Tuesday, 23 July 2024

ޣައްޒާގައި އިސްރާޢީލުން ހިންގަމުންދާ ޢުދުވާނަށް 176 ދުވަސް، 32 ހާސް މީހުން ޝަހީދުކޮށްލައިފި

ޣައްޒާގެ ހުރިހާ ހިސާބެއްގައި އިސްރާއީލުން ހުއްޓުމެއް ނެތި ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ އެތައް ހާސް ބަޔަކު ޝަހީދުކޮށްލާފައިވާއިރު، އޭގެ ތެރޭގައި ޣައްޒާ ސިޓީގެ ސްޕޯޓްސް ސެންޓަރެއްގައި 15 މީހަކު ޝަހީދުކޮށްލާފައިވެއެވެ.

އަދި އިސްރާޢީލުން ދެމުންދާ ބޮމުގެ ހަމަލާތަކުގެ ސަބަބުން ގެދޮރު ގެއްލިފައިވާ އެތައް ސަތޭކަ ބަޔަކު ދަނީ ހިޔާވަހިކަން ހޯދަމުންނެވެ.

ފަލަސްތީން ރެޑް ކްރެސެންޓް ސޮސައިޓީން ބުނީ ޣައްޒާއާ ދެކޮޅަށް ހަނގުރާމަ ފެށުނު ފަހުން އިސްރާއީލުގެ އަސްކަރިއްޔާއިން އެ ޖަމާޢަތުގެ 26 މުވައްޒަފުން ޝަހީދުކޮށްލާފައިވާ ކަމަށާއި، އޭގެ ތެރޭގައި މެޑިކަލް ޑިއުޓީއަދާކުރަމުން ދަނިކޮށް ޝަހީދުކޮށްލާފައިވާ 15 މީހުން ހިމެނޭ ކަމަށެވެ.

ޣައްޒާ ސިޓީގެ ޝުޖާޔާގެ ޕޮލިސް ސްޓޭޝަނަކަށް އިސްރާއީލުން ދިން ހަމަލާއެއްގައި 17 މީހުން ޝަހީދުކޮށްލާފައިވާ ކަމަށް ޣައްޒާ ސަރުކާރުން ބުނެއެވެ.

ޣައްޒާގެ ހެލްތު މިނިސްޓްރީން ރިޕޯޓްކޮށްފައިވާ ގޮތުގައި ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ފަލަސްތީނުގެ 71 މީހަކު ޝަހީދުކޮށްލާފައިވާއިރު، 112 މީހުން ޒަޚަމްވެފައިވެއެވެ. އޮކްޓޯބަރު މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކުގައި ފަލަސްތީނުގެ 32،623 މީހުން ޝަހީދުވެ، 75،092 މީހުން ޒަޚަމްވެފައިވެއެވެ.

އިސްރާޢީލުގެ ޑިފެންސް މިނިސްޓަރު ޔޯއަވް ގަލަންޓް ވިދާޅުވީ އިސްރާއީލުގެ އަސްކަރިއްޔާއިން ހިޒްބުالله އާއި ދެކޮޅަށް ކުރާ ހިންގާ ހަނގުރާމަ ފުޅާކުރާނެ ކަމަށެވެ.

"އެ ޖަމިއްޔާ ހިންގާ ކޮންމެ ތަނަކަށް، ބެއިރޫތާއި ދިމިޝްގު އަދި ދުރު ތަންތަނަށް އަޅުގަނޑުމެން ވާސިލްވާނެ،" ލުބުނާނުގެ ދެކުނުގައި އެ ޖަމާއަތުގެ ރޮކެޓް އަދި މިސައިލް ޔުނިޓްގެ ޑެޕިއުޓީ ހެޑް މަރާލި ކަމަށް އިސްރާއީލުން ބުނިތާ ގަޑިއެއްހާއިރު ފަހުން އޭނާ ވިދާޅުވި އެވެ.
އިސްރާއީލަށް އަސްކަރީ އެހީ ހަނިކުރުމަށް، ޑިމޮކްރެޓިކް ސެނެޓަރުންނާއި ކޮންގްރެސްގެ މެމްބަރުންގެ ޕްރެޝަރު އިތުރުވި ނަމަވެސް އެމެރިކާއިން އިސްރާއީލަށް އިތުރު 2.5 ބިލިއަން ޑޮލަރުގެ ހަތިޔާރު ފޮނުވާނެ ކަމަށް ދަ ވޮޝިންޓަން ޕޯސްޓް ނޫހުން ވަނީ ބުނެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު