އިންސާނިއްޔަތުގެ ރަސްކަން

مملكة الإنسانية

އިންސާނިއްޔަތުގެ ރަސްކަން

Kingdom of Humanity

ދުނިޔޭގެ ކޮންމެ ހިސާބެއްގައި ކާރިޘާއެއް ހިނގިކަމުގައިވިޔަސް އެކާރިޘާއެއް ދިމާވި ޤައުމަކަށް އެންމެ ބޮޑަށް އެހީތެރިވާ ޤައުމަކީ ޝައްކެތްވެސް ނެތްގޮތުގައި ސަޢޫދީޢަރަބިޔާއެވެ. ކާރިޘާތަކާއި މުޞީބާތްތަކާއި ޙާޖަތަށް ޖެހިފައިވާ އިންސާނުންނަށް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދިނުމުގައި ސަޢޫދީން އަދާކުރާ ދައުރަކީ ޤިޔާދީ ނަމޫނާ ދައުރެކެވެ. ހަނގުރާމަތަކާއި، ބަލިމަޑުކަމާއި، ބިންހެލުންތަކާއި، ހަނަފަސްކަން ކުރިމަތިވެ ޙާލުގައި ޖެހޭ އިންސާނުންނަށް އެހީތެރިވުމަކީ ސަޢޫދީ ރަސްކަމުން އިސްދައުރެއް އަދާކުރާ ކަމެކެވެ. މިހާތަނަށް ދުނިޔޭގެ ހަ ބައްރެއްގެ ސަތޭކަ ފަސްދޮޅަސްހަ ޤައުމަށް މިފަދައިން އެހީތެރިވެފައިވެއެވެ. މިގޮތުން މުސްލިމު ވޯލްޑް ލީގާއި، ސަޢޫދީ ފަންޑު ފޯ ޑެވޮލޮޕްމެންޓާއި، ސަލްމާން ރަސްގެފާނުގެ އިންސާނީ އެހީގެ މަރުކަޒުގެ ޒަރީއާއިން އެކިއެކި އެހީތައް ފޯރުކޮށްދެމުން ގެންދެއެވެ.

އިންސާނީ އެހީގެ ބިޔަ މަޝްރޫޢުތަކުގެ އަސާސަކީ އިންސާނުންނަށް އެހީތެރިވެ އަޅާލުމަށް އިސްލާމްދީން ގޮވާލާ ބާރުއަޅާ ހިތްވަރުދޭ މަތިވެރި އަސާސެވެ. އިސްލާމްދީނަކީ އިންސާނީ ޙަޔާތާއި، ކަރާމަތާއި، ސިއްޙަތަށް އެންމެ ބޮޑު ރައްކާތެރިކަމެއް ކަށަވަރުކޮށްދޭ ދީނެވެ.

އިސްލާމްދީނުގެ މިމަތިވެރި އަސާސްގެ ދަށުން 2015 ވަނަ އަހަރުގެ މޭމަހު ސަލްމާން ރަސްގެފާނުގެ އިންސާނީ އެހީގެ މަރުކަޒުގެ މަސައްކަތް ފެށިގެން ވަނީ ގޮސްފައެވެ. މިއީ ސަލްމާން ރަސްގެފާނުގެ އަމުރަކުން އިފްތިތާޙު ކުރެވުނު މަރުކަޒެކެވެ.

މިމަރުކަޒުގެ އަމާޒަކީ އިންސާނީ އެހީގެ ކަންކަމުގައި މުޅި ދުނިޔޭގެ އެންމެ އިސް ދައުރެއް އަދާކުރާ މަރުކަޒަކަށްވުމާއި، އިސްލާމީ އަގުތައް ދުނިޔެއަށް ފެތުރުމެވެ. މިމަރުކަޒުން މަސައްކަތްކުރާނީ ބައިނަލްއަޤްވާމީ ފެންވަރުގައި ޤައުމީ މަސްލަޙަތާއި އެއްގޮތަށް އިންސާނީ އެހީގެ މަޝްރޫޢުތައް ރާވައި ހިންގުމަށެވެ.

މިމަރުކަޒުން ބައިނަލް އަޤްވާމީ މައިދާނުގައި އިންސާނީ އެހީގެ ޕްރޮގްރާމުތައް ހިންގަން ރާވާފައިވަނީ ދުނިޔޭގެ ފެންވަރުގައި މިފަދަ މަސައްކަތްތައް ކުރާ އިތުބާރު ހިފޭ މުއައްސަސާތަކާއި ޖަމްޢިއްޔާތަކާއި ގުޅިގެންނެވެ. މިގޮތުން 175 ޕާޓްނަރުންނާއި އެކީ މިހާރުވެސް މަސައްކަތްތައް ކުރެވެމުން އެބަދެއެވެ. އެފަދަ ބައެއް މުއައްސަސާތަކުގެ ތެރޭގައި: ޔޫއެންޑީޕީ، ޔޫއެންްއެޗްސީރާ، ޔޫއެންއެފްޕީއޭ، ޔުނިސެފް، އޮންރޯ، އައިސީއާރުސީ، ޑަބްލިއުއެފްޕީ، ޔޫއެސްއެއިޑް، އެފްއޭއޯ، އައިއެފްއާރްސީ، އޯސީއެޗްއޭ، ޑަބްލިއުއެޗްއޯ، ފަދަ ފަރާތްތައް ހިމެނެއެވެ. މިމަރުކަޒުން ވަނީ މިހާތަނަށް ދުނިޔޭގެ ހަތަރު ބައްރެއްގެ ނުވަދިހައަށް ޤައުމެއްގައި މިފަދަ މަޝްރޫޢުތައް ހިންގާފައެވެ. މީގެ ތެރޭގައި ރެފިއުޖީންގެ ކަންތައްތަކާއި، ސިއްޙީ ދާއިރާތަކާއި، ކާބޯތަކެތި ފޯރުކޮށްދިނުމާއި، ބިންހެލުންތަކާއި ޤުދުރަތީ ކާރިޘާތަކާއި، އިންސާނީ ވަސީލަތްތައް ބިނާކުރުމާއި، ތަޢުލީމާއި، ސަލާމަތީ ކަންކަންކަމާއި، ދީނީ ކަންތައްތައް ފަދަ ދާއިރާތައް ހިމެނެއެވެ.

މިގޮތުން މިމަރުކަޒުން ވަނީ މިހާތަނަށް 2673 މަޝްރޫޢު ކާމިޔާބުކަމާއި އެކީ ހިންގާފައެވެ. މިމަޝްރޫޢުތަކަށް ވަނީ 6,532,536,783 ޑޮލަރު ޚަރަދުވެފައެވެ.

ސަޢޫދީ ދައުލަތުން ކުރާ މިބޮޑު ހޭދައަކީ މުޅި ދުނިޔެއިންވެސް އެކަން ޝުކުރުވެރިކަމާއި އެކީ ބަލައިގަންނަ، ބަރޯސާވާ ހޭދަތަކެކެވެ. ސަޢޫދީ ރަސްކަމުން މިބޮޑު ހޭދަކުރަނީ ދީނީ ވާޖިބު އަދާކުރުމުގެ ގޮތުންނާއި، އިންސާނީ ޙައްޤުތަކާއި ކަރާމާތް ނެގެހެއްޓުމުގެ މަތިވެރި މަޤްސަދުގައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު