29 އެޕްރީލް 2025

ބޮޑެތި އިނާމުތަކާއެކު "އީދު ޖަގަޑާ" ގެ ނަމުގައި ހުޅުމާލޭގައި އީދު ފާހަގަކުރަނީ

ބޮޑެތި އިނާމުތަކާއެކު "އީދު ޖަގަޑާ" ގެ ނަމުގައި ހުޅުމާލޭގައި އީދު ފާހަގަކުރަން ހަމަޖެހިއްޖެއެވެ.

ހުޅުމާލޭގައި ފޯރިގަދަ ގޮތެއްގައި ކުޑަ ޢީދު ފާހަގަކުރުމަށްޓަކައި، "އީދު ޖަގަޑާ" ގެ ނަމުގައި ހަރަކާތެއް ކުރިއަށް ގެންދިއުމަށް ރާވަމުންދާ "ކުލަބު ހުޅު" އިން ބުނީ އީދު ފާހަގަކުރުމަށްޓަކައި އެ ޙަރަކާތް އޮންނާނީ ކުޑަ ޢީދު ދުވަހުގެ ހެނދުނު 8:45 އިން މެންދުރުފަހު 2:00 އަށް ކަމަށެވެ. އަދި މިހަރަކާތް އޮންނާނީ ހުޅު ބީޗު ސަރަޙައްދުގައެވެ.

މި ޙަރަކާތުގައި ފެންކުޅި ކުޅުމުގެ ޙަރަކާތެއް ކުރިއަށްދާ ގޮތަށް ވަނީ ހަމަޖެހިފައެވެ. އެ ޙަރަކާތަކީ ފައިގަތަޅާ ހިމެނޭހެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޙަރަކާތެކެވެ. އާންމުންނަށް ހުޅުވާލެވިފައިވާ މިޙަރަކާތުގައި ބައިވެރިވެގެން 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ލިބުމުގެ ފުރުޞަތު އޮންނާނެއެވެ.

މީގެއިތުރުން، ވާދެމުމުގެ ޙަރަކާތެއްވެސް ކުރިއަށް ގެންދަން ރާވާފައިވާއިރު، ވާދެމުން ކާމިޔާބު ކުރާ ޓީމަކަށް 10،000 ރުފިޔާގެ ފައިސާގެ އިނާމެއް ވަނީ ހުށަހެޅިފައެވެ.

ވާދެމުމާއި ފެންކުޅި އިވެެންޓުގައި ބައިވެރިވާ ޓީމުތަކަށް ބައިވެރިވުމަށް ހުޅުވާލެވިފައިވަނީ 7 އެޕްރީލް ގެ 18:00 ގެ ނިޔަލަށެވެ.

ފެންކުޅި ޙަރަކާތާއި ވާދެމުމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން ތިރީގައިވާ ލިންކުން ފޯމު ހުށަހެޅުއްވޭނެއެވެ.

ފެންކުޅި ޙަރަކާތާއި ވާދެމުމުގައި ބައިވެރިވުމަށް މި ފޯމް ފުރިހަމަކުރައްވާ!

"ކުލަބް ހުޅު" އިން މަޢުލޫމާތު ދޭ ގޮތުގައި، ކުޑަ ޢީދު ދުވަހުގެ މި ފޯރިގަދަ އިވެންޓުގެ ތެރޭގައި ކުޑަކުދިންނަށް ޚާއްސަ ގޭމްސްތަކެއް ކުރިއަށް ގެންދެވޭނެއެވެ. އޭގެ ތެރޭގައި ބޯމަތިން ފެން، ތިންފައި ރޭސް، ގޯނި ރޭހައި، ލުބޯ ސަމުސާ ރޭސް ހިމެނެއެވެ. ކުޑަކުދިންނަށް ޚާއްސަ ކުރެވިފައިވާ މި ޙަރަކާތުގައި ވަގުތުން ބައިވެރިވެވޭނެއެވެ.

މީގެއިތުރުން، "ޢީދު ޖަގަޑާ" ޙަރަކާތުގެ ތެރެއިން ގިވްއަވޭ ލިބިގެން ދާނެއެވެ.

އެހެންކަމުން، ޢީދު ދުވަހު އޮންނަ ފޯރިގަދަ މި އިވެންޓުގައި އެންމެހާ ޢާއިލާތަކުން ބައިވެރިވެ ޢީދުގެ އުފާ ޙާސިލުކުރުމަށް "ކުލަބް ހުޅު" އިން އެދެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު