ހިޔާ ސަރަޙައްދުގައި ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާގެ ތެރެއިން، ފޮޓޯ: ފިޔަ

މެނިފެސްޓޯގައިވާ ވައުދުތައް ފުއްދެވުމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން މަޖިލީހަށް ހޮވުމަށް ރައީސް އެދިވަޑައިގެންފި

މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވައުދުތައް ފުއްދެވުމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން މަޖިލީހަށް ހޮވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެދިވަޑައިގެންފިއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް މިރޭ ހިޔާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ އެމަނިކުފާނު ވެރިކަމަށް ވަޑައިގެންނެވިއިރު ރާއްޖޭގައި އޮތީ ބަދަލުހިފުމުގެ ރޫހެއް ކަމަށެވެ. އެ ރޫހު ނައްތާލައި ހަމަޖެހުން ޤާއިމުވެފައިވާ ޤައުމެއް ބައްޓަން ކުރެއްވުމަށް ވައުދުވެވަޑައިގެންފައިވާނެ ކަމަށާއި އެކަން ކުރެވޭނީ ރައްޔިތުންގެ އެއްބާރުލުމާއެކުގައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ހިޔާ ސަރަޙައްދުގައި ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާގެ ތެރެއިން، ފޮޓޯ: ފިޔަ

ރައީސް ވިދާޅުވީ ހަމަޖެހުން ޤާއިމުކުރުމަށް މި ސަރުކާރުން މަސައްކަތް ކުރަމުންދާއިރު ވެސް އިދިކޮޅު ފަރާތްތަކުން ދައްކަމުންދާ ވާހަކަތަކުން އެ ހަމަޖެހުން ޤާއިމުވާން ބޭނުންނުވާކަމުގެ އިހުސާސް ކުރެވޭ ކަމަށާއި އެފަދަ ބަޔަކާ މަޖިލިސް ހަވާލުކޮށްފިނަމަ ރާއްޖެ އަނެއްކާވެސް ދާނީ ބަދަލު ހިފުމުގެ ރޫހެއްގެ ތެރެއަށް ކަމަށެވެ.

ހިޔާ ސަރަޙައްދުގައި ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާގެ ތެރެއިން، ފޮޓޯ: ފިޔަ

ރައްޔިތުންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދެވުމުގައި މަޖިލީހުގެ ދައުރުގެ މުހިންމުކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ސަރުކާރާ އެއް ވިސްނުމެއް ނެތް ބަޔަކު އިންތިޚާބުކޮށްގެން އެ ވައުދުތައް ފުއްދަން ދަތިވާނެ ކަމަށެވެ. އެގޮތުން، މިއަހަރުގެ ބަޖެޓު ފާސްކުރިއިރުވެސް އެމަނިކުފާނު ހިންގަން ބޭނުންވާ މަޝްރޫއުތަކަށް ހުށަހެޅުއްވި ބަޖެޓު އިދިކޮޅު މެޖޯރިޓީ އޮތް މަޖިލީހުން ބަދަލު ގެނެސް ފާސްކޮށްފައިވާ ކަމަށާއި 20 ވަނަ މަޖިލީހުގެ މެޖޯރިޓީ ވެސް އިދިކޮޅަށް ދީފިނަމަ އެފަދަ ކަންކަން ކުރިމަތިވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުގެ މެނިފެސްޓޯގައިވާ ހުރިހާ ވަޢުދުތައް ފުއްދެވުމަށް 200 އަށްވުރެ ގިނަ އިސްލާޙާއި އައު ބިލްުތައް ހިމެނޭހެން ޤާނޫނުތައް ފާސްކުރަން މަޖިލީހުގެ އެހީތެރިކަން ބޭނުންވާކަމަށާއި، އެ ކަމަށް އެއްބާރުލުން ދޭނެ މަޖިލީހެއް މުހިންމު ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ހިޔާ ސަރަޙައްދުގައި ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާގެ ތެރެއިން، ފޮޓޯ: ފިޔަ

"ސަރުކާރުގެ މެނިފެސްޓޯގައިވާ ހުރިހާ ވަޢުދުތައް ފުއްދެވުމަށް 200 އަށްވުރެ ގިނަ އިސްލާޙާއި އައު ބިލްުތައް ހިމެނޭހެން ޤާނޫނުތައް ފާސްކުރަން މަޖިލީހުގެ އެހީތެރިކަން ބޭނުންވޭ. މިކަންކަމެއް ނުވާނެ މިކަންކަން ކޮށްދިނުމުގެ ވިސްނުމުގެ ބަޔަކު ރައްޔިތުން ޚިޔާރުނުކޮށްފިނަމަ" ރައީސް ވިދާޅުވިއެވެ.

ހިޔާ ސަރަޙައްދުގައި ބޭއްވި މަޖިލިސް ކެމްޕެއިން ޖަލްސާގެ ތެރެއިން، ފޮޓޯ: ފިޔަ

ރައީސް ވަނީ އަމިއްލަ މަސްލަހަތަށްވުރެ ޤައުމު އަދި ދަރިންގެ މުސްތަގުބަލަށް ވިސްނައިގެން ކުރިއަށް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ވޯޓު ދިނުމަށް ރައްޔިތުންގެ ފަރާތުން އެދިވަޑައިގެންފައެވެ. އަދި އެމަނިކުފާނުގެ މެނިފެސްޓޯގައި ހިމަނުއްވާފައިވާ ވައުދުފުޅުތައް ފުއްދެވުމަށް އެއްބާރުލުން ދޭނެ ކެންޑިޑޭޓުން މަޖިލީހަށް ހޮވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު