Thursday, 20 June 2024

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އެޅުމުގެ މަޝްރޫޢެއް

އޭދަފުށީގައި 1000 ހައުސިން ޔުނިޓުއެޅުމުގެ މަސައްކަތް ވަރަށް އަވަހަށް ފައްޓަވާނެކަން ރައީސުލްޖުމްޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވައިފިއެވެ.

މަޖިލިސް އިންތިޚާބުގައި ސަރުކާރު ކޯލިޝަނުން އޭދަފުށީ ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓުގެ ކެމްޕޭން ޙަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ،
ލަސްތަކެއް ނުވެ މިހާރުވެސް އޭދަފުއްޓަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރަން ކުރައްވާ މަސައްކަތްތައް ޢަމަލީގޮތުން ފެށިގެންދާނެކަމަށެވެ.

ބޯހިޔާވަހިކަމުގެ މައްސަލަ ހަޢްލުކުރުމަށް އޭދަފުށީގައި ތަރައްޤީކުރެވޭ ހައުސިންގ ޔުނިޓަކުގެ ސަބަބުން އެރަށުގެ އިތުރުން އެދާއިރާ އާއި ޖުމްލަކޮށް މުޅިއަތޮޅަށްވެސް އޭގެ އެދެވޭ ފައިދާކުރާނެކަން އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.

"އިރާދަކުރެއްވިޔާ މިހާރު ކުރިއަށްދާ މަސައްކަތްތަކާއެކު ދާދި އަވަހަށް ހުރިހާ ޙުއްދައެއް ސަރުކާރުންދީ، ވަރަށް އަވަހަށް އޭދަފުށީގައި 1000 ހައުސިންގ ޔުނިޓުގެ މަޝްރޫޢެއް ފަށާނަން" ރައީސް ވިދާޅުވިއެވެ.

ސަރުކާރުންފައިވާ މުހިއްމު ވަޢުދުތަކާ އެއްގޮތަށް ކަންކަން ފުރިހަމަކުރުމަށް މަޖިލީހުން ހުއްދަތަކެއް ބޭނުންވާކަމަށާއި 20 ވަނަ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުގެ ވިސްނުމުގެ މެންބަރުން އިޚްތިޔާރުކުރުން މުހިއްމީ އެސަބަބައްޓަކައިކަމަށް ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ ހުރިހާ ދާއިރާއަކަށްވެސް އެމަނިކުފާނު ވެވަޑައިގެންވެވި ވަޢުދުތައް ފުއްދަވަން ސަރުކާރުން ކުރަންޖެހޭ ކަންކަން އިންތިޒާމުކުރެވިގެންދާނެކަމަށާއި ބޭނުންވަނީ މަޖިލީހުގެ އެއްބާރުލުމާއެކު ރައްޔިތުން އެދޭ ނަތީޖާތަށް ނެރެދިނުމަށްކަމަށް ރައީސުލްޖުމްޙޫރިއްޔާ ވިދާޅުވިއެވެ.

އޭދަފުށީގައި 1000 ހައުސިންގ ޔުނިޓް އެޅުމާ ގުޅޭ ގޮތުން ރައީސް ވާހަކަ ދެއްކެވި ޖަލްސާ

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު