Saturday, 15 June 2024

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކަން އިތުރު ޑްރެޖާރއެއް ބޭނުންކުރަން ފަށައިފި

ހުޅުމާލޭ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ހަލުވި ކުރުމަށް އިތުރު ޑްރެޖާރ އެއް ގެނެސް ބިން ހިއްކުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

އެޗްޑީސީ އިން މީގެ ކުރިން 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތް ކުރަމުން ދިޔައީ އެއް ޑްރެޖާރ ބޭނުންކޮށްގެން ނެވެ. އެއީ "ޓީއެސްއެޗްޑީ ވިލެމް ވެން އޮރަންހީ" އެވެ. މި ޑްރެޖާރގެ ކެޕޭސިޓީ އަކީ 12،000 ކޮޑިމީޓަރެވެ.

ބިން ހިއްކުމުގެ މަސައްކަތަށް މިއަދު ގެނައި ދެވަނަ ޑްރެޖާރ "ޓީއެސްއެޗްޑީ ޕްރިންސް ޑި ނެޑަރލެންޑެން" ގައި 22،000 ކޮޑިމީޓަރުގެ ވެލި އުފުލޭނެއެވެ.

ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަސައްކަތުގައި މި 2 ޑްރެޖާރ އެކީގައި ބޭނުންކުރަން ފެށުމުން މަސައްކަތް އިތުރަށް ހަލުވިވެގެންދާނެއެވެ.

އެޗްޑީސީ އިން ވިދާޅުވި ގޮތުގައި، ހުޅުމާލޭގެ 3 ވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ މަޝްރޫއަކީ މާލޭ ސަރަހައްދުގައި ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލުހޯދުމަށް ކުރިއަށް ގެންދާ މަޝްރޫއެކެވެ.

އެ ކޯޕަރޭޝަނުން މަސައްކަތް ކުރަމުން ދަނީ ބިން ހިއްކުމުގެ މަސައްކަތް ވީހާވެސް އަވަހަކައި ނިންމައި، ބޯހިޔާވަހިކަމުގެ މައްސަލައަށް އަވަސް ހައްލެއް ހޯދައިދިނުމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު