ާޑާރވިން ބަދިގެ: ކްރީމް އޮފް ޗިކަން ސުޕް
ބޭނުންވާ ތަކެތި:
- ¾ ޖޯޑު ޗިކަން ބްރޮތު
- ¼ ސައި ސަމުސާ ޗިކަން ސްޓޮކް
- ¼ ސައިސަމުސާ އަނިއަން ޕައުޑަރ
- ¼ ސައިސަމުސާ ގާލިކް ޕައުޑަރ
- 8/1 ސައި ސަމުސާ މުގުރި އަސޭމިރުސް
- ¼ ސައިސަމުސާ ލޮނު (ނުވަތަ ހެޔޮވަރު މިނަށް)
- 8/1 ސައިސަމުސާ ޕާސްލީ
- ކުޑަ ޕެޕްރީކާ ޕައުޑަރ ކޮޅެއް (ބޭނުމިއްޔާ)
- 1 ޖޯޑު ކިރު
- ¼ ޖޯޑު ގޮދަންފުއް
ތައްޔާރުކުރައްވާނެ ގޮތް:
- ސޯސްޕޭން އަކަށް ޗިކަން ބްރޮތު އަޅުއްވާ ޗިކަން ސްޓޮކް، އަނިއަން ޕައުޑަރ އަދި ގާލިކް ޕައުޑަރ އަޅުއްވާ ކުޑަކޮށް ހޫނު ކޮށްލައްވާ.
- ބޯތައްޓަކަށް ފުށާއި ކިރު އަޅުއްވާ ރަނގަޅަށް އެއްކޮށްލައްވާ.
- ޗިކަން ބްރޮތު ގެ ތެރެއަށް އެއްކުރެއްވި ކިރާއި ފުއް މަޑު މަޑުން އެއްކުރައްވަމުން އަޅުއްވާ 2 ނުވަތަ 3 މިނިޓް ކައްކަވާ އަދި އަސޭ މިރުސް އަދި ލޮނު ހެޔޮވަރު ކުރައްވާ ޕާސްލީ ކޮޅު އުނދުން ނިއްވާލެއްވުމަށް ސުޕް ގެ މައްޗަށް އަޅުއްވާ.
ނޯޓް: ޗިކަން ބްރޮތު ނުވަތަ ސުރުވާ ތައްޔާރު ކުރައްވާނަމަ ކައްޓާއި އެއްކޮށް ހުންނަ ކުކުޅު ނުވަތަ ޗިކަން ވިންގްސް، ކެރެޓް، ސެލެރީ، ފިޔާ، ލޮނުމެދު، ބޭލީފް ތައިމް އަދީ ޕާސްލީއަޅުއްވާ ރަނގަޅަށް ކައްކަވާ ހިހޫވުމުން ފުރާނާ ލައްވާ. މަތި ބަންދު ކުރައްވާ ބެނުން ކުރަން ފްރިޖްގައިވެސް 5 ވަރަކަށް ދުވަހު ބެހެއްޓެވޭނެ.
ކްރީމް އޮފް ޗިކަން ސުޕް ތައްޔާރު ކުރައްވާ އިރު ބަޓަރ އަޅުއްވަން ބޭނުމިއްޔާ ބަރަރ ދިޔާ ކުރައްވާ ފުއްއަޅުއްވާ އެއްވުމުން ކިރުކޮޅު އަޅުއްވާ އެއްކޮށް ލެވިދާނެ.
ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.
ޑާވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.