ކެމްޕެއިނަށް ތައްޔާރުކޮށްފައިވާ ނަޒޫގެ ޕޯސްޓަރެއް، ސޯޝަލް މީޑިޔާއިން

ނަޒޫއަށް މަދު ވޯޓުކޮޅަކުން މަޖިލިސް އިންތިޚާބު ނާކާމިޔާބުވުމުގެ ފަހަތުގައިވާ އައު ވާހަކަތަކެއް!

މިދިޔަ އާދިއްތަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒްރާ ނަސީމް (ނަޒޫ) އާ ދެކޮޅަށް، ފައިސަލް ނަސީމް އެންޓި ކެމްޕެއިން ކުރެއްވި ކަމުގެ އަޑުތަކެއް ފެތުރެން ފަށައިފިއެވެ.

ކުރީގެ ކުޅިވަރާބެހޭ ވަޒީރު އަޙްމަދު މަޚްލޫފުގެ އަނބިކަނބަލުން ނަޒޫ މަޖިލިސް އިންތިޚާބުގެ ކެމްޕެއިނަށް ހެއްދެވި ސޯޝަލް މީޑިޔާ ގްރޫޕުގައި މިކަމާ ބެހޭ ގޮތުން ދައްކަމުންދާ ވާހަކަތަކަށް ބަލާއިރު، "ފިޔަ" އަށް ވަނީ މިކަން ކަށަވަރު ކުރެވިފައެވެ.

"ފިޔަ" އަށް މަޢުލޫމާތު ދެއްވި ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތަކު ބުނީ، ނަޒޫ އިންތިޚާބުން ބަލިވެފައިވަނީ ވަރަށް މަދު ވޯޓަކުން ކަމަށާއި، އޭނާ މި އިންތިޚާބުން އެފަދަ މަދު ވޯޓުކޮޅަކުން ބަލިވެގެން ދިޔައީ ނަޒޫގެ ބޭބޭފުޅު، އަދި ނިމިދިޔަ އެމްޑީޕީ ސަރުކާރުގެ ނައިބު ރައީސް ފައިސަލް ނަސީމު، އޭނާއާ ދެކޮޅަށް އެންޓި ކެމްޕެއިން ކުރުމުން ކަމަށެވެ. ފައިސަލް ނަސީމްއާ ދެމީހުންގެ ދެމެދުގައި އުފެދިގެން އުޅެނީ ޢާއިލީ މައްސަަލައެއް ކަމަށާއި ސީދާ އެއީ ކޮން މައްސަލައެއް ކަމެއް ބުނެދޭން ނޭނގޭ ކަމަށް އޭނާ ބުންޏެވެ.

މަޖިލިސް އިންތިޚާބު ބޯމަތިވެފައި އޮއްވައި، ކުރީގެ ނައިބު ރައީސް ވަނީ ޖުމްހޫރީ ޕާޓީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެން، މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގައިވެސް ވަރަށް ގިނަ ރަށްރަށަށް ދަތުރުކުރައްވާފައެވެ.

އެހެންނަމަވެސް، ނަޒޫގެ އެއްވެސް ކެމްޕެއިން ޙަރަކާތެއްގައި ފައިސަލް ނަސީމް ބައިވެރިވެވަޑައިގެންފައި ނުވާކަމަށް މަޢުލޫމާތު ލިބެއެވެ.

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް އެމްޑީޕީގެ ކެމްޕެއިން ޙަރަކާތެއްގައި ބައިވެރިވެވަޑައިގަންނަވަނީ

ނަޒޫގެ ކެމްޕެއިން ކުރުމަށް ހަދާފައިވާ ސޯޝަލް މީޑިޔާގައި ގްރޫޕްގައި ނަޒޫގެ ކޮއްކޮ، އަސޫ ނަސީމް ޙިއްސާކޮށްފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓެއް "ފިޔަ" އަށް ވަނީ ލިބިފައެވެ.

އަސޫ ބުނެފައިވާ ގޮތުގައި، ނަޒޫއަށް އިންތިޚާބުގައި ލިބިފައިވަނީ ބޮޑު ކާމިޔާބީއެއް ކަމަށާއި، އެއްބަނޑު ބޭބެ (ފައިސަލް ނަސީމް) ވިދާޅުވެގެން ވަރަށް ބޮޑަށް އެންޓި ކެމްޕެއިން ކުރި ކަމަށާއި، މުޅި ޢާއިލާއަށް އެކި ދުއްތުރާތައް ކުރިމަތި ކުރުވި ނަމަވެސް އިންތިޚާބުވެވަޑައިގެންނެވި ކެންޑިޑޭޓް ކުރި ހޯއްދެވީ އެންމެ 48 ވޯޓުން ކަމުގައެވެ. އަދި މިކަމުގެ އަޑީގައި ހުންނެވި ބޭފުޅާ (ފައިސަލް ނަސީމް) ސިޔާސީ ކަމެއްގައި ނުކުމެގެން އެއްވެސް ތާޢީދެއް ދެން ނުކުރާނެ ކަމަށްވެސް އަސޫ ބުނެފައިވެއެވެ.

 

ނަޒޫގެ ކެމްޕެއިން ސޯޝަލް މީޑިޔާގައި ގްރޫޕްގައި ނަޒޫގެ ކޮއްކޮ، އަސޫ ނަސީމް ޙިއްސާކުރައްވާފައިވާ ވާހަކަތަކުގެ ސްކްރީން ޝޮޓެއް

މަޖިލިސް އިންތިޚާބުގައި ނަޒޫއަށް 1094 ވޯޓު ލިބިފައިވާއިރު، އެ ދާއިރާއަށް ހޮވިވަޑައިގެންނެވި ޕީއެންސީގެ ކެންޑިޑޭޓް އިބްރާހީމް ޙުސައިންއަށް ލިބިވަޑައިގެންނެވީ، 1142 ވޯޓެވެ.

މަޖިލީހުގެ އިންތިޚާބުގައި އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި ފުވައްމުލަކު ދެކުނު ދާއިރާއަށް ވާދަކުރެއްވި ކުރީގެ ނައިބް ރައީސް ފައިސަލް ނަސީމްގެ ކޮއްކޯފުޅު ނަޒްރާ ނަސީމް (ނަޒޫ) އަށް ޕީޕަލް ނެޝަން ފްރޮންޓް (ޕީއެންއެފް) އިން ވެސް ތާޢީދުކުރިއެވެ.

ނަޒޫ، އޭނާގެ ކޮއްކޮމެންނާ އެކު

ފުވައްމުލަކަށް ނިސްބަތްވެވަޑައިގަންނަވާ ޕީއެންއެފްގެ ސެކެރެޓަރީ ޖެނެރަލް (އެސްޖީ) މަލީހު ޖަމާލް ވަނީ އޭރު އެކަން ކަށަވަރުކޮށް ދީފައެވެ.

އަދި އޭގެ ފަހުން ޕީއެންއެފްގެ ބާނީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމުވެސް ވަނީ ފުވައްމުލަކަށް ވަޑައިގެން ކެމްޕެއިން ޙަރަކާތުގައި ބައިވެރިވެވަޑައިގަންނަވާފައެވެ.

"އެކްސްގައި" ކުރި ޕޯސްޓެއްގައި މަލީހު ވިދާޅުވީ މުޅި ރާއްޖެއިން ބުނަމުން ދަނީ ރައީސް ޑރ މުހައްމަދު މުއިއްޒު އަށް ނޫނެކޭ ކަމަށެވެ.

"ފުވައްމުލަކު ދެކެނު ދާއިރާވެސް އޮތީ އެގޮތަށް، ޕޮލިޓިކްސް ގައި އެންމެ މުހިއްމީ ލޯޔަލިޓީ، ޕީއެންސީ ކެންޑިޑޭޓް ވަނީ ހޮވުމުގެ ކުރިން ވައުދާ ހިލާފުވެފައި" މަލީހު ވިދާޅުވިއެވެ.

ޕީއެންއެފް އިން ކުރީގެ ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ އަނބިކަނބަލުން ނަޒޫއަށް ތާއިދުކުރިފައިވާއިރު އެމްޑީޕީން ވަނީ، ފީއެންއެފްގެ ޓިކެޓުގައި ފުވައްމުލަކު އުތުރު ދާއިރާއަށް ވާދަކުރާ މުހައްމަދު ޝަރަފުއްދީން އަށް ތާއިދުކޮށްފައެވެ.

ފުވައްމުލަކުގެ ތިން ދާއިރާއިންވެސް މިއިންތިޚާބު ކާމިޔާބު ކުރައްވާފައިވަނީ ޕީއެންސީގެ ކެންޑިޑޭޓުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ކިޔުންތެރިންގެ ޚިޔާލުތައް:

  1. ބަލަ، އެންޓިކެމްޕޭން ޖެއްސިނަމަ ކުޑަ ވޯޓްކޮޅަކުން ބަލިވޭތަ؟ ބަޔަކު ގަމާރުވިޔަސް ތަންކޮޅެއްބޮޑު ވަރުމީ.

  2. ޕިސް ޕިސް މައިން ބަފައިންނާ އެއްބަނޑު މީހުން ގަތުލުކޮށްފަ ވެސް ގޮޑި ލިބޭތޯ؟ ތިވަރު ބަޔަކަށް ވޯޓު ދޭންވެސް ހެޔޮނުވާނެ

  3. މަލީހްމެންދެންބުނާނީ ކީކޭބާ. މުޅިދިވެހިރާއްޖެ މިއޮތީ މިހާރުގެރައީސް ޑރ.މުއިއްޒު އަށް އިތުބާރު ކުރައްވާ އެމަނިކުފާނުގެ ފަހަތްޕުޅުގަ. ނުވިތާކަށް އަމިއްލަގޮތުން ހޮވިވަޑައިގަތްގިނަ މެމްބަރުން ވެސް. މިއީ ރާއްޖޭގެރެކޯޑްއެއް.

  4. ނުހޮވުނީމަ ދެން ކޮންހާ ހާސަރެއް؟ އަނގަޔަށް ލުނބޯ ހުތެއް ފިތިފަ ހުންނަ އަންހެނަކަށް އެތަނަށް ނުވަދެވުނީމަ އުފާ ކުރަން ޖެހޭނު. ތީ ފައިސަލް ކުރި ކަމެއް ވިއްޔާ ފައިސަލް އަށް ޝުކުރިއްޔާ! ކޮއްކޮގެ ހާލު އެންމެ ރަނގަޅަށް އެނގޭނީ ބޭބެއަށްތާ! ތި ބަކަމޫނޭގެ އަނބި ގޮލައަށް ވީތީވެސް ތި ނުވާނެ އެތާކަށް ވައްދާކަށް.

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު