Saturday, 15 June 2024
"އައްޑަނަ މަޖައްލާ" ގެ 35 ވަނަ ޢަދަދު ނެރެއްދެއްވުން. ފޮޓޯ: އެމްއެންޑީއެފް

"އައްޑަނަ މަޖައްލާ" ގެ 35 ވަނަ ޢަދަދު ނެރެދެއްވައިފި

ދިވެހި އަސްކަރިއްޔާއިން ނެރެމުން އަންނަ "އައްޑަނަ މަޖައްލާ" ގެ 35 ވަނަ ޢަދަދު ނެރެދެއްވައިފިއެވެ.

އަހަރަކު ދެފަހަރު ނެރެމުން އަންނަ "އައްޑަނަ މަޖައްލާ" ގެ 35 ވަނަ ޢަދަދު ނެރެދެއްވާފައި ވަނީ މިއަދު ހެނދުނު ކަޅުތުއްކަލާކޮށީގައި ބޭއްވި، ދިވެހިރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ފަޚުރުވެރި 132 ވަނަ ސިފައިންގެ ދުވަހުގެ މުނާސަބަތުގައި ދިވެހި ދިދައަށް އިޙްތިރާމު ކުރުމުގެ ގޮތުން ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައެވެ.
މި މަޖައްލާ ނެރެދެއްވީ ޢިއްޒަތްތެރި ދިފާޢީ ވަޒީރު، އޮނަރަބަލް ޣައްސާން މައުމޫންއެވެ.

އެމްއެންޑީއެފް އިން ވިދާޅުވި ގޮތުގައި، އައްޑަނަ މަޖައްލާގެ މިފަހަރުގެ ޢަދަދުގެ ކަވަރ ސްޓޯރީ ބިނާކޮށްފައި ވަނީ "ދިވެހި ސިފައިންނާއި ދިވެހި ޤައުމިއްޔަތު" މި މައުޟޫގެ މައްޗަށެވެ. މިފަހަރުގެ މަޖައްލާގައި ޤައުމީ، އިޖްތިމާޢީ، ދީނީ، ސިއްޙީ، ތާރީޚާއި، ބަހާއި އަދަބިއްޔާތުގެ ދާއިރާއިން ރާއްޖޭގެ ފުންނާބު އުސް ލިޔުންތެރިންނާއި ސިފައިންގެ ލިޔުންތެރިން ލިޔުއްވާފައިވާ ޢިލްމީ ލިޔުންތަކާއި ދިރާސާތައް ހިމެނިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު