Saturday, 15 June 2024

މަސްތުވާތަކެތި ބޭރު ކުރަން އުޅުނު މައްސަލައިގައި އެއާޕޯޓުގެ ދެ މުވައްޒަފަކު ހައްޔަރުކޮށްފި

ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެ ގެނެސް، އެތަކެތި އެއާޕޯޓުން ބޭރު ކުރަން އުޅުނު މައްސަލައިގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީގެ ދެ މުވައްޒަފަކާއި އިތުރު ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ވިދާޅުވީ، މަސްތުވާތަކެތި ފެނިފައިވަނީ އުސޫލުން ބޭރުން މާޗް މަހުގެ 15ގައި ބޭރު ކުރަން އުޅުނު ލަގެޖެއްގެ ތެރެއިން ކަމަށެވެ.

ފުލުހުން ވިދާޅުވި ގޮތުގައި އެ ލަގެޖުގެ ތެރެއިން މެތާއި ހެރޮއިން ހިމެނޭ ޖުމްލަ 4.5 ކިލޯގެ މަސްތުވާތަކެތި ވަނީ ފެނިފައެވެ.

ފުލުހުން އިތުރަށް ވިދާޅުވީ، މިމައްސަލައިގައި އެއާޕޯޓުގެ މުވައްޒަފުގެ އިތުރުން ހައްޔަރު ކޮށްފައިވަނީ ލަގެޖް ފޮއްޓާއި ހަވާލުވާން އައި މީހާއާއި ޕާކިސްތާނުގެ މީހެއް ކަމުގައެވެ.

އެމީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އެކަމުގައި ހިމެނޭ އެންމެ އިސް މީހާ ޝަރުތުތަކަކާއި އެކު ދޫކޮށްލާފައިވާ ކަމަށާއި، އެކަމުގައި އިސްކޮށް ހުރީ އެމްއޭސީއެލްގެ ސީނިއާ މުވައްޒަފަކު ކަމަށާއި، އަދި އޭނާ ދޫކޮށްލާފައިވާއިރު، ކޮންމެ ވެސް ވަރަކަށް ހެކި ހުރި ކަމަށް ފުލުހުން ވިދާޅުވެއެވެ.

މިކަމުގައި އެމްއޭސީއެލްގެ ގިނަ މުވައްޒަފުންތަކެއް ވެސް ހިމެނޭ ކަމަށާއި އެމައްސަލަ ސީރިއަސް މައްސަލައެއް ގޮތުގައި ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު