Thursday, 20 June 2024
ޕީޕީއެމް ޕީއެންސީ ޕްރައިމަރީގައި ވާދަކުރެއްވުމަށް އަފޫ ފޯމް ހުށަހަޅުއްވަނީ

ކެނދިކުޅުދޫ ދާއިރާގެ ގޮނޑި ޕީއެންސީގެ ރަޖިސްޓްރަރ އަފޫ ކާމިޔާބުކޮށްފި

ކެނދިކުޅުދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ ގޮނޑި ޕީއެންސީގެ ރަޖިސްޓްރަރ މުހައްމަދު އަފޫ ހާމިދު ކާމިޔާބު ކުރައްވައިފިއެވެ.

ނަތީޖާތަކުން ދައްކާ ގޮތުން ކުރީގައި އުޅެނީ އަފޫއެވެ.

އެ ދާއިރާއަށް ދެން ވާދަކުރެއްވީ އެމްޑީއޭގެ ޙުސައިން ސާލިމް މުހައްމަދާއި، އެމްޑީޕީގެ އަބްދުﷲ ޝަހީދެވެ.

މިފަހަރު މަޖިލީހުގެ ސުޕާ މެޖޯރިޓީ ސަރުކާރަށް ލިބިފައިވާއިރު އަފޫ މި ގޮނޑި ކާމިޔާބު ކުރެއްވީ 1222 ވޯޓުންނެވެ. އެމްޑީއޭގެ ކެންޑިޑޭޓް 1158 ވޯޓު ލިބިފައިވާއިރު، އެމްޑީޕީ ކެންޑިޑޭޓަށް ލިބުނީ 256 ވޯޓެވެ.

ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި ބޮޑު ކާމިޔާބީއެއް ހާސިލުކޮށް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ، ސަރުކާރު ހިންގާ މައި ޕާޓީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ކޮންގްރެސް ޕާޓީ)އިން ވަނީ ކާމިޔާބު ކޮށްފައެވެ.

ވަގުތީ ނަތީޖާ ދައްކާ ގޮތުގައި ކޮންގްރެސް ޕާޓީއަށް 20 ވަނަ މަޖިލީހުގެ ސުޕަ މެޖޯރިޓީ ލިބިފައިވަނީ 71 ގޮނޑި ކާމިޔާބުކޮށްގެންނެވެ. މި އިންތިޚާބުގައި ޖުމްލަ 93 ދާއިރާއަކަށް މެންބަރުން ވަނީ އިންތިޚާބުކޮށްފައެވެ.

މިހާރު ހިނގަމުންދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު އޮތް އެމްޑީޕީއަށް، ވަގުތީ ނަތީޖާ ދައްކާގޮތުން ކާމިޔާބު ކުރެވިފައިވަނީ އެންމެ 12 ގޮނޑިއެވެ. އަދި އެ ޕާޓީގެ ވެރިކަމުގައި މިނިސްޓަރުކަން ކުރެއްވި ހަތަރު ބޭފުޅަކު މި އިންތިޚާބުގައި ވާދަކުރެއްވިއިރު އޭގެ ތެރެއިން އެއްވެސް ބޭފުޅަކަށް އިންތިޚާބު ކާމިޔާބުނުކުރެވުނެވެ.

މި އިންތިޚާބުގައި ސަރުކާރާއެކު މަސައްކަތް ކުރަމުން އަންނަ ތިން ޕާޓީ ކަމަށްވާ އެމްޑީއޭ އާއި އެމްއެންޕީ އަދި ޖުމްހޫރީ ޕާޓީން ވެސް ވަނީ ގޮނޑިތައް ކާމިޔާބުކޮށްފައެވެ. އެގޮތުން ތިން ޕާޓީގެ ލީޑަރުން ވެސް ވަނީ ގޮނޑި ކާމިޔާބު ކުރައްވާފައެވެ. އެމްޑީއޭއަށް ދެ ގޮނޑި މި އިންތިޚާބުގައި ކާމިޔާބުކުރެވުނެވެ.

އިންތިޚާބުގައި ވާދަކުރި އަދާލަތު ޕާޓީއަށާއި، ދަ ޑިމޮކްރެޓްސްއަށް އެއްވެސް ދާއިރާއެއްގެ ގޮނޑިއެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.

ވަގުތީ ނަތީޖާއިން ދައްކާ ގޮތުގައި 20 ވަނަ މަޖިލިސް އިންތިޚާބުގައި އަމިއްލަ ގޮތުން ވާދަކުރެއްވި 6 ކެންޑިޑޭޓުން އިންތިޚާބު ކާމިޔާބުކޮށްފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު