ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްްޒުއަކީ ރައްޔިތުންގެ ޝަކުވާތައް ކެތްތެރިކަމާއެކު އަޑުއެއްސެވުމުގެ ޤާބިލުކަން ހުރި ވެރިއެއް ކަމަށް ބުނެ ސޯޝަލް މީޑިޔާގައި އެމަނިކުފާނަށް ތަޢުރީފްކޮށްފިއެވެ.
އަންނަ މަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ތާއީދު ހޯއްދެވުމަށް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުއިއްްޒު ގެންދަވަނީ ޑޯޓުޑޯ ކެމްޕެއިން ހަރަކާތެއް ކުރިއަށް ގެންދަވަމުންނެވެ. އެގޮތުން ކޮންމެ ދުވަހަކުވެސް މާލޭގެ އެކި ހިސާބުތަކުގައި އެމަނިކުފާނު ކެމްޕެއިން ހަރަކާތްތައް ކުރިއަށް ގެންދަވައެވެ. ޑޯޓުޑޯ ހަރަކާތުގެ ތެރެއިން އެކި ގޭގެއަށް ވަޑައިގެން ރައްޔިތުންގެ ހާލު ބައްލަވައި، ކަންބޮޑުވުންތައް އެ މަނިކުފާނު ގެންދަވަނީ އަޑު އައްސަވަމުންނެވެ.
ހިތްތިރި ކަމާއި މަޑުމައިތިރިކަމުގެ ނަމޫނާ ރައީސެއް ♥️@MMuizzu #DhiveheengeRaees pic.twitter.com/9VAMM1Fwrd
— Centurion (@King_Cen12) March 30, 2024
އިއްޔެ މާލޭގައި ކުރިއަށްދިޔަ ކެމްޕެއިން ހަރަކާތެއްގައި މަގުމަތީގައި ހިންގަވާފައިވާ ވަޑައިގަންނަވަނިކޮށް، ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުވި ރައްޔިތަކު ވަނީ އޭނާ ތާއީދުކުރާ ކެނޑިޑޭޓަށް އިންތިޚާބުގައި ވާދަނުކުރެވޭތީ ނުރުހުން ފާޅުކޮށްފައެވެ. އަދި އޭނާ ތާއީދުކުރާ ކެނޑިޑޭޓަށް މަޖިލިސް އިންތިހާބުގައި ވާދަނުކުރެވުނު ސަބަބުތަކުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީއެއްގެ މައްސަލައަކާ ގުޅިގެންކަމަށް ތުހުމަތުކުރެއްވިއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ކެތްތެރިކަމާއެކު އޭނާގެ ވާހަކަތައް އަޑު އައްސަވާފައެވެ. އަދި އެއްވެސް ކެންޑިޑޭޓަކަށް އިންތިޚާބުގައި ވާދަނުކުރެވޭފަދަ ގޮތެއް ހައްދަވާފައިނުވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ނުފޯރުވާނެކަމަށް ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް އަމަލުކުރައްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިކަން ހިނގުމާއެކު ސޯޝަލް މީޑިޔާގައި ގިނަ ބަޔަކު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ތައުރީފްކުރައްވާފައެވެ. އެގޮތުން ރައީސްގެ ހިތްތިރިކަން މިއަދު ފެނިގެން ދިޔަ ކަމަށާއި، އެމަނިކުފާނަކީ ރައްޔިތުންގެ އަޑު އައްސަވާ ވެރިއެއްކަން އެނގިގެން ދިޔަކަމަށް ސޯޝަލް މީޑިއާގައި ބައެއް ފަރާތްތަކުން ވަނީ ޝުޢޫރުފާޅުކޮށްފައެވެ.
The Language/tone towards President @MMuizzu is unacceptable.
Public must Respect & raise concerns in a civilized way!— Ismail Mukhthaba (@mukhthaba) March 30, 2024
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީީ އެ ކެންޑިޑޭޓަކަށް އިންތިޚާބުގައި ވާދަނުކުރެވެނީ އެމަނިކުފާނު ކުރެއްވި ކަމެއްގެ ސަބަބަކުން ނޫނެވެ.
