ނަތީޖާ ނެރުމަށް މިފަހަރު މަޖިލިހަށް ޘަޤީފު

ވައިކަރަދޫ ދާއިރާގެ މަޖިލިސް ގޮނޑިއަށް ވާދަކުރާ ހުސައިން ޘަޤީފު ދެއްވާ ޔަގީން ކަމަކީ ރައްޔިތުންގެ މަޖިލިހަށް އޭނާ އިންތިހާބު ކޮށްފި ނަމަ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދީ، ނަތީޖާ ނެރެދޭނެ ކަމެވެ. އިގުތިސާދީ މަސައްކަތްތައް ފުޅާކުރުމަށް މަސައްކަތް ކުރައްވާނެ ކަމަށާއި ހާއްސަކޮށް ޓޫރިޒަމްގެ ވިޔަފާރިއަށް ފަހި، އެހާމެ ފައްކާ ދާއިރާއަކަށް ވައިކަރަދޫ ދާއިރާ ހެދުމަށްޓަކައި ކުރައްވަން ޖެހުނު ކޮންމެ މަސައްކަތެއް ސާބިތު ކަމާއެކު ކުރައްވާނެ ކަމަށެވެ.

ޘަޤީފުގެ ތަސައްވަރަކީ މިއީއެވެ. މަސްވެރިކަމާއި ދަނޑުވެރިކަމުން ހޯދާ އާމްދަނީ އިތުރުކުރުމަށް ކުރެވިދާނެ ކަންތައް ދެނެގަނެ އެ މަސައްކަތް ކުރާނެކަމަށާއި މީގެ އިތުރަށް އުފެއްދުންތެރި ޒުވާނުން ބިނާކުރުމަށްޓަކައި ތަފާތު ޕްރޮގްރާމްތައް ހިންގައި ޒުވާނުންނަށް ފަހި ފުރުސަތުތައް ހޯދާދޭނެކަމުގެ ޔަގީންކަން ޘަޤީފު ދެއްވައެވެ.

ވޭތުވެދިޔަ މަޖިލިސްތަކުން ވައިކަރަދޫ ދާއިރާ ތަމްސީލްކުރުމަށް ތިބި މެމްބަރުންގެ ކިބައިން ފެނިގެން ދިޔައީ ލަދުވެތި މަންޒަރު ތަކެކެވެ. މަޖިލީހުގައި އިށީނުމަށް ބޭނުންކުރި ގޮނޑި ކިހިލި ޖަހައިގެން ފޮޓޯ އާންމުވެފައިވާ މެމްބަރުންވެސް ފެނިއްޖެކަމަށާއި ރައްޔިތުންގެ ވިންދެއް ބެލުމެއް ނެތި ޕާޓީއިން އެނގި ގޮތަކަށް ވޯޓުލަމުން ދިޔަ މެމްބަރުންވެސް ފެނިގެން ގޮސްފައިވާތީ އެކަމަށް ހިތާހަމަކުރާކަން ޘަޤީފު ފާހަގަކުރެއްވިއެވެ.

"ރައްޔިތުންނަށް ދޭން ބޭނުންވާ އެންމެ ބޮޑު ޔަގީން ކަމަކީ އަޅުގަނޑުގެ ފަރާތުން ތިޔަ ލޮބުވެތި ރައްޔިތުން، ލަދުގަންނަންޖެހޭ، ކަންބޮޑުވާންޖެހޭ، ދެރަވާންޖެހޭ، އެއްވެސް ކަމެއް ނުހިނގާނެކަން. ކެނޑިޑޭޓް ނަމްބަރު ދެ އަކަށް ވޯޓް ދެއްވާ." ޘަޤީފު ޔަގީންކަމާއި އެކު ބުނަމުން ދަނީ މިހެންނެވެ.

ވައިކަރަދޫ ދާއިރާގެ ތިން ރަށުގެ ރައްޔިތުންނާ ވަރަށް ގާތުން މަސައްކަތް ކުރެވި، އެ މީހުންގެ އަޑާއި އުދާސްތައް ވަރަށް ރަނގަޅަށް އިހުސާސް ކުރެވޭ ކަމަށް ޘަޤީފު ވިދާޅުވި އެވެ. އޭނާ ވިދާޅުވި ގޮތުގައި އޭނާ އަބަދުވެސް އިސްކުރާނީ ރައްޔިތުންނާއި އެމީހުންގެ ބޭނުންވާ ގޮތެވެ. މީގެ ކުރިންވެސް ހދ. އަތޮޅު ކައުންސިލްގެ މެމްބަރު ކަމާއި ހދ އަތޮޅު ކައުންސިލްގެ ރައީސްކަން ކުރައްވާފައިވާ ޘަޤީފު ބޭނުންވަނީ ނަޒާހަތްތެރި އަބުރުވެރި މަޖިލިހެއް ރާއްޖޭގައި އޮތުމެވެ.

މަޖިލީހުގެ ތެރޭން ކަންކަން ކުރެއްވުމުގައި އަބަދުވެސް މަޝްވަރާގެ ރިވެތި އުސޫލު އިސްކުރައްވާ، އެ ކަމަށް ލޯބި ކުރައްވާނެ ކަމުގައި ޔަގީންކަން ޘަޤީފު ދެއްވައެވެ. ރައްޔިތުންގެ މަޖިލީހަށް ރައްޔިތުންގެ ތާއިދާ އެކު، އިންތިހާބުކޮށް ދީފި ނަމަ އަބަދުވެސް އިސްކުރައްވާނީ ރައްޔިތުންގެ މަޝްވަރާ ކަމަށް ޘަޤީފު ވިދާޅުވިއެވެ.

ފަހު ބަހެއްގެ ގޮތުގައި ވައިކަރަދޫ ދާއިރާގެ ތިން ރަށްކަމުގައިވާ ނެއްލައިދޫ، ކުރިނބީ އަދި ވައިކަރަދޫ ރައްޔިތުންނަށް ޘަޤީފު ދެއްވާ ޔަގީންކަމަކީ ތަރައްގީގެ ކަންކަމުގައި ސަރުކާރަަށް އެއްބާރުލުންދީ، މަގުން ކައްސާލައިގެންދާ ހިނދު، ސަރުކާރު ހަމަ މަގަށް އަޅުވަން ޖެހޭ ފަރާތެއްކަމަށް ޘަޤީފު ވާނެކަމުގައެވެ. އެކަމުގައި އަބަދުވެސް ދެމިހުންނާނެކަމަށެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު