މ. ރަތްމަންދޫ ކައިރި އަށް މަހަށް ގޮސް އުޅެނިކޮށް ގެއްލުން ދޯނި ހޯދާފައިވާ ކަމަށް އެމްއެންޑީއެފް އިން މިއަދު ހަވީރު ވިދާޅުވެއްޖެއެވެ.
ގެއްލިގެން ހޯދަމުން ދިޔައީ، ތިން ފަޅުވެރިންނާ އެކު މަސް ބާނަން ނުކުތް "ފަރިހި 2″ ނަމަކަށް ކިޔާ ދޯންޏެކެވެ. އެމްއެންޑީއެފް ކޯސްޓްގާޑް ހާބާ ކްރާފްޓް 114 ލޯންޗު ރޭގައި 23:20 އިން ފެށިގެން ދިޔައީ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.
މިކަމާ ގުޅިގެން، އެމްއެންޑީއެފް އިން ވިދާޅުވީ ގެއްލުނު ދޯނި ހޯދުމަށް އެމްއެންޑީއެފް އެއަރ ކޯރގެ ޢަަސްކަރީ ޔޫއޭވީ އާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ އުޅަނދުފަހަރު ބޭނުންކޮށްގެން ކަނޑާއި ވައިގެ މަގުން އެމްއެންޑީއެފުން ކުރަމުންދިޔަ މަސަައްކަތުން ދޯނި ހޯދާފައިވާ ކަމަށެވެ.
ޑްރޯންގެ އެހީގައި ސިފައިން ދޯނި ހޯދުމުގެ މަސައްކަތް ކުރިއަށް ދިޔައިރު ނަގާފައިވާ ފޮޓޯއެއް
އަދި ދޯނި ފެނިފައިވަނީ މ. ރަތްމަންދޫގެ 23 ނޯޓިކަލް މޭލު ބޭރުން އިންޖީން ހުއްޓިފަައިވަނިކޮށް ކަމަށް ވިދާޅުވިއެވެ.
ދޯނީގައި ތިބި މީހުންނާ ގުޅޭ ގޮތުން އެމްއެންޑީއެފް އިން ވިދާޅުވީ އެ ތިން މީހުންގެ ހާލުވެސް ރަނގަޅު ކަމަށެވެ.
ދޯނި ހޯދުމުގެ މަސައްކަތް އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ކޮށްފައިވަނީ،
މަހަށް ނުކުމެ އުޅެނިކޮށް ދޯނި ގެއްލިފައިވާއިރު އެދޯނީގައި އުމުރުން 45 އަހަރާއި 25 އަހަރުގެ ދިވެހި ފިރިހެނަކާއި އިތުރު ފިރިހެނަކު ތިއްބެވެ.
އެ މީހުން ރޭ އަށެއް ޖަހާއިރު، ރަށަށް އެނބުރި އަންނާނެ ކަމަށް ބުނި ނަމަވެސް އެއްވެސް ހަބަރެއް ނުވާ ކަމަށް އޭނާ ބުންޏެވެ. އަދި އެމީހުންގެ ފޯނަށް ނުގުޅޭ ކަމަށްވެއެވެ.