Saturday, 15 June 2024

ހިތް އެދޭހާ ކަމެއް.. (63 ވަނަބައި)

އެލީޝާގެ އަނގައިން ނުކުމެފައިވާ ހުދުކުލައިގެ ފޮނަތައް ފެނުމާއެކު ރާހިލްއަށް ސިހިފައި ވަށައިގެންވާ ސަރަހައްދު ހޯދައިލެވުނީ ހިތުގައި އުފެދެމުންއައި ހީއަކީ ކުށްހީއަކަށް ވޭތޯ ހިތާހިތުން ދުއާކުރަމުންނެވެ. ނަމަވެސް ސައިޑް ކަބަޑުގެ މަތީގައި ހުރި ބޭސްކާޑުތައް ފެނުމާއެކު ރާހިލްއަށް ކަންތައްތައް ވީގޮތް ނަގައިގަނެވުނެވެ. ޖެހިލުންވެފައި އެލީޝާގެ ގައިން އަތްދޫކޮށްލަމުން ފަހަތަށް ފިޔަވަޅެއް އަޅައިލެވުނެވެ. ހިނދުކޮޅެއްވަންދެން ހުއްޓުން އަރައިފައި ހުރެވުނު ނަމަވެސް ދެވަނަ ސިކުންތުގައި އޭނާ އެލީޝާގެ މޫނުގައި މަޑުމަޑުން ޖަހައިލަމުން އެލީޝާއަށް ގޮވޭތޯ މަސައްކަތް ކުރިއެވެ.

"އެލީ!! އެލީ!! އެލީޝާ!!" ރާހިލްގެ އަޑު ހިނދެއްހިނދަކަށް ދިޔައީ ބާރުވަމުންނެވެ. ނަމަވެސް މި ކުރެވެނީ ބޭކާރު ކަމެއްކަން ވިސްނި އޭނާ ދުވެފައި ކޮޓަރިން ނުކުމެ ގޭގެ އެންމެނަށް ގޮވަންފެށިއެވެ.

"މަންމާ! މަންމާ! އިޝީ! ކޯލް އެން އެމްބިއުލަންސް. ނައު!!" ރާހިލްގެ އަޑަށް ކޮޓަރިން ނުކުތް އިޝްވާ ފެނުމާއެކު އޭނާ އެންގިއެވެ. އިޝްވާ ފޯނު ނަގައި އެމްބިއުލެންސަށް ގުޅި ތަނާހެން ރާހިލްގެ އަތްދަނޑިމަތީގައި އެލީޝާ ކޮޓަރިން ނެރުނެވެ. އިޝްވާއަށްވެސް އެލީޝާ ފެނުމާއެކު ދެލޯ ބޮޑުކޮށްލެވުނެވެ. ރާހިލްގެ ފަހަތުން ސިޑިން ފައިބައިގެން ދިޔައެވެ. އޭރު ވާފިޔާވެސް ދުވެފައި އައިސް ސިޑި ކައިރިއަށް ހުއްޓިލަނީއެވެ.

"ދަރިފުޅާ ކިހިނެއް–"

"ނޮޓް ނައު މޯމް.. ދޮރު ހުޅުވާފަ ލިފްޓަށް ފިތާބަލަ. އިޝީ. އެމްބިއުލަންސް ކޮބާތަ؟" ރާހިލް ހުރީ މުޅިން އެލަރޓްގައެވެ.

"ނައްޓާލައިފި މިކޮޅަށް" ރާހިލްއާއެކު ގޭގެ ދޮރުން ނުކުންނަމުން އިޝްވާ ބުންޏެވެ.

އެލީޝާ ގޮވައިގެން އެމްބިއުލާންސްގައި ރާހިލް ދިޔަތާ މާގިނައިރެއްނުވެ އިޝްވާގެ އިތުރުން ވާފިޔާއާއި ނާޝިދުވެސް ހޮސްޕިޓަލަށް އަތުވެއްޖެއެވެ. އޭރު އަވަސް ފަރުވާދޭ ބައިގެ ބޭރު ފާރުގައި ލެގިލައިގެން ރާހިލް ހުއްޓެވެ. އޭނާގެ މޫނުމަތިން އެއްވެސް އަސަރެއް ފާޅުވާކަށްނެތެވެ. ކަންބޮޑުވުމެއް ހިތާމައެއްވެސް ފެންނާކަށްނެތެވެ. އިސްޖަހައިލައިގެންހުރިއިރު ބާރުކޮށްލެވިފައިވާ ކަތުރުކަށިގަނޑުގެ ސަބަބުން ބަލައިލައިފި މީހަކަށް ހީވާނީ އޭނާ ކަމަކާމެދު ހިތްހަމަނުޖެހިފައިވާހެނެވެ. އޭނާއަށް އެތަނަށް އައި ވާފިޔާމެން ފެނުމާއެކު އިތުރަށް އެތަނުގައި މަޑުކުރާކަށްވެސް ބޭނުމެއްނުވިއެވެ. ހިނގައިގަތީ ހޮސްޕިޓަލުން ބޭރަށެވެ.

"ރާހިލް.. ދަރިފުޅާ މަޑުކޮށްބަލަ.. ޑަކްޓަރު ބުނީ ކީކޭ؟" ވާފިޔާ ރާހިލްގެ އަތުގައި ހިފަހައްޓަމުން އަހައިލިއެވެ.

"އަދި ދެންމެ އެ ވެއްދީ" ރާހިލް ކުރު ޖަވާބަކުން ފުއްދައިލިއެވެ.

"ދޮންބެ މިހާ އަވަހަށް ދަނީތަ؟" އިޝްވާއަކަށްވެސް ރާހިލް ކަންތައްކުރަމުންދާ ގޮތެއް ކަމަކު ނުދިޔައެވެ.

"ހުރުމުގެ ބޭނުމެއް އެބައޮތްތަ؟ ލިބޭނީ ކޮން ހަބަރެއްކަން އެންމެނަށްވެސް އެނގެއެއްނު. މިތަނުން ނެރުނީމާ ގޮސްފަ ވަޅުލާ–"

"ދޮންބޭ!" "ރާހިލް!"

ރާހިލްގެ ވާހަކަ ހުރިގޮތާމެދު ހިތްހަމަނުޖެހިފައިހުރެ އިޝްވާއާއި ވާފިޔާ އެއްފަހަރާ ގޮވައިލިއެވެ.

"ދޮންބެ އެލީއާ މެރީ ކުރީ ލޯބިން ނޫންކަން އަހަރުމެންނަށް އެނގެޔޭ. އަހަރެންވެސް މާ ލައިކުވި މީހެއް ނޫނޭ އެލީއަކީ. އެކަމަކު މިކަހަލަ ވަގުތެއްގަ ތިހެން ވާހަކަދައްކަން ހެޔޮނުވާނެ!" އިޝްވާ ހިތްހަމަނުޖެހުން ފާޅުކުރިއެވެ.

"ބުނަން.. ރައްޓެއްސެއްގެ ހައިސިއްޔަތުންވިޔަސް އަހަރެން އެލީއާ ދޭތެރޭ ކެއަރ ކުރި ވަރަށް ކެއަރ ކުރި އިތުރު މީހެއް ނުހުންނާނެ. ތިމީހުންގެ ތެރޭގަވެސް. އެކަމަކު އަހަރެންނަށްޓަކާ އޭނަ ހިތްވަރެއް ކުރަން ޖެހުނު ވަގުތު ކާންޓް ޔޫ ސީ؟  ތިމާއިން ހާާލާމެދުވެސް ވިސްނައިނުލައި ޝީ ޗޯޒް ދަ އީޒީ ވޭ އައުޓް. ފްރިކިންގް ކާވަރޑް" ރާހިލް ހިތްހަމަނުޖެހިފައިހުރެ ވާފިޔާގެ އަތުން އަތް ފޮޅުވައިލުމަށްފަހު ހޮސްޕިޓަލުން ނުކުމެގެން ދިޔައެވެ. އޭނާގެ ހިތާއި ސިކުނޑީގައި އުފެދެމުންއައި އުދާސްތަކެއް އެހެން މީހުންނަކަށް ނޭނގޭނެއެވެ. އެއީ ހިތާމަ ކަމުގައިވިޔަސް ރުޅިވެރިކަން ކަމުގައިވިޔަސް އެހެން ބައެއްގެ ކުރިމަތީ އެ ޝުޢޫރުތައް ފާޅުކުރުން ދެން އޭނާއަކަށް މުހިއްމެއްނޫނެވެ. އާއިލާއެއް ރަޙްމަތްތެރިއެއް އެކަމުގައި އިސްތިސްނާވުމެއް ނެތެވެ.

ދުއްވާ އެއްޗެއްވެސް ހޯދުމެއްނެތި ހަލުވި ފިޔަވަޅުތަކެއްގައި ރާހިލް އައިސް ގެއަށް ވަނުމަށްފަހު ފުރަތަމަވެސް ހިނގައިގަތީ މީގެ އިރުކޮޅެއްކުރިން އެލީޝާ އޮތް އެނދުގެ ކައިރިއަށެވެ. އޭރު އޭނާއަށް ދިޔައީ ފުންނޭވާތަކެއް ލެވެމުންނެވެ.

ސައިޑް ކަބަޑުގެ މަތީގައި ބަހައްޓައިފައިހުރި ބޭސްކާޑުތައް ފެނުނުވަގުތު އޭނާއަށް ދެން ވީ ކިހިނެއްކަމެއް ނޭނގުނެވެ. އަޑުގެ ނެތްތަނަށް ހަޅޭއްލަވައިގަންނަމުން އަތުން ޖަހައި އެ ކާޑުތަކާއި އެއްކޮށް އެތަނުގައިހުރި ބިއްލޫރި ފެންޖަގާއި ތަށިވެސް ދުރަށް ހޫރައިލިއެވެ. އަދި ކުއްލިއެއްޖަހައި އެނދުގެ ބެޑްޝީޓަށް ދަމައިގަންނަމިން ބާލީސްތަކާއެކު އެވެސް ދުރަށް ހޫރައިލިއެވެ. ކޮޓަރީގެ ބެލްކަންޏާ ދިމާލަށް ހިނގައިގަތްއިރު އޭނާއަށް ހަމަރަނގަޅަށްވެސް ނޭވާ ލެވެމުންދިޔައެވެ. ދެލޯ މަރައިލީ ސިކުނޑިއަށް ހަމަޖެހުމެއް ހޯދޭތޯއެވެ. ކަންތައްތައް މިވަރުން ދަންޏާ އޭނާ ދުނިޔެއިން މޮޔަނުވެ ސަލާމަތްވެދާނެބާއޭ ރާހިލްގެ ހިތަށް އަރަމުންދިޔައެވެ.

"އޯ ގޯޑް.. ޕްލީޒް ގިވް މީ ޕޭޝެންސް ޕްލީޒް ޔާﷲ" ރާހިލް ލޯ މަރައިލައިގެންހުރެ ތަސްބީހައެއްހެން އެއްފައްޗަކަށް ކިޔަންފެށިއެވެ. ނޭވާ ހަމައަކަށް އެޅެންފެށި ވަގުތު ލޯ ހުޅުވައިލުމުން ފުރަތަމަވެސް ފެނުނީ މާލޭގެ މަގުމައްޗެވެ. ނުވަވަނަ ފަންގިފިލާގައިހުރެ އެ މަގުމަތި ފެނުނު ވަގުތު މި ހުރެވުނީ ކިހާ އުސްތަނެއްގައިކަން ހަނދާންވެ އެލީޝާކުރި ކަންތަކުގެ ހިޔާލުން ޝައިތާނާ އޭނާގެ ސިކުނޑި ވަސްވާސްތަކުން ފުރައިލިއެވެ.

ރާހިލްއަށް ލިބުނު ސިހުމާއި ބިރުވެރިކަމުގައި ރެއިލިންގއިން އަތް ދޫކޮށްލުމަށްފަހު ފަހަތަށް ދެތިން ފިޔަވަޅު އަޅައިލެވުނެވެ. ކޮޓަރިއާ ބެލްކަނި ވަކިކޮށްދޭ އޮޅިގަނޑުގައި އަޅައިގަނެ ވެއްޓެން ދިޔަވަގުތު ފަހަތުން ކޮންމެވެސް މީހަކު އޭނާގެ ކޮނޑުގައި ހިފެހެއްޓިއެވެ. އެއާއެކު ރާހިލް ފައިގެ ހަމަ ކޮންޓްރޯލް ކޮށްލަމުން ފަސްއެނބުރި ބަލައިލިއިރު އެތަނުގައި ހުރި ރިއާން ފެނުމާއެކު ހަމަޖެހުމުގެ ނޭވާއެއްލެވުނެވެ. ހަމަ އެހާމެ އަވަހަށް އޭނާގެ މޫނުމަތި ބަނަވެ ހިތްހަމަނުޖެހުމުގެ ކުލަވަރު ފާޅުވާންފެށިއެވެ.

"ވަޓް ދަ ހެލް އަރ ޔޫ ޑުއިންގް ހިއަރ" ރިއާންގެ އަތް ދުރަށް ފޮޅައިލަމުން ރާހިލް ރުންކުރުކަމާއެކު ބުންޏެވެ.

"އިޝްކޮ ގެއިން ނައްޓާލަމުން ގުޅާފަ ހުރިހާ އެއްޗެއް ކިޔާދިނީމަ އަހަރެން އޮފީހުގަ އިނދެފަ ހޮސްޕިޓަލަށް ދިޔައީ. އެތަނަށް ވަންނަނިކޮށް ރާހިލް މާބާރަށް ނުކުމެގެން އައިތަން ފެނުނީމަ އަހަރެންވެސް މިއައީ… މޭން… އޯކޭތަ؟" ރިއާން ކުރިއަށް ފިޔަވަޅެއް އަޅައިލަމުން އަހައިލިއެވެ. ރާހިލްގެ ތުންފަތަށް ވެރިވީ މަލާމާތުގެ ހިނިތުންވުމެކެވެ.

"ހަހަހަ. ހާލު ބަލައިލަންވެސް އެނގިއްޖެދޯ؟ ނަސީބުދެރަކަމުން އަދި މަރެއްނުވޭ" ރާހިލް ހިތިގޮތަކަށް ހިނިތުންވެލަމުން ބުންޏެވެ.

"ރިއަލީ ރާހިލް؟ އެލީޝާ އެހާލުގަ އޮއްވާވެސް ރާހިލް ތި ދައްކަނީ ތިކަހަލަ ވާހަކަތަ؟" ރިއާން އަހައިލިއެވެ.

"ޑޯންޓް ރިއާން! ޖަސްޓް ޑޯންޓް! އެލީޝާގެ ވާހަކަ އަހަރެންގާތު ނުދައްކާ" ރާހިލްގެ އަޑު ބާރުވިއެވެ. އޭނާ ރިއާންއަށް ފަސްއެނބުރެމުން އަނެއްކާވެސް ބެލްކަންޏާ ވީ ދިމާލަށް ކުރިމަތިލިއެވެ. އެހެނަސް މިފަހަރު އެ ބެލްކަންޏަށް ނުކުތުމުގެ ބަދަލުގައި އޭނާ އެ ދޮރުގެ މަތީ ކަނީގައި އަތްއަޅުވައިލަމުން ދުރަށް ނަޒަރުހުއްޓައިލިއެވެ.

"އޭނައަށް އެކަން އެހާ ފަސޭހަ ކަމަކަށް ވިއްޔާ އެކަމެއް ކުރަން އެނގުނީ މިއަދުތަ؟ ގައިމު ކްރިސްޓިއާނިޓީގަވެސް އަމިއްލައަށް މަރުވުމަކީ އެމީހުން ގަބޫލު ކުރާގޮތުގަ ބޮޑު ފާފައެއް ނޫންތަ؟ ބަނޑުގަ އޮތް ދަރިފުޅާމެދު ވިސްނާލުމެއްނެތި އެވަރު ބޮޑު ފާފައަކަށް އަރައިގަތްއިރު ކީއްވެތަ ބަނޑުބޮޑުކަން އެނގުނު ދުވަހު އެކަން ނުކުރީ؟ ކީއްވެތަ އަހަރެންނާ ކައިވެނިކުރަން ޖެހުނީމަ އަމިއްލައަށް މަރުވާން ނުވިސްނީ" ރާހިލްގެ އަޑުގައިވަނީ ހިތްހަމަ ނުޖެހުމެވެ. އެ ވާހަކަތައް ދަމުންދިޔައީ ރަނގަޅު މިސްރާބަކަށްނޫންހެން ހީވެ ރިއާން އަނެއްކާވެސް ރާހިލްގެ ކޮނޑުގައި އަތްބާއްވައިލިއެވެ.

"ރާހިލް މިގަޑީގަ ތިގޮތަށް ވާހަކަ ނުދައްް–"

"ދެން ކޮންގަޑިއެއްގަތަ މިވާހަކަ ދައްކަންވީ އޭން؟ އޭނަ އެވަރުގެ ފިނޑިކަމެއް ކުރީމަ ރިއާން އެކްސްޕެކްޓް ކުރަނީ އަހަރެން އޭނައަށްޓަކައި މިތަނުގަ އިނދެ ކަރުނަ އަޅާ ރޯންތަ އޭން؟ ޑޫ ޔޫ ރިއަލައިޒް ހައު މަޗް އައި ހޭވް ލޮސްޓް ޓު ޕްރޮޓެކްޓް ހަރ އެންޑް ހަރ ބޭބީ؟ ކިތަންމެ ނޫންކަމަށް ހެދުނަސް އަހަރެންނާ ޝައިނާގެ ދިރިއުޅުން ހަލާކުވެގެން ދިޔައީ ހަމަ އޭނައާ ހެދިއެއް ނޫންތަ؟ ޝައިނާއަށް ދޭން ޖެހޭ އެތަށް ވަގުތެއް އުނިކުރުމަށްފަހު އަހަރެން އެލީޝާއަށް ވަގުތު ދިނީ ހަމައެކަނި އަހަރެންގެ ހިތުގައި އޮތް ރަހުމާއި ހަމްދަރުދީގެ ސަބަބުން. އަބަދުވެސް ޝައިނާއަށް އަހަރެންގެ ސިޗުއޭޝަން އަންޑަރސްޓޭންޑް ވާނެކަން އަމިއްލަ ސިކުނޑިއަށް ވިސްނައިދެމުންގޮސް އެންމެ ފަހަރަކުވެސް ޝައިނާގެ ސިޗުއޭޝަން ވިސްނާލާނެ ވަގުތެއް އަހަރެންނަށް ނުވީ. ދުނިޔޭގެ ކުރިމަތީގަ އަހަރެންގެ އަނބިމީހާ ސިއްރުކޮށް މުޅިން ބީރައްޓެހި އަންހެނެއް އަހަރެންގެ އަންބެއްގެ ގޮތުގަ ދައްކައިގެން އުޅުނީމަ މިއީތަ އަހަރެންނަށް ލިބެން ޖެހޭ ބަދަލަކީ؟ އެލީޝާއަށްޓަކައި އަހަރެން ގުރުބާންކުރި އެއްވެސް ކަމެއްގެ ނަތީޖާއެއް ނުނިކުމެ އެކުއްޖާ ދުނިޔެެއަށްވެސް އުފަންނުވެ ހުރިހާ ކަމެއް ފެނަށް ދުއްވާލުންތަ މިކަމުގެ އެންޑް ރިޒަލްޓަކީ؟ މިއީ ދޯކާއެއްނު؟ ސްކޭމްއެއްނު؟ އޭނަގެ ސަބަބުން އަހަރެންގެ ދިރިއުޅުން ރޫޅި ހަލާކުވެ ވީކަމެއް ވެ ނިމުނީމަ އެގޮތަށް ދިޔުމުގެ ބޭނުމަކީ ކޮބާ؟ އެހާ ފަސޭހައިއްޔާ އެކަމެއް ކުރިން ނިންމާލާފަ ދިޔަނަ-"

"ރާހިލް ހެޔޮނުވާނެ. ދޫ ހިފަހައްޓާ. މިވަގުތު ތިހިރީ ކިޔޭ ނުކިޔޭ އެއްޗެއް ނޭނގޭ ހާލަތުގަ. އެލީޝާ ގޯ-ތްރޫ ކުރަމުންދިޔަ ކަމެއް ރާހިލްއަށް އެނގޭނީ ވަކި ކިހިނެއް؟" ރިއާން ބުންޏެވެ.

"ގޯ-ތްރޫ ކުރާ ކޮންމެ ކަމަކަށް އޮންނަ ހައްލަކީ ސޫސައިޑްތަ؟ އެހެންވިއްޔާ މި ދަނޑިވަޅުގަ އެލީޝާ ބަހައްޓާފަ ފުރަތަމަ ދާންވި މީހަކީ އަހަރެންނެއް ނޫންތަ؟ ރިއާން ބުނެބަލަ! އަހަރެން މި ބަރުދާސްތު ކުރަމުންދާ ވޭން އެނގޭނެ އިތުރު މީހަކު އެބަހުރިތަ؟ އަހަރެންނަށް ޝައިނާ ގެއްލުނު ދުވަހުން ފަށައިގެން ގެއްލުނީ ހަމައެކަނި އަހަރެންގެ އަނބިމީހާއެއް ނުވަތަ އަހަރެން މި ދުނިޔެއިން އެންމެ ލޯބިވާ މީހާއެއް ނޫނޭ! އެދުވަހު އިޝްކޮ އަހަރެން އަތަށް އެ ކުޑަކުޑަ ފޮށި ދިނުމާ ހަމައަށް އަހަރެންނަށް ހީވި.. އައި ހޭވް ލޮސްޓް މައި އެވްރީތިންގް އޭ. އެކަމަކު ޝައިނާއާއެކު އަހަރެންނަށް ލިބެންއުޅޭ ދަރިފުޅުވެސް ގެއްލުނުކަން އެނގުނު ހިސާބުން އަހަރެންނަށް ލިބުނު ހިތްދަތިކަން ރިއާންއަށް ވިސްނޭނެތަ! އެ މޯމެންޓްގަ އަހަރެންނަށް އިހުސާސްކުރެވުނީ.. ޔަގީން ކުރެވުނީ.. އައި ހޭވް ޓްރޫލީ ލޮސްޓް މައި އެވްރީތިންގް އޭ.. އަހަރެންނަށް އެހީތެރިކަމުގެ އަތެއް ދިއްކޮށްލާނެ މީހަކު ހުރިތަ؟ އެދުވަހުން ފަށައިގެން އަހަރެންގެ މުޅި އާއިލާ ބީރައްޓެއްހިންނަށް ބަދަލުވެ އަހަރެންގެ އެންމެ ގާތް ރަހްމަތްތެރިޔާވެސް އަހަރެންނަށް ގެއްލުނު. އެކަމަކު ފެށުނީއްސުރެން.. ފެށުނީއްސުރެން އަހަރެން އެލީޝާ ކީއްކުރަން ގާތް އެއްވެސް މީހަކު ދޫކޮށެއް ނުލަމޭ. ރިއާންވިޔަސް… ޒީވާ ވިޔަސް.. އިޝްވާ ވިޔަސް.. އެލީޝާ ވިޔަސް އަހަރެން ހުރީ އެމީހެއްގެ އަތް ދަމާލީމަ ޖެހޭ ހިސާބުގައި އެހީތެރިކަމުގެ އަތެއް ދިއްކޮށްގެނޭ." ރާހިލްގެ އަޑުގައިވަނީ އިންތިހާ ދަރަޖައިގެ ޝަކުވާއެވެ.

"ރާހިލް.. އެލީޝާ.. އެލީއަށް ރާހިލްގެ ހާލު ވިސްނޭތީ ހާލަތުގެ ގޮތުނާ ރާހިލް ދިއްކޮށްގެން އެހީގެ އަތުގައި ހިފަން ފަސްޖެހުނީ ކަމަށްވެސް ވެދާނެއެއްނު. ރާހިލްއަށް އިތުރު ބުރައަކަށް ވާން ބޭނުން ނުވީ ކަމަށްވެސް ވެދާނެއެއްނު؟" ރިއާން ބެލީ ރާހިލްއަށް ވިސްނައިދެވޭތޯއެވެ.

"ރިއާން އަހަރެންނަށް ވިސްނައިދޭން ތި އުޅެނީ މިއީ އެލީޝާ އަހަރެންނަށްޓަކައި ވި ސެލްފް ސެކްރިފައިޒް އެކޭތަ؟ އިޒް ދިސް އަ ފަ*ންގް ޖޯކް؟" ރާހިލްގެ ހިޔާލު ބަދަލެއް ނުވިއެވެ.

