ކުކުޅު ތެލުލުމަށް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
- 250 ގްރާމް ބޯންލަސް ޗިކަން (ކުކުޅުމަސް)
- ½ 1 ސައިސަމުސާ ޗިލީ ސޯސް (ސްވީޓް ސްޕައިސީ)
- ½ 1 ސައިސަމުސާ ސޯޔާ ސޯސް
- ¼ ސައި ސަމުސާ ކަޝްމީރީ ޗިލީ ޕައަޑަރ ނުވަތަ މުގުރި މިރުސް
- ލޮނު ހެޔޮވަރު މިނަށް
- 2 ނުވަތަ 3 މޭޒުމަތީ ސަމުސާ ކޯން ފްލާ
- ½ 1 ނުވަތަ 2 މޭޒުމަތީ ސަމުސާ ގޮދަން ފުއް
- 1 ކުކުޅު ބިހުގެ ލޮނދި
- ތެޔޮ (ތެލުލެވޭ މިނަށް)
ޗިލީ ސޯސް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
- 1 މޭޒުމަތީ ސަމުސާ ސޯޔާ ސޯސް
- 2 މޭޒުމަތީ ސަމުސާ ތެޅިމިރުސް (ނުވަތަ ހެޔޮވަރު މިނަށް)
- 2 މޭޒު މަތީ ސަމުސާ ޓޮމާޓޯ ކެޗަޕް
- ½ ސައި ސަމުސާ ކަޝްމީރީ ޗިލީ ޕައުޑަރ (ބޭނުމިއްޔާ/ ޕެޕްރީކާ ޕައުޑަރ ވެސް ރަނގަޅުވާނެ)
- ¼ ސައިސަމުސާ މުގުރި އަސޭމިރުސް
- ¾ ނުވަތަ 1 ސައި ސަމުސާ ވިނިގަރ
- ½ ނުވަތަ 1 ސައި ސަމުސާ ހަކުރު
އެހެނިހެން ތަކެތި (ތަރުކާރީ ގެ ބާވަތްތައް):
- ½ 1 މޭޒުމަތީ ސަމުސާ ތެޔޮ
- 1 ފިޔާ މެދު މިނުގެ ފިޔައެއް (ކިއުބްކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ލޮނުމެދު (ކުދިކޮށް ކޮށާފައި)
- ¼ ނުވަތަ ½ ޖޯޑު ބެލް ޕެޕަރ (ކިއުބް ކޮށް ކޮށާފައި)
- 1 ނުވަތަ 2 ރޯމިރުސް (އޮށްނަގާ ފަޅިކޮށްލާފައި)
- 1 ސްޕްރިންފް އޮނިއަން (ކެއްކުމަށްފަހު ފިޔާ ފަތް މައްޗަށް ބުރުވާލުމަށް)
ތައްޔާރު ކުރައްވާނެގޮތް:
- 1 އިންޗިހާ މިނުގައި ހުންނަވަރަށް ކުކުޅު މަސްކޮޅުތަށް ކޮއްޓަވާލައްވާ ތައްޓަކަށް އަޅުއްވާ
- މި ކުކުޅު މަސްކޮޅުގެ ތެރެއަށް ކުކުޅު ތެލުލުމަށް ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި އަޅުއްވާ އެއްކޮށްލައްވާ ކުކުޅު ބިހުގެ ލޮނދި ކޮޅުވެސް އަޅުއްވާ ކުޑަކޮށް ހިކިނަމަ ކުޑަފެންފޮދެއް ފުއްކޮޅު ރަނގަޅަށް އެއްކުރެވޭވަރަށް އަޅުއްވާ އެއްކޮށްލެއްވުމަށްފަހު ސޯސް ތައްޔާރު ކުރެވެންދެން ނުވަތަ 2 ނުވަތަ 3 ގަނޑި އިރުވަންދެން ފްރިޖްގައި ބެހެއްޓެވުންވެސް ރަނގަޅުވާނެ.
- ސޯސް ތައްޔާރުކުރެއްވުމަށް ތައްޓަކަށް ސޯޔާ ސޯސް،ޗިލީ ސޯސް، ޓޮމާޓޯ ކެޗަޕް ޕައުޑަރ ޗިލީ، ވިނިގަރ، ހަކުރު އަޅުއްވާ ރަނގަޅަށް އެއްކޮށްލައްވާ މާ އޮލަނަމަ ކުޑަފެންފޮދެއްއެޅުއްވުމަށްފަހު އެއްކޮށްލައްވާ ބަހައްޓަވާ.
- މެރިނޭޓް ކުރެއްވި ކުކުޅުމަސްކޮޅު ތެޔޮ ހޫނު ކުރެއްވުމަށް ފަހު ކުޑަކޮށް ރަތްވަންދެއް ތެއްލަވާ.
- ކުކުޅު ތެއްލުލައްވާ ނިމުމުން ތަވައަކަށް ތެޔޮފޮދެއް އަޅުއްވާ ލޮނުމެދުކޮށް ކުޑަކޮށް ރަތްވަންދެން މީރުކޮށްލައްލެއްވުމަށްފަހު ބެލްޕެޕަރ، ފިޔާ އަދި ރޯމިރުސް ކޮޅު އަޅުއްވާ ކުޑަކޮށް މަޑުވެލަންދެން (ހަފާލެވޭވަރަށް) ކައްކަވާލައްވާ.
- އެއްކޮށްފައި ބެހެއްޓެވި ސޯސްކޮޅު އަޅުއްވާ ބޮކިޖަހާލަންދެން ކައްކަވާ ތެލުލައްވާފައި ހުރި ކުކުޅުކޮޅުއަޅުއްވާ ރަނގަޅަށް އެއްކޮށްލައްވާ ލޮނު ހެޔޮވަރުކޮށްލަވާ އަސޭމިރުސް ކޮޅުވެސް އަޅުއްވާ ކުޑައިރުކޮޅަކު ކައްކަވާލެއްވުމަށް ފަހު އުނދު ނިއްވާލަވާ ސްޕްރިންގ އަނިއަން މައްޗައް ބުރުއްސާލައްވާ.
ނޯޓް: ބެލްޕެޕަރ ގެ ބަދަލުގައި ކެޕްސިކަމް(ބޮޑު މިރުސް) ވެސް ބޭނުންކުރެއްވިދާނެ.
ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.
ޑާވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.