12 ފެބުރުވަރީ 2025
ގުޅިފަޅު

ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލުކުރަނީ

ނިމިދިޔަ ސަރުކާރުން ކުރިއަށް ގެންގޮސްފައިވާ ބިންވެރިޔާ ސްކީމްގެ ދަށުން ގިރާވަރުފަޅުން ދޫކޮށްފައިވާ 1،347 ގޯތި ގުޅީފަޅަށް ބަދަލު ކުރަން ސަރުކާރުން ނިންމައިފިއެވެ.

މިކަމާ ގުޅޭގޮތުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން މިއަދު ވިދާޅުވީ، ގިރާވަރުފަޅުން ގޯތި ދޫކޮށްފައިވަނީ އެސަރަޙައްދަށް ކޮންމެހެން ބޭނުންވާ މުހިއްމު ހިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން އެކަށައެޅުމެއް ނެތި ކަަމަށެވެ. އަދި މި ހިދުމަތްތަކާއެކު ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލުގެނައުމުން ގިރާވަރުފަޅުން ބިން ދޫކޮށްފައިވާ އަދަދަށް ގޯތި ނުނެގޭތީ ގިރާވަރުފަޅުން ދޫކޮށްފައިވާ ބައެއް ގޯތިތައް ބަދަލުކުރުމަށް ހަމަޖެހިފައި ވަނީ ގުޅިފަޅަށް ކަމަށްވެސް ވިދާޅުވިއެެވެ.

ގިރާވަރުފަޅުން ގުޅީފަޅަށް ބަދަލުކުރުމަށް ހަމަޖެހިފައިވާ ގޯތީގެ އަދަދާއި ބޮޑުމިން

  • 1250 އަކަފޫޓުގެ 193 ގޯތި
  • 1650 އަކަފޫޓުގެ 663 ގޯތި
  • 2050 އަކަފޫޓުގެ 487 ގޯތި
  • 2450 އަކަފޫޓުގެ 4 ގޯތި

ގިރާވަރުފަޅުން އެ ސައިޒުގެ ގޯތި ލިބިފައިވާ ފަރާތްތަކުން މާދަމާ ހެނދުނު 9:00 އިން 14 އޭޕްރީލް ވަނަ ދުވަހުގެ 23:00 ގެ ނިޔަލަށް ތިރީގައިވާ ހިޔާވަހި ޕޯޓަލް (ބިންވެރިޔާ ސްކީމް>ރިކުއެސްޓް ކުރެއްވުމަށް) ލިންކް މެދުވެރިކޮށް ގުޅީފަޅަށް ގޯތި ބަދަލުކުރުމަށް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާ ކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ،

ޕޯޓަލުގައި އާންމުކޮށްފައިވ ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން


އެގޮތުން، އެ އަދަދަށްވުރެ ގުޅީފަޅަށް ބަދަލުވާން ހުށަހަޅާ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅީފަޅުން ގޯތި ލިބޭ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުންނެވެ. މި ގުރުއަތު ނެގުން އޮންނާނެ ތާރީހެއް އެ ވުޒާރާއިން އާންމުކޮށް އިއުލާން ކުރާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ގުޅީފަޅުގެ ލޭންޑް ޔޫސް ޕްލޭން އެ ވުޒާރާގެ ވެބްސައިޓްގައާއި ހިޔާވަހި ޕޯޓަލްގައި އާންމުކޮށްފައިވެއެވެ.

ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން އެދޭ ފަރާތްތަކުގެ އަދަދު އިތުރުވާނަމަ ގުޅިފަޅުން ގޯތި ލިބޭނެ ފަރާތްތައް ކަނޑައަޅާނީ ގުރުއަތުން ކަމަށް ވެސް ގެދޮރުވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވިއެވެ.

ގިރާވަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން ޖުމްލަ 160 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވާއިރު އެތަނުން އިތުރު 50 ހެކްޓަރުގެ ބިން އިތުރު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ނިންމަވާފައެވެ. މިހާރު ހަވާލުކޮށްފައިވާ މަސައްކަތުގެ ދަށުން 50 ހެކްޓަރުގެ ބިން މިހާރު ވަނީ ހިއްކައި ނިމިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު