ބޭނުންވާ ތަކެތި:
- 400 ގްރާމް ބީފް (ތުނިކޮށް ހިމަ ދިގުކޮށް ކޮށާފައި)
- ½ ޖޯޑު ކޯން ފްލަރ
- ތެޔޮ (ތެލުލުމަށް)
- 2 މޭޒުމަތީ ސަމުސާ ތެޔޮ (ސްޓަރ ފަރައިއަށް)
- 1 މެދުމިނުގެ ފިޔާ (ކިއުބްކޮށް ކޮށާފައި)
- 1 ބެލްޕެޕަރ (ބޮޑެތިކޮށް ކިއުބްކޮށްފައި)
- 1 މޭޒު މަތީ ސަމުސާ ސެސަމީ ސީޑް
- 1 މޭޒުމަތީ ސަމުސާ ސްޕްރިންގ އޮނިއަން (ފިޔާފަތް)
މެރިނޭޑްއަށް ބޭނުންވާ ތަކެތި:
- 1 މޭޒުމަތީ ސޯއި ސޯސް
- 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ހިމުންކޮށް ގާނާފައި)
ސްޓަރފްރައި ސޯސް އަށް ބޭނުންވާ ތަކެތި:
- 3 މޭޒުމަތީ ސަމުސާ ސޯއި ސޯސް
- 1 މޭޒުމަތީ ސަމުސާ ޑާރކް ސްވީޓް ސޯއި ސޯސް
- 3/1 ޖޯޑު ޓޮމާޓޯ ކެޗަޕް
- 2 މޭޒުމަތީ ސަމުސާ ވިނިގަރ
- ¼ މޭޒުމަތީ ސަމުސާ ޗިލީ ފްލޭކްސް (ބޮޑެތިކޮށް މުގުރާފައި ހުންނަ ހިކިމިރުސް)
ތައްޔާރު ކުރައްވާނެ ގޮތް:
- މެރިނޭޑް ގައި ހިމެނޭތަކެއްޗާއި ބީފްކޮޅު އެއްކޮށްލައްވާފައި ބަހައްޓަވާ.
- ތެލުލުމަށް ތާހެއް ނުވަތަ ތަވައަކަށް 3/1 ވަރަށް ތެޔޮ އަޅުއްވާ ހޫނުކޮށްލައްވާ.
- ތެޔޮ ހޫނުކުރައްވަން ބަހައްޓަވާ މެރިނޭޑް ކޮށްފައިހުރި ބީފްކޮޅުގެ ތެރެއަށް ކޯން ފަލަރ އަޅުއްވާ އެއްކޮށްލައްވާ މިހިން އެއްކުރައްވާނީ އެ ފަހަރަކު ތެލަށް އެޅުއްވޭ މިންވަރު ގެ ބީފްކޮޅަށް. މި ގޮތަށް އެއްކޮށްލައްވާ ހުޑަކޮށް ހަރުވެލަންދެން ބީފް ތެއްލަވާ އަދި ނަންގަވާ ތެޔޮ ހިކޭނެހެން ކިޗަންޕޭޕަރ ތައްޓެއްގައި އަޅުއްވާ ބަހައްޓަވާ.
- ސްޓަރފަރައި ސޯސް ތައްޔާރު ކުރުމަށް ހުރި ތަކެތީ ތައްޓެއްގައި އެއްކޮށްލައްވާ.
- ތަވައެއް ގެ ތެރެއަށް ތެޔޮ އަޅުއްވާ ހޫނު ވުމުން ފިޔާ އަޅުއްވާ މިނިޓެއްހާއިރު ފްރައިކޮށްލައްވާ ބެލްޕެޕަރ އަޅުއްވާ މިނިޓެއްހާއިރު އަނެއްކާވެސް ސްޓަރ ފްރައިކުރައްވާ ވަރަށް ގިނި މަޑުކޮށްލެއްވުމަށްފަހު އެއްކުރެއްވި ސޯސްކޮޅު އަޅުއްވާ ހޫނުވުމުން ބީފް އަޅުއްވާ ރަގަޅަށް އެއްކޮށްލަވާ ސެސަމީ ސީޑް ކޮޅުވެސް އަޅުއްވާ އެއްކޮށްލެއްވުމަށް ފަހު އުދުން ނިއްވާލައްވާ.
- ތައްޓަށް އަޅުއްވާ ތައްޔާރު ކުރައްވާއިރު ސްޕްރިންގ އަނިއަންކޮޅު މައްޗަށް ބުރުވާލައްވާ.
ނޯޓް: ޑީޕް ފަރައިކުރައްވަން ބޭނުން ފުޅުނުވާނަމަ ސްޓަރފަރއިވެސް ކުރެއްވިދާނެ.
ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.
ޑާވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.