ފަހު ދިހައެއްގައި ސަރުކާރު ބަންދުވިޔަސް އިމަޖެންސީ ހާލަތްތަކުގައި އައިޑީކާޑުގެ ޚިދުމަތް ލިބޭނެ

މި ރަމަޟާން މަހުގެ ފަހު 10 ގައި ސަރުކާރުން ބަންދު ދުވަސްތަކުގައި އިމަޖެންސީ ހާލަތްތަކުގައި އައިޑީކާޑާއި ގުޅުންހުރި ޚިދުމަތްތައް ދޭނެ ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަން، ޑީއެންއާރުން ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި އެ ޑިޕާޓްމެންޓުން އެކްސްގައި ކުރި ޕޯސްޓެއްގައި ވަނީ ސަރުކާރު ބަންދު ދުވަސްތަކުގައިވެސް ޑީއެންއާރުން އިމަޖެންސީ ހާލަތްތަކުގައި އައިޑީކާޑުގެ ޚިދުމަތް ލިބިގެންދާނެކަން ހާމަކޮށްފައެވެ. އަދި ޚިދުމަތް ހޯދުމަށް އެ ޑިޕަރޓްމެންޓުގެ ނަންބަރު 7280368 އަށް ގުޅުއްވުމަށް ވެސް އެ ޑިޕާޓްމެންޓުން ވަނީ އެދިފައެވެ.

އެ ގޮތުން ރޯދަ މަހުގެ ފަހު 10 ގައި ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ދޫކުރާނީ 3 ދުވަހު ކަމަށް ޑިޕާޓްމަންޓް އޮފް ނޭޝަނަލް ރަޖިސްޓްރޭޝަނުން ކުރިން ވަނީ ހާމަކުރައްވާފައެވެ.

ރަމަޟާން މަހުގެ ދުވަސްތަކުގައި ކިއުބީން ނަމްބަރު ނަގައިގެން ކާޑު ދޫކުރުން ކުރިއަށް ގެންގޮސްފައިވަނީ ހެނދުނު 9:15 އިން 11:30 އަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