Tuesday, 23 July 2024

ޑިޖިޓަލް ވޮލެޓްތަކުގައި މުއާމަލާތް ކުރެވޭ ގޮތް ބީއެމްއެލްއިން ހަމަޖައްސައިފި

މަނީ ޓްރާންސްފާ ޕްލެޓްފޯމުތަކާއި ޑިޖިޓަލް ވޮލެޓް ހިމެނޭހެން، ކުރިން ބްލޮކް ކޮށްފައިވާ ބޭރުގެ މާޗަންޓުން އަންބްލޮކްކޮށް މުއާމަލާތް ކުރެވޭ ގޮތް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ހަމަޖައްސައިފިއެވެ.

މިކަމާ ގުޅޭގޮތުން ބީއެމްއެލްގެ ސީއީއޯ ކާލް ސްޓުމްކަ ވިދާޅުވީ މިއީ ފްރީލާންސްކޮށް މަސައްކަތްކުރާ ފަރުދުންނާއި ކުދި ވިޔަފާރިވެރިންނަށް އެފަރާތްތަކުގެ އާންމު ދިރިއުޅުމުގެ ކަންކަން ހަމަޖެއްސުމަށް ރާއްޖެއިން ބޭރުން ލިބޭ ފައިސާއަށް މުހިއްމު ކަންކަން ބައްޓަން ކުރަންޖެހޭތީ އެފާރަތްތަކަށް އެހީތެރިވުމުގެ ގޮތުން ގެނެވުނު ބަދަލެއް ކަމަށެވެ. އަދި މިކަމުގެ ސަބަބުން ބޭންކިން އާއި ޕޭމަންޓް ހިދުމަތްތަކުން ކަސްޓަމަރުންނަށް ދެވޭ ހިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް އެޅިގެންދާ އިތުރު ފިޔަވަޅެއް ކަމަށް ވެސް އޭނާ ވިދާޅުވެއެވެ.

މިއަދު މި ގެނެވުނު ބަދަލާއެކު ކަސްޓަމަރުންނަށް ބޭންކުގެ ވިސާ ޔޫއެސްޑީ ކްރެޑިޓް ކާޑު ނުވަތަ މާސްޓާކާޑް ޕްރީޕެއިޑް ޔޫއެސްޑީ ޓްރެވަލް ކާޑު ބޭނުންކޮށްގެން މި ޕްލެޓްފޯމްތައް މެދުވެރިކޮށް ފައިސާ ފޮނުވުމާއި ފައިސާ ލިބޭނެ ގޮތް ހަމަޖެހިގެންދާނެ ކަމަށް އެ ބޭންކުން ވިދާޅުވެއެވެ.

ބީއެމްއެލްއިން ފާހަގަކުރައްވާފައިވާ ގޮތުގައި، އެ ކާޑުތަކުގެ އިތުރުން ފައިސާ ފޮނުވުމަށް ކާޑުގެ ޕްރައިމަރީ އެކައުންޓްގެ ގޮތުގައި ޔޫއެސް ޑޮލަރު އެކައުންޓް ކަނޑައަޅާފައިވާ ބީއެމްއެލް ޑެބިޓް ކާޑުވެސް ބޭނުންކުރެވޭނެއެވެ.

ޒުވާން ވިޔަފާރިވެރިންނަށް ފުރުޞަތުތައް ތަނަވަސްކޮށްދެއްވުމަށްޓަކައި، ޑިޖިޓަލް ވޮލެޓުތައް ބޭނުންކުރެވޭ ގޮތް ހަދައި، އީ ވޮލެޓުގެ ޚިދުމަތް ފުޅާކޮށް ޒުވާން ވިޔަފާރިވެރިންނަށް ވިޔަފާރީގެ ފަހި ފުުރުޞަތުތައް ހޯއްދަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވައުދުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު