ރަސަމްއަށް ބޭނުންވާ ތަކެތި:
- 2 ނުވަތަ 3 ރޯޓޮމާޓޯ (1 ނުވަތަ ½ 1 ޖޯޑުގެ ކުދިކޮށް ކޮށާފައި ނުވަތަ ޕިއުރީ ކޮއްފައި)
- 8/1 ސައިސަމުސާ ރީންދޫ
- ½ ނުވަތަ ¾ ސަމުސާ ލޮނު (ނޫނީ ހެޔޮވަރު މިނަށް)
- ½ 2 ނުވަތަ 3 ޖޯޑު ފެން
- 1 ސައިސަމުސާ ހެލެބެލި ނުވަތަ ލުނބޯހުތް
- 1 ނުވަތަ 2 މޭޒުމަތީ ސަމުސާ ޖެގަރީ ނުވަތަ ހަކުރު (ނުވަތަ ހެޔޮވަރުމިނަށް)
- ½ ޖޯޑު ކޮރިއެންޑަރ ފަތް (ތަނޑު ތަކާއި އެކު ކޮށާފައި)
މީރުކުރުމަށް ނުވަތަ ޓެމްޕަރިންގއަށް ބޭނުންވާ ތަކެތި:
- ½ 1 މޭޒުމަތީ ސަމުސާ ތެޔޮ ނުވަތަ ގިތެޔޮ
- ½ ސައި ސަމުސާ މަސްޓަޑް ސީޑް
- ½ ސައި ސަމުސާ ނުމުރާ ދިރި
- 1 ހިކިމިރުސް (ބުރިކޮށްލާފައި)
- 1 ކޯނި ހިކަނދިފަތް
- ¼ ސައި ސަމުސާ އެސަފަޓީޑާ
- 3 ނުވަތަ 4 ލޮނުމެދު ޗަސްކޮށްލާފައި
ހަނާކޮށްލާފައި މުގުރުމަށް ބޭނުންވާ ތަކެތި:
- ¼ ސައި ސަމުސާ އޯބަތް (މެތީ)
- ¼ ނުވަތަ ½ ސައި ސަމުސާ ނުމުގުރާ އަސޭމިރުސް
- ½ 1 ސައި ސަމުސާ ނުމުގުރާ ދިރި
- 1 ކިހިމިރުސް (ނޫނީ ހެޔޮވަރު މިނަކަށް)
ތައްޔާރުކުރައްވާނެ ގޮތް:
- ކުޑަ ތަވަޔަކަށް އޯބަތް، ހިކިމިރުސް އަޅުއްވާ މަޑުގިނީގައި ހަނާކޮށްލައްވާ ކުޑަކޮށް ކުލަބަދަލުވާން ފެށުމުން ދިރި،އަސޭމިރުސް އަޅުއްވާ ވަސްދުވަންދެން ހަނާކޮށްލަވާ ހިހޫކުރައްވާ. އެއަށްފަހު ވަނެއްގައި ނުވަތަ މިކްސަރ ގެ ކުޑަ މުގުރާ ތަށީގައި މުގުރާލައްވާ.
- ކުޑަ ތަވައެއް ނުވަތަ ތެއްޔަކަށް ތެޔޮ ނުވަތަ ގިތެޔޮ އަޅުއްވާ މަސްޓަޑް ސީޑް،ދިރި އަދި ހިކިމިރުސް (ޓެމްޕަރ ކުރުމަށްހުރި ތަކެތި) އަޅުއްވާ ކުޑަކޮށް އަޑުގޮވާގޮތަށް ރޯސްޓްވާން ފެށުމުން ލޮނުމެދު އަދި ހިކަނދިގަތް އަދި އެސަފަޓީޑާ އަޅުއްވާ ހިކަނދިފަތްކޮޅު ހަނާވުމުން ނާންދާވަރަށް ހުއްޓާ ނިއްވާލައްވާ.
- ރަސަމް ތައްޔާރުކުރެއްވުމަށް މި މިކްސް (ނަންބަރ 2)ގައިވާ ތަކެތީގެ ތެރެއަށް ޓޮމާޓޯ، ލޮނު،ރީންދޫ އަޅުއްވާ ރަނގަޅަށް ޓޮމާޓޯތައް މަޑުވެ ޗަސްވެލަންދެއް އެއްކޮށްލައްވާ.
- މުގުރާފައި ހުރި ތަކެތި އަޅުއްވާ ފެން، ހެލެބެލި ޖެގަރީ ނުވަތަ ހަކުރު އަޅުއްވާ ރަނގަޅަށްކައްކަވާލައްވާ އަދި ކެކެން ފެށުމުން 5 ވަރަކަށް މިނިޓް މަޑުގިނީގައި ކައްކަވާލައްވާ އަދި ރަހަހެޔޮވޮރުކޮށް ލައްވާ (ރަހަ ހުންނަންވާނީ މަޑުފޮނިރަހަ އަކާއި ހުތް ރަހަ އަދި ކުޅި ހެޔޮވަރު މިނަށް).
- އެއަށްފަހު ކޮރިއެންޑަރ ފަތްކޮޅު މައްޗަށް ބުރުއްސާލައްވާ އުނދުން ނިއްވާ ލައްވާ.
ނޯޓް: ރަސަމް ހެއްދެވުމަށް ރަސަމް ޕައުޑަރވެސް ބޭނުން ކުރެއްވިދާނެ. މި ރަހަތައް ބޭނުންފުޅުމިނަކަށް ހެޔޮވަރުކޮށްލެއްވުންވެސް ރަގަޅުވާނެ.
ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.
ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.
ޑާވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.