Saturday, 15 June 2024

މަނަދޫ އަޒީގެ ޅެންހާރު: އެ ބިރުވެރި ދަތުރު (5)

މިޅެމަކީ 28 ޖޫން 1999 (ހޯމަ)ގައި މަނަދޫ "ހާމަ" ބޯޓް މާލެއިން މަނަދުއަށް ކުރިދަތުރުގައި ބޯޓް ފެތުނު ހާދިސާއާއި ގުޅިގެން ހެދިފައިވާ ޅެމެކެވެ.

މިފަހަރު މިޅެން މިގެނެސްދެނީ އެދަތުރުގައި ބައިވެރިވި އޭރު އަދި ނުހިނގޭ އެހެނަސް މިހާރު ބޮޑެތިވެ ދަލިންލިބިފައި ތިބި ކުދިންނަށް އެކުދިން ހަނދާން ނުހުންނާނެ މި ނުރައްކާތެރި
ހާދިސާ ސިފަކޮށްދިނުމަށެވެ. މިޅެމުގައި އެވާ "ރަންދެލި"މިނަމަކީ އޭރު ނ އަތޮޅުގެ އަތޮޅުވެރިޔާ ރަށްރަށަށް ދަތުރުކުރައްވާ ޔޮޓް ދޯންޏަށް ކިޔާނަމެވެ.

އެކަމަށްޓަކައި ހިތުގައިހިނގާ ޝުކުރެއްގެ ފުންވި ޝުޢޫރުތައް
އެކަށޭނަ ގޮތުގައި ހާމަކޮށް ނުދެވޭނެޔޭ މުޅި ޢުމުރުގާ
ޓީޗަރަކު ހުއްޓޭ އިންޑިޔާ ދުވަހަކު ކަނޑުގެ ޚަބަރެއްނުވާ
މީކޮންމެ ދުވަހަކު ވާކަމެއްތޯ އޭނަ އެހިޔޭ އޭރުގާ
މިގޮތަށް ކިތައް ދުވަހަށް ފަހުންހެ ރަށަށް ދެވޭނީ އެހި ހިނދުން
މިގޮތެއް ނުވާނޭ ދެންބުނީ ޢަބްދުލްޙަމީދޭ އެތަނުގާ
ބޯޓުން އަޅައިދިން ޖެކެޓްއޭ ކޯންޗެއް ކަމެއްވެސް ނޭނގިހުރެ
ދޯނިން އައިސް ރަށުގައި ހިނގީ ހުރެގެންނެއޭނާ އެގޮތުގާ
ވާހަކަ ކިޔައިދީ ވީގޮތުގެ ރަނގަޅަށް އޮޅުންފިލުމާއެކީ
ތާޒާވެ މޫނުގެ ކުލައެކީ ހިނތުންވިޔޭ ވީއުފަލުގާ
މާދަން ރަށުން މީހުންބަލައި "ރަންދެލި" ފުރާކަން އެންގުމުން
އާހިތްވަރެއް ލިބި ހިތްތަކަށް ތާޒާވެ ފޮޅުނޭ އުފަލުގާ
ފާއިތުވެގެންދިޔަ ދުވަހުގައި ރަށުގައި ހިނގާލި ހިނގާލުމުން
ތާހިރުކަމޭ ފެނިފައިވަނީ ވަނައެއްދެވޭފަދަ އެރޮނގުގާ
ޖެހިގެން ދެވަނައަށް އައިދުވަހު ހެނދުނުގެ ސައިން އަދި ނުނިމެނީސް
ލެފި ޚަބަރު ރަންދެލި ގާފަރަށް ލިބުނޭގެޔަށްހަމަ ވަގުތުގާ
ވެރިޔާއަތޮޅު ހިތްހެޔޮކަމޭ ރަޙްމާއި އޯގާތެރިކަމޭ
ތެރިކަންއެހީ ދެއްވާކަމޭ ފެނިގެންމިދިޔައީ މިކަމުގާ
މިކަމަށްޓަކައި ޝުކުރާވެދުން ލޮބުވެތި ކަލޭފާނަށް ހަސަން
މިކަމަށްޓަކައި ޙައްޤޭކުރުން ޢުމުޤުންހިތުގެ ހެޔޮ ނިޔަތުގާ
ދަތުރަށްވުމުން ގާފަރު އޮފީހުގެ ބެލުމުގައި ހިރިހައިމުދާ
އަޚްނޭ އެ ގާފަރު ކޮނޑުމަތިން އުފުލައިދިނީ ދެކޮޅަށްހިނގާ
ގާފަރުގެ ލޮބުވެތި އެކުވެރީން އަތް ހޫރަމުން ވާޓަރުމަތީ
ދާތީ ފުރައިގެން ދެރަވެފައި ކުރިޔޭސަލާމް ހެޔޮނިޔަތުގާ
ރައްބީގެ ތަނަވަސް ރަޙްމަތުން ކުރިދަތުރު އެދުވަހު މަނަދުއަށް
ރައްކައުވެތިބެ ފަހިކަންމަތީ ނިމުނީ އެދުހުގެ ހަވީރުގާ
ލިބުމުން މި ގިނަގުނަ ތަޖުރިބާ ވިސްނައިލުމާއެކު ދުނިޔެއަށް
ޢިބްރަތުގެ ރީތި ފިލާވަޅެއް ލިބިގެންނެ ދިޔައީ މިކަމުގާ

(ނިމުނީ)
6 ޑިސެމްބަރު 2023
عبدالعزيز قاسم ލިލީ، ނ.މަނަދޫ

 

ކުރީގެ ބައި ކިޔާލުމަށް:

މަނަދޫ އަޒީގެ ޅެންހާރު: އެ ބިރުވެރި ދަތުރު (4)

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *