ޓިއްކާ ތައްޔާރުކުރުމަށް ބޭނުންވާ ތަކެތި:
- 500 ގްރާމް ރޯމަސް މަސް (ބޮޑެތި ކިއުބް)
- 1 މޭޒުމަތީ ސަމުސާ ލުނބޯހުތް
- 1 މޭޒުމަތީ ސަމުސާ ޗަސްކޮށްފައި ހުރި އިގުރު
- 1 މޭޒުމަތީ ސަމުސާ ޗަސްކޮށްފައި ހުރި ލޮނުމެދު
- ¼ ސައި ސަމުސާ ރީންދޫ
- 1 މޭޒުމަތީ ސަމުސާ މުގުރި ދިރި
- 1 މޭޒުމަތީ ސަމުސާ މުގުރި ކޮތަންބިރި
- ½ ސައި ސަމުސާ ގަރަމް މަސާލާ
- 1 ނުވަތަ 2 ސައި ސަމުސާ މުގުރި މިރުސް
- ¼ ސައި ސަމުސާ މުގުރި އަސޭމިރުސް
- ¼ ޖޯޑު ޔޯގަޓް (ޕްލެއިން)
- 6 ބެންބޫ ސްޓިކް (20 ސަކަށް މިނިޓް ފެނުގައި ފޯކޮށްލައްވާފައި)
- ލޮނު ހެޔޮވަރު މިނަށް
ޓިއްކާ ތައްޔާރު ކުރައްވާނެގޮތް:
- ތައްޓަކަށް ރޯމަސް ކޮޅު އަޅުއްވާ ލުނބޯ އަދި ލޮނު އަޅުއްވާ ސީޒަން ކޮއްލުމަށްޓަކައި 10 ވަރަކަށް މިނިޓް ބަހައްޓަވާ.
- ލިސްޓް ގައި ދެން ހުރި ތަކެތި ބްލެންޑަރ އަކަށް އަޅުއްވާ ކުޑަ ފެންފޮދެއްބޭނުންވާ ނަމަ އަޅުއްވާ ޕޭސްޓެއްގޮތައް ތަޔާރުކޮށްލައްވާ.
- މެރިނޭޑް ކުރައްވަން ބެހެއްޓެވި މަސްކޮޅުގެ ތެރެއަށް މި ޕޭސްޓް އަޅުއްވާ 15 ވަރަކަށް މިނިޓް މަތިބަންދުކޮށްލެއްވުމަށްފަހު ފްރިޖްގައި ބަހައްޓަވާ.
- ބެމްބޫ ސްޓިކް ތަކަށް މެރިނޭޑްކުރެއްވި މަސްކޮޅުތައް އަމުނާލައްވާ އަދި 5 ނުވަތަ 7 ވަރަކަށް މިނިޓް ފުށުން ޖައްސަވަމުން ރަނގަޅަށް ފިއްސަވާލައްވާ.
މަސާލާ އަށް ބޭނުންވާ ތަކެތި:
- 2 މޭޒުމަތީ ސަމުސާ ތެޔޮ
- 1 ބޭލީފް
- 1 މެދު ސައިޒްގެ ފިޔާ (ކުދިކޮށް ކޮށާފައި)
- 1 މޭޒުމަތީ ސަމުސާ ޗަސްކޮށްފައިހުރި އިގުރު
- 1 މޭޒުމަތީ ސަމުސާ ޗަސްކޮށްފައިހުރި ލޮނުމެދު
- ½ ސައި ސަމުސާ ރީންދޫ
- 2 ސައި ސަމުސާ މުގުރި ކޮތަންބިރި
- 1 ސައި ސަމުސާ ކަޝްމީރީ ޗިލީ ޕައުޑަރ (ބެނުންނަމަ)
- 1 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕިއުރީ
- 2 މެދު ސައިޒްގެ ޓޮމާތޯ ނުވަތަ 1 ޖޯޑު ދަޅު ޓޮމާޓޯ
- 1 ސައިސަމުސާ ލުނބޯހުތް
- ¼ ޖޯޑު ހެވީ ކްރީމް
- ½ ސައި ސަމުސާ ގަރަމް މަސާލާ
- 1 ސައި ސަމުސާ މެތީ ލީފް
- ¼ ޖޯޑު ކޮރިއެންޑަރ ފަތް (ކުދިކޮށް ކޮށާފައި)
- ކުޑަފެންފޮދެއް
- ލޮނު ހެޔޮވަރު މިނަށް
- ކޮރިއެންޑަރ ފަތް (މައްޗަށް ބުރުވާލުމަށް)
ޓއްކާ މަސާލާ ތައްޔާރުކުރައްވާނެ ގޮތް:
- ތަވަޔަކަށް ތެޔޮ އަޅުއްވާ ހޫނު ވެލުމުން ބޭލީފް ލެއްވުމަށްފަހު ކުޑައިރުކޮޅަކު ބަހައްޓަވާ ވިޔާ އަޅުއްވާ ކުޑަކޮށް ރަތްވެލަންދެން ބަހައްޓަވާ އަދި ލޮނުމެދާއި އިގުރު އަޅުއްވާ ކުޑައިރުކޮޅަކު އެއްކޮށްލައްވާ.
- ރީންދޫ، ކޮތަންބިލިރި އަދި ޗިލީ ޕައުޑަރ އަޅުއްވާ މިނިޓެއްވަންދެން އެއްކޮށްލައްވާ އެއަށްފަހު ޓޮމާޓޯ ޕިއުރީ އަޅުއްވާ ކުޑައިރު ކޮޅަކު ބަހެއްޓެވުމަށްފަހު ޓޮމާޓޯ ކޮޅު އަޅުއްވާ އަދި ރޯ ޓޮމާޓޯ ނަމަ ރަނގަޅަށް މަޑުވެ ޗަސްވެލަންދެން ކައްކަވާ.
- ކެކެން ފެށުމުން މަޑުގިނީ ގައި 2 ނުވަތަ 3 މިނިޓް އެއްކުރެއްވުމަށްފަހު ލުނބޯ ހުތް އަދި ކްރީމް އަޅުއްވާ 3 ނުވަތަ 4 މިނިޓް ކައްކަވާލައްވާ.
- ގަރަމް މަސާލާ، މެތީ ލީފް އަދި ކޮށާފައި ހުރި ކޮރިއެންޑަރ ފަތްކޮޅު އަޅުއްވާ އެއްކޮށްލެވުމަށް ފަހު އުލުންނެއްޓެވުމަށްފަހު ޓިކާ މަސްކޮޅު އަޅުއްވާ މަޑުގިނީގައި ކުޑަ އިރުކޮޅަކު ކައްކަވާލެއްވުމަށްފަހު އުދުން ނިއްވާލައްވާ ކޮރިއެންޑަރ ފަތްކޮޅެއް މައްޗަށް ބުރުވާލައްވާ.
ނޯޓް: ފިޝްޓިކާ ކުރިން ތައްޔާރުކުރައްވާފައި ބެހެއްޓެވުމުން ވަރަށް ފަސޭހަވާނެ.
ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.
ޑާވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.