ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ، ސުޕަރ މެޖޯރިޓީ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ލިބިފައިވީ ނަމަވެސް، އެމްޑީޕީގެ ސުޕަރ މެޖޯރިޓީ އޮތް މި މަޖިލީހުގައި ބާރުގެ ބޭނުންކޮށް، ބިރުނުދައްކާނެކަމަށާއި މައިނޯރިޓީއަށް އިޙްތިރާމް ކުރައްވާނެކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށި ދާއިރާގެ މެމްބަރު އަޙްމަދު ސަލީމް މިއަދު ވިދާޅުވެއްޖެއެވެ.
ޕީއެންސީން ގިނަ ގޮނޑިތަކެއް ކާމިޔާބުކޮށް ރައީސް މުޢިއްޒުގެ ތާޢީދާއެކު ހޮވިވަޑައިގެންނެވި މެންބަރުންނާއެކު ސަރުކާރަށް ސުޕަރ މެޖޯރިޓީ ލިބިފައިވަނިކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ސަލީމް ވިދާޅުވީ، އާރާއި ބާރާއި ނުފޫޒަކީ އަބަދު އެއްބައެއްގެ އަތުގަ އޮންނާނެ އެއްޗެއް ނޫންކަމަށާއި، ޙާލަތު ބަދަލުވުމުން ބަދަލުވާ އެއްޗެއްކަމަށެވެ. އަދި އެ އާރާއި ބާރު ބޭނުންކޮށްގެން ނަފްސާނީ ގޮތުން ގެއްލުން ދިނުމުގެ ނަތީޖާ ރަނގަޅު ނުވާނެކަމަށް ސަލީމް ވިދާޅުވިއެވެ.
ހިނގަމުންދާ 19 ވަނަ މަޖިލީހުގައި ޕީއެންސީގެ މައިނޯރިޓީ މަޖިލީހުގައި އޮތުމުން، އެ އެމްބަރުންގެ މަސައްކަތަށް އެމްޑީޕީގެ މެޖޯރިޓީ އިން ހުރަސްއަޅައި ފިއްތުންތަކާއި ކުރިމަތިކުރުވާފައިވާ ކަމުގައެވެ.
އެ ފިއްތުންތަކުގެ ސަބަބުން، މައިނޯރިޓީ މެމްބަރުންނަށް ނަފްސާނީ ގޮތުން ދަތިތަކާއި ކުރިމަތިލާން ޖެހިވަޑައިގެންނެވިކަން ފާހަގަކުރައްވަމުން ސަލީމް ވިދާޅުވީ، މީހުންނަށް ބިރު ދައްކައި ނަފުސާނީ ގޮތުން ބަލިކަށިކުރުމަކީ އެއްވެސް ބަޔަކު ކޮށްގެން ވާނެކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެންގެ ސުޕަ މެޖޯރިޓީއާ އެކީގައި އެއްވެސް ބަޔަކަށް ބިރުދައްކައި، އެއްވެސް ބަޔަކަށް ނަފުސާނީ ގޮތުން ގެއްލުންދީ، އަދި މިތާ އޮތް މައިނޯރިޓީއަށް އިހުތިރާމްނުކޮށް އެމީހުން ނަފުސާނީ ގޮތުން ބަލިކޮށްލާކަށް އަޅުގަނޑުމެން މަސައްކަތެއް ނުކުރާނަން،" އޭދަފުށީ ދާއިރާގެ މެމްބަރު ސަލީމް ވިދާޅުވިއެވެ.
ސަލީމް ފާހަގަކުރެއްވި ގޮތުގައި، ބާރުތައް މަދުބައެއްގެ އަތްމައްޗަށް ބެހިގެން ދިއުމުން، ނިކަމެތިން ނިކަމެތިވާކަމަށާއި، އޭގެ ސަބަބުން، ސިއްޙީ ގޮތުންނާއި ނަފްސާނީ ގޮތުން ރައްޔިތުންނަށް ގެއްލުން ލިބިގެންދެއެވެ. އަދި ކޮންމެ ސަރުކާރެއް ވެސް ވިސްނަންޖެހޭނީ ރައްޔިތުން ނިކަމެތި ކަމުން ރަނގަޅު ޙާލަތަކަށް ގެނައުމަށްވެސް އޭދަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވިއެވެ.
ގުޅުންހުރި:
ޕީއެންސީގެ ކެންޑިޑޭޓުންނާއެކު ސަރުކާރު ކޮޅަށް 74 ކެންޑިޑޭޓުން