އީދު ބަންދު ނިމެންދެން މަޖިލިސް ޗުއްޓީއަށް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް އޮތް ޢީދު ބަންދު ނިންމެންދެން މެދުކަނޑާލުމަށް ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލުމަށް ނިންމެވީ ރަމަޟާން މަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުވުމާއި ގުޅިގެންކަމަށެވެ. އަދި މިހާތަނަށް މަޖިލީހުން އަމަލުކޮށްފައިވާ ގޮތުން ޖަލްސާތައް ބާއްވަމުންދަނީ ސަރުކާރު ރަސްމީ ބަންދު ނޫން ދުވަސްތަކުގައިކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ

އަދި މަޖިލީހުގެ މުވައްޒަފުންގެ މަސައްކަތު ގަޑިވެސް ސަރުކާރު މުވައްޒަފުންގެ މަސައްކަތު ގަޑިއާ އެއްގޮތަށް އޮންނައިރު ހޯމަ ދުވަހު ބޭއްވި ޖަލްސާގެ މަސައްކަތުގައިވެސް މުވައްޒަފުން އުޅުނީ ޗުއްޓި ދުވަހެއްގެ ގޮތުގައިކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ޖަލްސާތައް މެދުކަނޑާލައި، ޢީދު ބަންދަށްފަހު މަޖިލީހުގެ ޖަލްސާތައް ފަށާނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިނަމަވެސް ޖަލްސާތައް ފަށާނެ ވަކި ތާރީހެއް އިއުލާނެއް ނުކުރައްވައެވެ.

މިހާރު ހިނގަމުންދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް މެދުކަނޑާލާފައިވާއިރު މިހާރު ވެސް 19 ވަނަ މަޖިލީހަށް ހުށަހަޅާފައިވާ މުހިންމު ބައެއް މަސައްކަތްތައް އަދިވެސް ހުރީ އެކި މަރުހަލާތަކުގައި ނުނިމިއެވެ.

19 ވަނަ މަޖިލީހުގެ ދައުރު އަންނަ މަހުގެ 27 ވަނަ ދުވަހަށް ހަމަވާއިރު، 20 ވަނަ މަޖިލިސް ހޮވުމަށް ބާއްވާ އިންތިޚާބު މި މަހުގެ 21 ވަނަ އޮންނާނެއެވެ.

ރައީސް ޑޜ. މުޢިއްޒުގެ ވަޢުދާ އެއްގޮތަށް، ރޯދަމަހުގެ ފަހު ދިހައެއްގައި ސަރުކާރު ބަންދުކުރާތީ، އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ބައެއް މެންބަރުން އެކަމަށް ފާޑު ވިދާޅުވިއެވެ. ނަމަވެސް، މިއަދުގެ ނިންމުމާއެކު މަޖިލިހުންވެސް މިވަނީ ފަހު ދިހައެއްގެ ދުވަސްތަކުގައި މަޖިލިސް ބަންދު ކަމަށް ކަނޑައަޅާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު