Thursday, 20 June 2024

ފައިސާ ޗާޕްކުރަން ޖެހޭ، ފައިސާ ޗާޕްކުރީ ކޯވިޑްގެ ސަބަބުން: ރައީސް ޞާލިޙް

އިޤްތިޞާދީ ޙާލަތު ތަންދޭ ގޮތުން ފައިސާ ޗާޕްކުރަން ޖެހިއްޖެނަމަ އެކަން ކުރަން ޖެހޭކަމަށް ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިރޭ ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގައި އޮތް އެމްޑީޕީ ކެމްޕެއިން ހަރަކާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ކުރީގެ ރައީސް ޞާލިޙް ވިދާޅުވީ، އެމަކުފާނުގެ ވެރިކަމުގައި ފައިސާ ޗާޕުކުރީ ކޯވިޑުގެ ހާލަތުން އަރައިގަތުމަށްކަމަށެވެ. ރައީސް ޞާލިޙް ވަނީ މިސަރުކާރތުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަފުޅު ދައްކަވާފައެވެ.

ލޯނު ނަގަން ޖެހޭއިރު ނަގަން ޖެހޭނެ ކަން ފާހަގަކުރައްވަމުން، ފައިސާ ޗާޕް ކުރަން ޖެހޭ އިރު ޗާޕް ކުރަން ޖެހޭނެ ކަމަށް ޞާލިޙް ވިދާޅުވިއެވެ.

"މިދިޔަ އަހަރު ބަޖެޓް ފާސްކުރި އިރު ޑިސެމްބަރުގެ ފަހުން ފައިސާ ޗާޕް ނުކުރާނެ ކަމަށް އޮންނާނީ ނިންމާފަ، އެއީ އަގަނޑުމެން ނިންމާފަ އޮތް ކަމެއް." ކުރީގެރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.

ރައީސް ޞާލިޙް މިހެން ވިދާޅުވެފައިވާއިރު، ވޭތުވެދިޔަ ތިން އަހަރު ތެރޭގައި ދައުލަތުން 8.2 ބިލިއަން ރުފިޔާ ޗާޕުކޮށްފައިވާކަން މަރުކަޒީ ބޭންކް، އެމްއެމްއޭގެ ތަފާސްހިސާބުތަކުން ވަނީ ހާމަވެފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ ފެބުރުއަރީ މަހު ވިދާޅުވެފައިވަނީ ކުރީ ސަރުކާރުން މާލީ ހާލަތަށް ވާނެގޮތަކަށް ނުބަލާ ފައިސާ ޗާޕު ކޮށްފައިވާކަމަށެވެ. ރައީސް މުޢިއްޒު ވިދާޅުވެފައިވަނީ، ވޭތުވެދިޔަ 40 އަހަރުގެ ތެރޭގައި ފައިސާ ޗާޕު ނުކުރާވަރަށް މިދިޔަ ސަރުކާރުގެ 5 އަހަރުގެ ތެރޭގައި ފައިސާ ޗާޕު ކޮށްފައިވާކަމަށެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރު އައުމަށްފަހު ފައިސާ ޗާޕުކުރުން ހުއްޓާލައި، ޚަރަދުތައް ކުޑަކުރުމުގެ ހެޔޮ އަސަރު އިޤްތިސާދުން ފެންނަމުންދާ ކަމަށް މަރުކަޒީ ބޭންކު، އެމްއެމްއޭއިން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު