Saturday, 15 June 2024

އަލްއަޤްޞާގެ ޢީދު ނަމާދުގެ ޖަމާޢަތުގައި 60,000 މީހުން ބައިވެރިވި

ފަލަސްޠީނުގެ ބައިތުލްމަޤްދިސްގައި ހުންނަ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގައި މިއަދު ބޭއްވި ބަރަކާތްތެރި ފިޠުރު ޢީދު ނަމާދުގައި 60,000 އަށްވުރެ ގިނަ މީހުން ބައިވެރިވެއްޖެއެވެ. ރިޕޯޓުކޮށްފައިވާ ގޮތުގައި އެހެން އަހަރުތަކާ އަޅައިބަލާއިރު މިއީ މަދު ޢަދަދެއް ކަން ފާހަގަވައިރު، ކުރީގެ އަހަރުތަކުގައި އަޤްޞާގައި ކުރާ ޢީދު ނަމާދުގެ ޖަމާޢަތުގައި އާންމު ގޮތެއްގައި 100,000 އަށްވުރެ ގިނަ މީހުން ޖަމާޢަތުގައި ބައިވެރިވެއެވެ.

އަނިޔާވެރި އިސްރާޢީލުން ވަނީ ބަރަކާތްތެރި ރަމަޟާން މަހާ ދިމާކޮށް ޔަހޫދީ ފައުޖުން ވަނީ ހުޅަނގު އައްސޭރި އަދި ޚާއްޞަކޮށް ބައިތުލްމަޤްދިސްގައި ދިރިއުޅޭ މުސްލިމުންނަށް ދުއްތުރާކޮށް, ފިއްތުންތައް ކުރިމަތި ކުރުން އިތުރު ކޮށްފައެވެ. މި ގޮތުން, އަޤްޞާގައި ކުރާ ނަމާދުގެ ޖަމާޢަތުގައި ބައިވެރިވުމަށް ޔަހޫދީ ފައުޖުގެ ޖައްބާރު ސިފައިން ދަނީ މުސްލިމުންނަށް ހުރަސް އަޅަމުންނެވެ.

މިއަހަރުގެ ބަރާކާތްތެރި ރަމަޟާން މަސް ފެށުމުގެ ކުރިން ޔަހޫދީ ފައުޖުން ވަނީ އަޤްޞާ މިސްކިތުގެ މައި ތިން ދޮރާއްޓެއްގައި ބެރިކޭޑު ޖަަހައި ބަންދުކޮށްފައެވެ. އަދި, މިސްކިތަށް ވަނުމުގެ ފުރުޞަތު ދެނީ މަދު ޢަދަދެއްގެ ބަޔަކަށެވެ. ފިޠުރު ޢީދު ނަމާދާ ދިމާކޮށް ވެސް ޔަހޫދީ ފައުޖުގެ ސިފައިން ވަނީ މުސްލިމުންނަށް ހުރަސް އަޅާފައެވެ. އަދި, މިސްކިތަށް ޖަމާވި ގިނަ ޢަދަދެއްގެ ބަޔަކު ހުއްޓުވާފައެވެ.

އިސްރާޢީލުގެ އަނިޔާވެރި ޖަރީމާތައް ހުއްޓުމެއް ނެތި ކުރިއަށްދާއިރު، އަޤްޞާގައި މިއަދު ބޭއްވި ފިޠުރު ޢީދު ނަމާދުގެ ޚުޠުބާގައި, އަލް-އަޤްޞާއަށް ޚިޔާނަތްތެރިވި މީހުންނާއި, ފަލަސްޠީނުުގެ މުސްލިމުން އަތުވެތިކޮށްގެން އުޅޭ ޔަހޫދީންގެ ކިބައިން ސަލާމަތް ކުރެއްވުމަށް އެދި ދުޢާ ދެންނެވިއެވެ. އަދި, މުސްލިމުންގެ މައްޗަށް އިސްތިޢުމާރީ ބާރު ހިންގަމުންދާ ޔަހޫދީންގެ ޖައްބާރު ކަމުން ސަލާމަތް ކުރައްވައި, މުސްލިމުންނަށް ނަޞްރު ދެއްވުމަށް އެދި ދުޢާ ދެންނެވިއެވެ. އަދި, އަޤްޞާ ހިމާޔަތް ކުރުމުގައި ދެމިތިބުމުގެ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާ ދެންނެވިއެވެ.

އަޤްޞާއާއި ޢައްޒާގައި މިއަދު ޢީދު ނަމާދު ކޮށްފައި ވަނީ, ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ލާއިންސާނީ ޢުދުވާނާއި ގަތުލުއާންމުތަކުގެ ހިޔަނީގައެވެ. ޢީދު ދުވަހުގެ ޖަމާޢަތުގައި ބައިވެރިވި މީސްތަކުންގެ މޫނުމަތިން ފެންނަމުން ދިޔައީ މޮޅިވެރިކަމާއި ހިތާމައާއި މާޔޫސް ކަމެވެ.

ޔަހޫދީންގެ ފުރަބަންދާ އެކު, ޣައްޒާއިން ކާބޯތަކެއްޗާއި ސާފު ބޯފެން ވަނީ ހުސްވެފައެވެ. ޣައްޒާގައި ހައިހޫނު ކަމާ ހަނގުރާމަ ކުރަމުންދާ މީހުންގެ ޢަދަދު 576,000 އަށް އުފުލިފައިވާ ކަމުގައި އދއިން އިންޒާރު ކުރެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރު 7 ވަނަ ދުވަހުން ފެށިގެން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ލާއިންސާނީ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 33,360އަށް އުފުލިފައެވެ. އޭގެ ތެރޭގައި 25,000އަށްވުރެ ގިނަ އަންހެނުންނާއި މައުސޫމު ކުޑަކުދިން ހިމެނެއެވެ. އަދި, ޒަޚަމު ކޮށްލާފައިވާ މީހުންގެ ޢަދަދު ވަނީ 75,993އަށް އުފުލިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު