23 އެޕްރީލް 2025

ޔާމީންގެ ޝަރީއަތް ލަސްވާ މައްސަލަ ޖޭއެސްސީއަށް ހުށަހަޅާނަން: އެމްޑީޕީ

ވ. އާރަށު މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީން 11 އަހަރަށް ޖަލަށްލާން ހުކުމް ކުރި މައްސަލައިގެ އިސްތިއުނާފީ އަޑުއެހުންތައް ހައިކޯޓުން ނިންމުމަށްފަހު ހުކުމް ނުކޮށް ލަސްވަމުންދާ މައްސަލަ ޖުޑިޝަލް ސާވިސް ކޮމިޝަނަށް ހުށަހަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެ ކޮމިޝަންގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ރޭ އައްޑޫގައި އޮތް ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނު ޖަލްސާގައި ވާހަކަދައްކަވަމުން އެ ކޮމިޝަންގެ މެމްބަރު އަސްލަމް ވިދާޅުވީ ޔާމީންގެ އިސްތިއުނާފީ މައްސަލަ ނިމުނުތާ ހަތަރު މަސް ވެފައިވާއިރު އަދިވެސް ހުކުމް ކުރަން ނޫޅޭ ކަމަށެވެ.

"އަޅުގަނޑު ތިބޭފުޅުންނަށް ދަންނަވާލަން ބޭނުންވަނީ ރައީސް ޔާމީނުގެ ޝަރީއަތް ލަސްވެގެންދާ ސަބަބު ޖޭއެސްސީއިން ބެލުމަށްޓަކާ، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގަ އަޅުގަނޑު އިންނާތީ، މާދަމާ އެ މައްސަލަ އަޅުގަނޑު ލާނަމޭ، ބަލުވާނަމަ އެ މައްސަލަ ޖޭއެސްސީއިން" އަސްލަމް ވިދާޅުވިއެވެ.

އެމްޑީޕީގެ ވެރިކަމުގައި ރައީސް ޔާމީނަށް އެއްވެސް ލުޔެއް ދީފައި ނުވާކަމަށް ގިނަ ބަޔަކު ފާހަގަކޮށްފައި ވަނިކޮށް، އަސްލަމް ވިދާޅުވީ ކުރީގެ ރައީސުންނަށް ފުރިހަމަ އިހުތިރާމް ދޭން ޖެހޭނެ ކަމަށެވެ. އެހެންކަމުން ވަކި ވެރިޔަކަށް ވަކި ވެރިކަމެއްގައި އިންސާފު ނުލިބުން އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

އެމަނިކުފާނު އިސްވެ ހުންނަވައި އުފައްދާފައިވާ ޕީޕަލްސް ނޭޝަނަލް ފްރަންޓް (ޕީއެންއެފް) އުފައްދަން މިދިޔަ އަންގާރަ ދުވަހު ރޭ ބޭއްވި ޖަލްސާއަށް ފުލުހުން މެދުވެރިކޮށް ސަރުކާރުން ހުރަސް އަޅާފައިވާކަން ފާހަގަކުރައްވާ އެކަން ކުށްވެރިކުރައްވަމުން އަސްލަމް ވިދާޅުވީ ރައީސް ޔާމީންގެ ސަރީޢަތް ލަސްވަނީ ސަރުކާރުން ނުފޫޒު ފޯރުވާތީ ކަމަށެވެ.

ކުރީގެ ރައީސް ޔާމީން 11 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައި ވަނީ 2022 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 25 ގައެވެ. އެމަނިކުފާނުގެ އިސްތިއުނާފް އަޑުއެހުންތައް ހައިކޯޓުން ނިންމާލާފައި ވަނީ ނޮވެމްބަރު 21، 2023 ގައެވެ.

ޤާނޫނީ އިމުގެ ތެރެއިން، ރައީސް ޔާމީނަށް އިންސާފު ހޯއްދަވައިދެއްވަމުކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު