޔާރީ ކަޑައި މަސާލާވެސް ބޭނުންކުރެވިދާނެ)
- ½ 1 މޭޒުމަތީ ސަމުސާ ނުމުގުރާ ކޮތަންބިރި
- 1 ހިކިމިރުސް ނުވަތަ ކަޝްމީރީ ޗިލީ
- 1 މޭޒުމަތީ ސަމުސާ ނުމުގުރާ ދަވިއްގަދު
- 2 ކަރަންފޫ
- ½ އިންޗީގެ ފޮނިތޮށި ކޮޅެއް
- 3 ކާފޫރު ތޮޅި
- 2 ނުވަތަ 3 ފުއް އަސޭމިރުސް
ތައްޔާރު ކުރައްވާނެގޮތް:
- މެދުމިނުގެ ގިނީގައި ތަވައެއްގައި ހިކިމިރުހާއި ކޮތަންބިރި އަޅުއްވާ 2 މިނިޓެއްހާއިރު ހަނާކޮށްލައްވާ. ކަރަންފޫ، ކާފޫރުތޮޅި، ދަވިއްގަދު އަދި ފޮނިތޮށި އަޅުއްވާ 1 ނުވަތަ 2 މިނިޓް ހަނާކޮށްލައްވާ ބަހައްޓަވަ ހިހޫވުމުން ހިމުންކޮށް މުގުރާލައްވާ.
- މެދުމިނުގެ ގިނީގައި ތަވައެއް ބަހައްޓަވާ ތެޔޮ ނުވަތަ ގިތެޔޮ އަޅުއްވާ ހޫނުވުމުން ދިރި އަދި ހިކިމިރުސް އަޅުއްވާ ކުޑަކޮށް ވަސްދުވާ ވަރުވުމުން ފިޔާ އަޅުއްވާ ރަތްކޮށްލައްވާ.
- ލޮނުމެދާއި އިގުރު ޕޭސްޓް އަޅުއްވާ ކުޑައިރުކޮޅަކު މީރުކޮށްލައްވާ އަދި ކުކުޅުމަސްކޮޅުއަޅުއްވާ ކުކުޅުކޮޅުގެ ކުލަ ބަދަލުވަންދެން އެއްކޮށްލައްވާ. ގިނި މަޑުކޮށްލެއްވުމަށްފަހު ރީންދޫ، ތެޅިމިރުސް ލޮނު އަދި ކަޑައި މަސާލާ އަޅުއްވާ ރަގަޅަށް އެއްކޮށްލައްވާ ޓޮމާޓޯ ޕިއުރީ އަޅުއްވާ ކުޑަކޮށް އޮލަވެލަންދެއްކައްކަވާ.
- މަތި ޖައްސަވައި ކުކުޅުރަގަޅަށް މަޑުވަންދެން ކައްކަވާ އަދި ގަރަމްމަސާލާ އާއި މެތީ ލީފް އަޅުއްވާ ކައްކަވާ، އޭރުން ގްރޭވީ ހުންނާނީ ހެޔޮވަރުމިނަކަށް އޮލަކޮށް ނިންމާ ލައްވަމުން ކްރީމް ނުވަތަ ކެޝޫނަޓްޕޭސްޓް އަޅުއްވާ ކުޑައިރުކޮޅަކު ކައްކަވާ އަދި ލޮނު ހެޔޮވަރުކޮއްލެއްވުމަށްފަހު އުދުން ނިއްވާލައްވާ ކޮރިއެންޑަރ ފަތްކޮޅުވެސް އަޅުއްވާ.
ނޯޓް: ކަޑައި ޗިކަން ހައްދަވާ އިރު ބޭނުމިއްޔާ ބަޓަރ ނުވަތަ ގިތެލުގަ ފިޔާ އަދި ބެލްޕެފަރ ކިއުބްކުރައްވާ މާ މާޑުނުވާ ވަރަކަށް ރަތްކޮށްލެއްވުމަށް ފަހު ކަޑައި ޗިކަން އަށް އަޅުއްވާ ލެވިދާނެ. ލިސްޓްގައި ޔޮގަޓް ހިމެނުނުނަމަވެސް ޓޮމާޓޯ ހުތްކަމަށްވަންޏާ ކްރީމް އެއްޗެތީގެ ބަދަލުގައި ބޭނުން ނުކުރެއްވުން ރަގަނޅުވާނެ. ކާސްޓަޑް އަޔަން ވައްތަރުގެ ތަވައެއްގައިނަމަ ބޮޑަށް ރަހަމީރުވާނެ.
ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.
ޑާވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.