Saturday, 22 June 2024

އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާއިން ކޯޓާ އިތުރުކޮށްދީފި

ރާއްޖެއަށް ބޭނުންވާ އަސާސީ މުދާ އެތެރެކުރުމަށް އިންޑިއާއިން ދީފައިވާ ހުއްދައިގެ ދަށުން މީގެކުރިން ކޯޓާ އިތުރުކޮށްދީފައިނުވާ މިންވަރަށް ކުރިއަށް އޮތް އަހަރަށް ކޯޓާ އިތުރުކޮށްދީފިއެވެ.

ރާއްޖެއާއި އިންޑިއާއާ ދެމެދު 1981ގައި ހަދާފައިވާ 'އެގްރިމެންޓް އޮން ޓްރޭޑް ކޯޕަރޭޝަން’ގެ ދަށުން ކޯޓާ ހަމަޖައްސަމުން ގޮސްފައިވެއެވެޡ

މިއީ މިހާތަނަށް ކޯޓާ އެންމެ ބޮޑަށް އިތުރުކުރި ފަހަރުކަމަށާއި ޚާއްޞަ އަގުތަކެއްގައި ރާއްޖެއަށް އެތަކެތި ލިބޭނެކަމަށްވެސް ހައިކޮމިޝަނުން ވިދާޅުވެއެވެެ.

ޚާއްޞަ ކޯޓަގެ ދަށުން އިންޑިއާއިން ރާއްޖެ އެތެރެކުރާ ކާބޯތަކެތީގެ ތަކެތީގެ ތެރޭގައި ހިމެނެނީ ފިޔާ، ހަނޑޫ، ހަކުރު، ފުށް، އަލުވި، ބިސް، މުގު އަދި ހިލަ އާއި ހިލަވެއްޔެވެ. މީގެ ތެރެއިން އަސާސީ ކާބޯތަކެތީގެ ކޯޓާއަށް ވަނީ ފަސް އިންސައްތަ އިތުރުކޮށްދީފައެވެ. އަދި ހިލައާއި ހިލަވެލީގެ ކޯޓާ ވަނީ އެއް މިލިއަން މެޓްރިކް ޓަނަށް އިތުރުކޮށްދީފައެވެ. މިގެނެވުނު ބަދަލާއެކު 25 އިންސައްތައިގެ އިތުރުވުމެކެވެ.

ކޯޓާ އިތުރުކޮށްދީފައިވާ ގޮތުގެ ތަފްޞީލް

  • ބިސް: 428 މިލިއަން
  • އަލުވި: 21،000 މެޓްރިކް ޓަނު
  • ފިޔާ: 36،000 މެޓްރިކް ޓަނު
  • ހަނޑޫ: 124،000 މެޓްރިކް ޓަނު
  • ފުށް: 109،000 މެޓްރިކް ޓަނު
  • ހަކުރު: 64،000 މެޓްރިކް ޓަނު
  • މުގު: 224 މެޓްރިކް ޓަނު
  • ހިލަ: އެއް މިލިއަން މެޓްރިކް ޓަނު
  • ހިލަވެލި: އެއް މިލިއަން މެޓްރިކް ޓަނު

އަސާސީ ތަކެތި ރާއްޖެ އެތެރެކުރުމަށް އިންޑިއާއިން އެއްބަސްވުން އެންމެ ފަހުން އެކުލަވާލާފައިވަނީ 2021 ވަނަ އަހަރުއެވެ. ތިން އަހަރު ދުވަހުގެ މުއްދަތަށް އެކުލަވާލި އެއްބަސްވުން މާރިޗު މަހަށް ވަނީ ހަމަވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު