12 ފެބުރުވަރީ 2025

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު މަޝްރޫޢުއާއެކު، އިޤްތިޞާދު 5.2 އިިންސައްތަ ކުރިއަރާނެ: ވޯލްޑް ބޭންކް

ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓު ތަރައްޤީކުރުމަށް ކުރިއަށްގެންދާ މަޝްރޫޢާއެކު އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު 5.2 އިިންސައްތަ ކުރިއަރާނެކަމަށް ވޯލްޑް ބޭންކުން ލަފާކޮށްފިއެވެ.

މިއަދު ނެރުނު، ސައުތު އޭޝިއާ ޑިވެލޮޕްމަންޓު އަޕްޑޭޓު، "ޖޮބްސް ފޮރ ރެސިލިއަންސް" ރިޕޯޓުގައިވާ ގޮތުން ރާއްޖޭގެ އިޤްތިސާދު މިއަހަރުތެރޭ ކުރިއަރާނީ 4.7 އިންސައްތައިންނެވެ. މިއީ އެ ބޭންކުން ކުރިން ލަފާކުރި އަދަދަށްވުރެ 0.5 އިންސައްތަ ދަށް އަދަދެކެވެ. މި ބަދަލު ގެނެސްފައިވަނީ ރާއްޖެ އަންނަ ފަތުރުވެރިން އަގުބޮޑު ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރުމުގެ ބަދަލުގައި، ގެސްޓު ހައުސްތަކުގައި ޗުއްޓީ ހޭދަ ކުރާ މިންވަރު އިތުރުވާނެ ކަމަށް ލަފާކުރެވޭތީއެވެ.

ވެލާނާ އިންޓަރނޭޝަލް އެއާރޕޯޓުގެ އެކްސްޕެންޝަން ޕްެޮރޮޖެކްޓް އިފްތިތާޙު ކުރުމުގެ ތެރެއިން

މިއަދު ނެރެފައިވާ ރިޕޯޓުގައި އަންނަ އަހަރު ރާއްޖޭގެ އިޤްތިސާދު 5.2 އިންސައްތައިން ކުރިއަރާނެ ކަމަށް ލަފާކޮށްފައިވީ ނަމަވެސް އެއަހަރުތެރޭ ދައުލަތުގެ ދަރަނިވެސް އިތުރުވެގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރު ރާއްޖޭގެ އިގްތިސާދު ކުރިއަރާނެކަމަށް ލަފާކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓްގެ ތަރައްގީކުރުމަށް ހިންގާ މަޝްރޫއު ނިމޭނެކަމަށް ލަފާކުރުމަށްފަހުއެވެ.

މިދިޔަ އަހަރު ރާއްޖޭގެ އިޤްތިސާދަށް ލިބިފައިވަނީ 2 އިންސައްތައިގެ ކުރިއެރުމެއް ކަމަށާއި، މިއީ 2022 ވަނަ އަހަރު އިޤްތިސާދަށް ލިބުނު 13.9 އިންސައްތައިގެ ކުރިއެރުމާއި އަޅާބަލާއިރު މަޑު ދުވެއްޔެއްކަމަށް ވޯލްޑް ބޭންކުން ބުނެއެވެ.

ވިލުންވެރި އިޤްތިސާދަކަށް، ވަޒީފާތައް އުފެއްދުމަށް އަމިއްލަ ވިޔަފާރިތަކުގެ ދައުރު މުހިއްމުކަމަށް ފާހަގަކުރަމުން، ކޯވިޑުގެ ބަލި މަޑުކަމާއެކު އަމިއްލަ ވިޔަފާރިތައް މަޑުޖެހިފައިވާކަމަށްވެސް ރިޕޯޓްގައިވެއެވެ.

ރާއްޖޭގެ މާލީ ދާއިރާގައި ވާދަވެރިކަން ކުޑަކަމަށާއި، އެގޮތުން ސަރުކާރު ހިއްސާވާ ބޭންކުގެ ދައުރު އިޤްތިސާދުގައި ބޮޑު ކަމަށާއި، އަދި އަވަށްޓެރި ޤައުމުތަކަށްވުރެ އިންޓްރެސްޓު ރޭޓުތައް ރާއްޖޭގައި ބޮޑު ކަމަށް ވޯލްޑް ބޭންކުގެ ރިޕޯޓުގައި ބުނެފައިވެއެވެ.

އެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ގޮތުގައި، ދެކުނު އޭޝިއާއަކީ ދުނިޔޭގައި އެންމެ ބާރަށް ކުރިއަރަމުން އަންނަ އެއް ސަރަހައްދު ކަމަށް ވާއިރު، އަންނަ އަހަރުތެރޭ ދެކުނު އޭޝިއާ ސަރަހައްދު 6.1 އިންސައްތައިން ކުރިއަރާނެއެވެ. ހަމައެހެންމެ، އެ ރިޕޯޓުގައި ވަނީ، ދެކުނު އޭޝިއާގައި އެންމެ ބާރަށް ކުރިއަރަމުން އަންނަނީ އިންޑިއާ ކަމަށާއި، އެހެން ނަމަވެސް އެހެން ޤައުމުތަށްވެސް ކުރިއަރަމުން އަންނަ ދުވެލި ބާރުވަމުންދާ ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު