18 ޖަނަވަރީ 2025

ޑާރވިން ބަދިގެ: މޮންގޯލިއަން ބީފް

ބޭނުންވާ ތަކެތި:

  • 1 މޭޒުމަތީ ސަމުސާ ކުކިންގ އޮއިލް
  • 1 ސައި ސަމުސާ ނުވަތަ 2 ސަމުސާ ޗަސްކޮށްފައި ހުރި އިގުރު
  • 1 މޭޒުމަތީ ސަމުސާ ޗަސްކޮށްފައި ހުރި ލޮނުމެދު
  • ½ ޖޯޑު ސޯއި ސޯސް
  • ½ ޖޯޑު ފެން
  • ¾ ޖޯޑު ބްރައުން ޝުގަރ
  • 1 ޖޯޑު ކުކިންގ އޮއިލް
  • 500 ގްރާމް ބީފް
  • ½ ޖޯޑު ކޯން ފްލަރ
  • ¼ ސައި ސަމުސާ ހިކި މިރުސް (ބޮޑެތިކޮށް މުގުރި) ބޭނުމިއްޔާ
  • 6 ވަރަކަސް ސްޕްރިންގ އަނިއަން (2 އިންޗި މިނުގައި ކަތިކޮށް ކޮށާފައި)

ތައްޔާރުކުރައްވާނެ ގޮތް:

  1. ސޯސް ތައްޔާރު ކުރެއްވުމަށް. ސޯސް ޕޭން އަކަށް ތެޔޮ އަޅުއްވާ ހޫނުވުމުން އިގުރާއި ލޮނުމެދު އަޅުއްވާ 30 ވަރަކަށް ސިކުންތުވަންދެން ކައްކެވުމަށްފަހު ސޯއި ސޯސް، ފެން އަދި ބަރައުން ޝުގަރ އަޅުއްވާ އޮލަވަންދެން ކައްކަވާ ލައްވާ.
  2. ބީފް ¼ އިންޗި ބޯމިން ހުންނަ މިނަށް ތުނިކޮށް ކަތިކޮށް ހިމަ ދިގުކޮށް ކާލަން ފަސޭހަ މިނަށް ކޮއްޓަވާ.
  3. އެއަށްފަހު ކޯން ސްޓާޗް ކޮޅަކާއި އެއްކޮށް ލައްވާފައި 10 އެއް ނުވަތަ 15 މިނިޓް ބަހައްޓަވާ.
  4. މި ބީފް ކޮޅު ތަވައަކަށް ތެޔޮކޮޅެއް އަޅުއްވާ ހޫނުވުމުން ރަތްކުލަ އަރަންދެން ސްޓަރފްރައި ކުރައްވާ (އެއްފަހަރާ ގިނައިން ނޭޅުއްވުންރަގަޅު).
  5. ސްޓަރ ފްރައިކޮށް ނިމުނުން ތަވާގައި ތެޔޮހުރިނަމަ ހުސްކޮށްލައްވާ އަދި އެ ތަވައަށް ބީފް އަދި ތައްޔާރުކުރެއްވި ސޯސް އަޅުއްވާ ރަގަޅަށް އެއްކޮށްލައްވާ އަދި ހިކިމިރުސް އަދި ސްޕްރިންގ އަނިއަން ކޮޅުވެސް އަޅުއްވާ 1 މިނިޓް ވަންދެން ރަނގަޅަށް އެއްކޮށްލެއްވުމަށްފަހު އުދުން ނިއްވާލައްވާ.

ނޯޓް: މޮންގޯލިއަން ބީފް ތައްޔާރު ކުރައްވާ އިރު ބޭންނުންފުޅިއްޔާ މުގުރި އަސޭމިރުސް އަދި ސެސަމީ ސީޑް ވެސް އެޅުއްވިދާނެ. ހަމަ އެގޮތަށް ކުޅިހެޔޮވަރު މިނަކަށްވެސް ބެހެއްޓަވިދާނެ.

ޑާވިން 7/24 ރެސްޓޯރަންޓް ހުޅުވީ 2022 ގައެވެ. އެތަނުގެ އަމާޒަކީ އެންމެންނަށް ވެސް ހަމަހަމަކޮށް، ފެންވަރު ރަނގަޅު ޚިދުމަތްތަކެއް ފޯރުކޮށްދިނުމެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ކެއުންތަކާ ވަދެނިކުމަށް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައިވާ ތަނެކެވެ.

ޑާވިން 7/24 ރެސްޓޯރަންޓްއިން ދިވެހި ކެއުންތަކުގެ އިތުރުން އިންޑިއާއާއި ބޭރުގެ އެހެން ގައުމުތަކުގެ ރަހަތައް ވެސް ތަޖުރިބާ ކުރެވޭނެއެވެ. ޑާވިން 7/24 ރެސްޓޯރަންޓް ހުންނަނީ ހުޅުމާލެ ފުރަތަމަ ފިޔަވަހީގެ ބީޗު ފަޅީގައި، ފަތާ ޓްރެކް ކައިރީގައެވެ. އެއީ ހިރުނދު މަގާއި ނިރޮޅު މަގުގެ 14 ވަނަ ގޯޅި ގުޅޭ ކަންމައްޗެވެ.

ޑާވިން އަށް ގުޅޭނެ ފޯނު ނަންބަރަކީ 7370066 އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު