Saturday, 15 June 2024

ބޭނުންވަނީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރަން އެއްބާރުލުން ދޭނެ މަޖިލީހެއް އޮންނަން: ރައީސް

ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކުގައި އެއްބާރުލުން ދޭނެ މަޖިލީހެއް އިންތިހާބުކުރުން މުހިއްމުކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ވެރިކަންކުރާ ކޮންގްރެސް ޕާޓީން މިރޭ ބޭއްވި ސިޔާސީ ހަރަކާތެއްގައި ވާހަކަފުޅުދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ ރާއްޖޭގެ އެހެން ސަރަހައްދުތަކެކޭ އެއްގޮތަށް މާލެ ސިޓީއަށްވެސް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ ގެދޮރުވެރިކަމުގެ މައްސަލަކަމަށެވެ. ނަމަވެސް މިހާތަނަށް އެ މައްސަލަ ހައްލު ނުވެ އޮތީ އެކަށިގެންވާ މަސައްކަތްތަކެއް ނިމިދިޔަ ސަރުކާރުތަކުން ކޮށްފައިނުވާތީކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް  ވިދާޅުވީ ގެދޮރުވެރިކަމުގެ މައްސަލަ ހައްލުކުރަން މިހާރުވެސް މަސައްކަތް ފަށާފައިވާކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވި އެ މަސައްކަތް ކުރިއަށް ގެންދިއުމުގައި ރައްޔިތުންގެ އެއްބާރުލުން ބޭނުންފުޅުވާ ކަމަށާއި، ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި އެމަނިކުފާނަށް އެއްބާރުލުން ދޭނެ މެންބަރުން އިންތިޚާބު ކޮށްދިނުމަށެވެ.

ސަރުކާރުގެ ވިސްނުމާ ދެކޮޅު ބަޔަކު މަޖިލީހަށް އިންތިޚާބުކޮށްފިނަމަ މިހާރު ވެސް އިދިކޮޅުގެ މެޖޯރިޓީ އޮންނަ މަޖިލީހުން ކުރިމަތިކުރުވަމުން އަންނަ ދަތިތައް ކުރިމަތިކުރުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އެމަނިކުފާނަށް އެއްބާރުލުން ދޭނެ މަޖިލީހެށް އިންތިހާބުކޮށްފިނަމަ ނަތީޖާ ފެނިގެންދާނެ ކަމަށާއި، މި ފަސް އަހަރު ތެރޭގައި މާލެ ސިޓީގެ ހުރިހާ ރައްޔިތުންނާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށް ދިމާވެފައިވާ ގެދޮރުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު