Thursday, 20 June 2024

ސްޓެލްކޯ ގެ އެހީތެރިކަމާއެކު މައްސަލަ ހައްލުކޮށް ކުޅުދުއްފުށި ސިޓީއަށް ކަރަންޓުދީފި

ކުޅުދުއްފުށި ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލަ، ސްޓެލްކޯ ގެ އެހީތެރިކަމާއެކު ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދީފިއެވެ.

ފެނަކަ ކޯޕަރޭޝަނުން ބުނީ މައްސަލަ ހައްލުކޮށް މުޅި ރަށަށް ކަރަންޓު ދެވުނީ މިރޭ 8:10 ހާއިރު ކަމަށެވެ. މިއަދު ހެނދުނު ކުޅުދުއްފުށިން އެއްކޮށް ކަރަންޓު ކަނޑައިގެން ދިޔައީ އެ ސިޓީއަށް ކަރަންޓު ދިނުމަށް ބޭނުންކުރާ 7 ޖަނެރޭޓަރުގެ ތެރެއިން 3 ޖެނެރޭޓަރެއްގެ ކޮންޓްރޯލް މޮޑިއުލް އެނދުމުގެ ސަބަބުންނެވެ.

ކުޅުދުއްފުށީގެ ކަރަންޓް މައްސަލަ ހައްލު ކުރުމަށް ކުޅުދުއްފުށި ސިޓީއަށް 800 ކިލޯ ވޯޓުގެ ޖެނެރޭޓަރެއް ގެނެސް ވަނީ އިންސްޓޯލްކޮށްފައެވެ. މިއާއެކު ޑިމާންޑާއި އެއްވަރަށް ކަރަންޓު ފޯރުކޮށް ދިނުމުގައި ދިމާވި ދަތިތައްވެސް ޙައްލުވީކަމަށް ފެނަކަ ކޯޕެރޭޝަނުން މަޢޫލޫމާތުދެއްވިއެވެ.

ކަރަންޓް މައްސަލަ ހައްލު ކޮށްފައިވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކުއެވެ. އެގޮތުން މައްސަލަ ހައްލުކޮށްފައިވަނީ ފެނަކައިގެ އެދުމަށް ސްޓެލްކޯގެ މެކޭނިކަލް އަދި އިލެކްޓިރިކަލް އިންޖިނިއަރުން ހިމެނޭ ޓީމަކުން ކުޅުދުއްފުއްޓަށްގޮސް ދެ ކުންފުނިން ގުޅިގެން ކުރި މަސައްކަތުންނެވެ.

ކުޅުދުއްފުށީގެ ކަރަންޓު ހައްލު ކޮށްފައިވަނީ ސްޓެލްކޯގެ އެހީތެރިކަމާއެކުއެވެ. އެގޮތުން މައްސަލަ ހައްލުކޮށްފައިވަނީ ފެނަކައިގެ އެދުމަށް ސްޓެލްކޯގެ މެކޭނިކަލް އަދި އިލެކްޓިރިކަލް އިންޖިނިއަރުން ހިމެނޭ ޓީމަކުން ކުޅުދުއްފުއްޓަށްގޮސް ދެ ކުންފުނިން ގުޅިގެން ކުރި މަސައްކަތުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު