7 ފެބުރުވަރީ 2025

ސަރުކާރުން މަޖިލީހުގެ އިންތިޚާބަށް ރައްޔިތުންނަށް ވަޒީފާގެ ބިރެއް ނުދައްކާނެ: ޕީޕީއެމް ޕީއެންސީ

ސަރުކާރުން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނުފޫޒު ފޯރުވައި، ރައްޔިތުންނަށް ވަޒީފާގެ ބިރު ނުދައްކާނެކަމަށް ވެރިކަން ކުރާ ކޯލިޝަނުން ހާމަކުރައްވައިފިއެވެ.

ޕީޕީއެމް ޕީއެންސީ މިރޭ އާންމު ކުރި ބަޔާނެއްގައި ވަނީ އިންތިހާބަށް ނުފޫޒު ފޯރުވުމަށް މި ސަރުކާރުން ރައްޔިތުންނަށް ވަޒީފާގެ ބިރު ދައްކަމުން ދާކަމަށް ދެކެވޭ ވާހަކައިގައި ހަގީގަތެއް ނެތްކަމަށެވެ. އަދި އެފަދަ ތުހުމަތެއްކޮށް އިދިކޮޅު މައި ޕާޓީ އެމްޑީޕީން ފަތުރަމުން ދަނީ އަސްލެއް ނެތް ދޮގު ވާހަކަތަކެއްކަމަށް ބުންޏެވެ. އަދި ވަކި ފަރުދަކު ދައްކާ ވާހަކައެއް އެއީ، އެ ޕާޓީގެ ނުވަތަ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށް ވެސް އެ ޕާޓީން ބުންޏެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތަކީ ޑިމޮކްރަސީގެ އުސޫލުގެ ތެރެއިން ހަމަހަމަކަމާއި އެކު ސިޔާސީ ހަރަކާތް ހިންގައި އަނެކާއަށް ވެސް އެ ޖާގަ ދިނުން ކަމަށާއި، އެ މީހަކު ބޭނުންވާ އިމެއްގެ ތެރެއިން ސިޔާސީ ކަންކަމުގައި ބައިވެރިވުމުގެ ހައްގު ލިބިގެންވާކަމަށް ވެސް ޕީޕީއެމް/ޕީއެންސީން ވިދާޅުވެއެެވެ

އެ ބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ، ރަައީސް ޑރ. މުހައްމަދު މުއިއްޒު ސަރުކާރު ހިންގަނީ ރައްޔިތުންގެ ތާއީދާއި ލޯބި ލިބިގެންކަމަށާއި އެމަނިކުފާނު އެންމެ އިސްކަން ދެނީ ރާއްޖޭގެ ހުރިހާ ހިސާބަކަށް ވެސް ތަރައްގީ ގެނައުމަށް ކަމަށާއި،  ސަރުކާރު ހިންގުމުގައި އާއި ހިދުމަތް ދިނުމުގައި އެމަނިކުފާނު އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ވީހާވެސް ގާތުންކަމަށެވެ.

މަޖިލިސް އިންތިހާބަށް އެމްޑީޕީން ކުރާ ކެމްޕެއިން ދަތުރުތަކުގެ ޖަލްސާތަކުގައި ވަޒީފާތަކުގެ އިސްކޮށް ތިބި މީހުން ވެސް ބައިވެރިވާކަމަށާއި، އެކަމަށް އެއްވެސް ހުރަހެއް ނެތްކަމަށާއި، މިއީ ސިޔާސީ ފިކުރަށް ބަލައި ވަޒީފާތަކުން ވަކިކޮށް އެ ބިރު ދައްކާނެ ވެރިއެއް ހުރި ސަރުކާރެއް ނޫންކަމަށާއި އެއީ ޕީޕިއެމް/ޕީއެންސީގެ ސިޔާސަތުތަކާއި މުޅިން ހިލާފު ވިސްނުމެއްކަމަށް ބަޔާންކުރައްވާފައިވެއެވެ.

ޕީޕީއެމް ޕީއެންސީ މި ބަޔާން ނެެރުއްވާފައިވާއިރު، ޕީޕީއެމް ޕީއެންސީ މަޖިލިސް އިންތިހާބުގެ ކެމްޕެއިނުގެ ޖަލްސާއެއްގައި އާންމުންގެ މީހަކު ދެއްކި ވާހަކައެއްގައި ފެލިވަރު މަސް ފެކްޓްރީގައި މަސައްކަތް ކުރާ މުވައްޒަފުން ސަރުކާރަށް އެއްބާރުލުން ނުދީފި ނަމަ ކޮންޓްރޯލްކޮށް ފިޔަވަޅު އެޅުމަށް ގޮވާލާފައިވާ ވީޑިއޯއެއް ވަނީ ދައުރުވެފައެވެ. އެކަމަށް ފާޑުކިޔައި އެމްޑީޕީ ވެސް ބަޔާނެއް ނެރުނު އިރު، އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުއާދު ތައުފީގު ވަނީ އެ މައްސަލަ ކޮމިޝަނަށް ޝަކުވާއެއްގެ ގޮތުގައި ހުށަހެޅުމަށް އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު