Saturday, 15 June 2024
ޕީޕީއެމް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުއިއްޒުގެ ކެމްޕެއން ނިންމުމުގެ ހިނގާލުން، 2023 ، ފޮޓޯ: ވަގުތު

ހުޅުމާލެ ފޭސް 2 ގައި ދިރިއުޅޭ ރައްޔިތުންނާ ރައީސް ބައްދަލު ކުރައްވަނީ

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހުޅުމާލެ ފޭސް 2 ގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދައްލުކުރައްވަން ނިންމަވައިފިއެވެ.

ޕީއެންސީ ހާމަކުރައްވާފައިވާ ގޮތުގައި ރައީސްގެ މި ބައްދަލުވުން ބާއްވަނީ މިރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކް ސަރަހައްދުގައެވެ. ރައީސްގެ މި ބައްދަލުވުމުގައި އެ ސަރަހައްދުގައި ދިރިއުޅުއްވާ ރައްޔިތުންނާއި ބައްދަލުކުރައްވާނެއެވެ. މި ބައްދަލުވުމުގެ އިތުރު ތަފްސީލެއް ހާމަ ކުރައްވާފައި ނެތް ނަމަވެސް ރޭ މާލޭގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި ރައީސް ވިދާޅުވީ، އިދިކޮޅު ފަރާތްތަކުން ސަރުކާރަށް އޮތް ރައްޔިތުންގެ އިތުބާރު ގެއްލުވާލުމަށް ދައްކަމުންދާ ވާހަކަތަކުގެ ތަފްސީލް މިރޭ ހާމަކުރައްވާނެކަމަށެވެ.

ހުޅުމާލެ ފޭސް 2 ސަރަޙައްދަކީ، މިހާރުގެ ރައީސް ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން ހާއްސަ އިސްކަމެއް ދީގެން މަސައްކަތްތަކެއް ކުރަމުންދާ ސަރަހައްދެކެވެ. އެގޮތުން އެ ސަރަހައްދުގެ ދިރިއުޅޭ ރައްޔިތުންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން ފްލެޓްތަކަށް ދައްކަން ޖެހޭ ކުލިން 200،000ރ. އެމަނިކުފާނު ވަނީ ރިޔާސީ ވަޢުދެއްގެ ތެރެއިން މަޢާފްކޮށްދެއްވާފައެވެ. މީގެ އިތުރުން ހިޔާ ޓަވަރުތަކުގައި ލިފްޓު ހަރުކުރުމުގެ މަސައްކަތްވެސް އެމަނިކުފާނުގެ އިރުޝާދުގެ ދަށުން އެޗްޑީސީން ވަނީ ފަށާފައެވެ.

މިސަރުކާރުން ހިޔާ ފުލެޓްތަކަށް ދިމާވެފައިވާ ދަތިތައް ޙައްލުކޮށްދެއްވުމަށްޓަކައި ގިނަ މަސައްކަތްތަކެއް ދަނީ ކުރައްވަމުންނެވެ. އެ ގޮތުން، ހިޔާ ފްލެޓްތަކުގައި އިތުރު ލިފްޓުތައް ހަރުކުރުމަށް އެޗް.ޑީ.ސީން ޙަވާލުކޮށްފައިވަނީ ޝެންޔަންގް ޔުއާން އިންޓެލެކްޗުއަލް ގުރޫޕާއެވެ. ހިޔާގެ 16 ޓަވަރު ހުންނައިރު އެއިން ކޮންމެ ޓަވަރަކަށް 2 ލިފްޓް އިތުރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ. އެހެންކަމުން ޖުމުލަ 32 ލިފްޓް ބެހެއްޓުމަށް ހަމަޖެހިފައިވެއެވެ. އެއީ ސްޓްރެޗަރ ނުވަތަ ބަލިމީހުން އުފުލޭނެ ލިފްޓަކާއި، 14 މީހުންގެ ޖާގައިގެ ލިފްޓެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު