ތ. ވިލުފުށީ ކައިރީގައި އޮންނަ ފަޅުރަށަކަށް ދަތުރު ގޮސް އުޅުނު ކުއްޖަކު ގެނބިގެން މިއަދު މަރުވެއްޖެއެވެ.
17 އަހަރުގެ ދިވެހި އަންހެން ކުއްޖާ ގެނބިގެން ވިލުފުށީ ހޮސްޕިޓަލަށް ގެންދާ ކަމުގެ މައުލޫމާތު ލިބުނީ މިއަދު މެންދުރުފަހު 12:45 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް މައުލޫމާތު ދިން ގޮތުގައި އޭނާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް ވަނީ މަރުވެފައެވެ.
އެ މައްސަލަ މިހާރު ފުލުހުން އަންނަނީ ތަހުގީގުކުރަމުންނެވެ