ސާބިތު ދަރަނީގެ މައްސަލަ ސާބިތުވެ ކެންޑިޑެސީ ބާތިލުވި ހަސަން ޝިޔާމްގެ ސަޕޯޓަރުންގެ ވާހަކަ އަޑުއަހަން މުއިއްޒު ކެތްތެރިކަމާއިއެކު ހުރުމުން ގިނަ ބައެއްގެ ތައުރީފް ލިބިއްޖެ pic.twitter.com/IMHuGPdN9U
— MV Noos Breaking (@MVNoosBreaking) March 30, 2024
އެ ކެނޑިޑޭޓަށް އިންތިހާބުގައި ވާދަނުކުރެވޭނެކަމަށް ކަނޑައެޅުއްވީ ސުޕްރީމް ކޯޓުންނެވެ. އެއީ ސާބިތު ދަރަންޏެއްގެ މައްސަލައިގައެވެ. އެ މައްސަލައަކީ މިވެރިކަމުގެ ތެރޭގައި ކޯޓަށް ހުށަހެޅި މައްސަލައެއްވެސް ނޫނެވެ. އެއީ މީގެ އަހަރުތަކެއްކުރިން ކޯޓަށް ހުށަހެޅި މައްސަލައެކެވެ.
ނޫން ތިހެނެއް ނޫން ތިކަން ހިނގާ ދިޔައީ.އެ ކަނބަލުން ބޭނުންވީ ރައީސްއާ ވާހަކަ ދައްކަން ހަސަން މައްސަލާގަ.އެބޭފުޅުން ތުހުމަތު ކުރީ ހަސަންގެ ކެނޑިޑެސީ ގެއްލުމުގައި ރައީސް އާއި ސަރުކާރު އަތެއް ވާކަމަށް.ރައީސް ވިދާޅުވީ ތިމަން މަނިކުފާނާއި ސަރުކާރުގެ އެއްވެސް ދައުރެއް ހަސަންގެ… https://t.co/wdtoTYZy7z
— Ibrahim Shujau (@IbrahimShujaau) March 30, 2024
ނުރުހިގެން ހުރެ ޢާންމު ރައްޔިތަކު ފާޅުކުރި ޝުޢޫރު، ރައީސް އަޑުއެއްސެވީ ކެތްތެރިކަމާއެކުގައެވެ. ކެތްތެރިކަމާއެކު އެ ވާހަކަތައް އަޑު އެއްސެވީތީ ގިނަ ބަޔަކު ވަނީ ރައީސުލްޖުމްހުރިއްޔާއަށް ތައުރީފްކުރައްވާފައެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއަކީ އާއްމު ރައްޔިތުންނަށް ފިއްލަވައިގެން އުޅުއްވާ ބޭފުޅެއްގެ ބަދަލުގައި، ރައްޔިތުންނާއި ގާތުން ބައްދަލުކުރައްވައި، ހާލު ބައްލަވައި، މަޑުމައިތިރިކަމާއި ކެތްތެރިކަމާއެކު އެ ރައްޔިތުންގެ އަޑު އައްސަވާ ބޭފުޅެއްކަންވެސް ގިނަ ބަޔަކު ވަނީ ފާހަގަކޮށްފައެވެ.
Supreme Court rejected Hassan Shiyam's candidacy not due to President @MMuizzu's influence, but because of his irregular debt payments, showcasing President Muizzu's commitment to transparency and non-interference in judicial matters. pic.twitter.com/TRrVQBQvMm
— Aika Nazim (@Elyz_Nazim) March 30, 2024
ކިޔުންތެރިންގެ ޚިޔާލުތައް:
ޑރ މުއިއްޒު ޒިންދާބާދު
ބައެއް ދިވެހިން މިވަނީ ލަދުޙަޔާތް ކެނޑިފައެވެ.