"އަހަރެންނަށް ގަބޫލު ކުރެވޭ ގޮތުގަ އެލީ އެ ކުރިކަމެއްކުރީ ރާހިލްއަށްޓަކައި. އެލީގެ ސަބަބުން ރާހިލްއާއި ޝައިނާގެ ދިރިއުޅުމަށް އިތުރަށް ހުރަސް އެޅިދާނެތީ" ރިއާން ބުންޏެވެ.

"ބުލްޝިޓް! ދެން އަހަރެން މިވީ އެލީޝާ އަހަރެންނަށްޓަކައި މަރުވީމަ އެ ގިލްޓްގަ ފޯވެ ހަލާކުވާންތަ؟ އަހަރެން ވިސްނަންޖެހޭ ކަންކަން މަަދު ކަމުންތަ އިތުރު ކަމެއް ބޮލުގަ އަޅަން މި ޖެހުނީ. ރިއާން ބުނެބަލަ އަހަރެން މޮޔަ ނުވިއްޔާ ދެރަތަ؟ އަހަރެންނާ ދޭތެރޭ ނުވިސްނާ ޝީ ޝުޑް ހޭވް ލިވްޑް. ޝީ ޝުޑް ހޭވް ބީން ސެލްފިޝް. ލައިފްގަ ސެލްފިޝްނުވެ ހާސިލްވާނޭ ކަމެއް ނޯންނާނެކަން އަހަރެންނަށް އެނގިއްޖެ. އަހަރެންވެސް އަހަރެންގެ ލޯތްބާ ދޭތެރޭ ސެލްފިޝްވިނަމަ.. އެހެން މީހުންގެ ހިތާމަތަކާމެދު ނުވިސްނިނަމަ އެލީއާ އިންނާކަށްވެސް ނުޖެހުނީސް. ބަޓް އައި ވޯޒް ސެލްފްލެސް. އެކަމުން ވީ ކޮން ފައިދާއެއް؟"

ރާހިލްގެ ޝަކުވާތަކަށް ނިމުމެއް ނެތްކަން އެނގުމާއެކު ރިއާން އިތުރަށް އެއްޗެކޭ ބުނާކަށް ނޫޅުނެވެ. އެ ހަމަހިމޭންކަމުގައި ރާހިލްގާތު މަޑުކޮށްލައިގެން ހުރުން ފިޔަވައި އިތުރުކަމެއް ނުކުރެއެވެ. ރާހިލް އެ ހުރިތަނުން ފަރާތަކަށް ޖެހިލީވެސް ޖީބުގައި އޮތް ފޯނު ރިންގުވާން ފެށުމުންނެވެ. މަދު ސިކުންތުކޮޅެއްގެ އެ ކޯލަށްފަހު ރާހިލް ފޯނު ޖީބަށްލިއިރު ރިއާން ސުވާލުގެ ނަޒަރަކުން އޭނާއަށް ބަލަހައްޓައިގެން ހުއްޓެވެ.

"ހޮސްޕިޓަލުން ގުޅީ. ޕޮލިހުން އައިސްފިއޭ ބުނީ ބަޔާން ނަގަން. ހިނގާ ދާން" ރިއާންގެ ކުރިއަށްހުރެ ރާހިލް އެކޮޓަރިން ނުކުތުމަށް ހިނގައިގަތެވެ.

"ދެން… ދެން އެލީ؟" ލިފްޓާ ހިސާބަށް އާދެވުމާއެކު ރިއާން އަހަން ނާހަން ހުރެފައި ކަހަލަ ގޮތަކަށް އަހައިލިއެވެ.

"ޝީ.. ޝީ އިޒް ނޯ މޯރ" ރާހިލްގެ އަޑަށް އާދަޔާހިލާފު ހިމޭންކަމެއް ވެރިވިއެވެ. އެލީޝާ އެ ކުރި ކަންތަކުގެ ސަބަބުން ހިތްހަމަ ނުޖެހިފައިހުރެ ކިތަންމެ އެއްޗެއް ކީ ކަމުގައިވިޔަސް އަދި އެއީ ތެދު ހަޤީގަތްތަކެއް އެކުލެވޭ އެއްޗެހި ކަމުގައިވިޔަސް އެލީޝާ މަރުވި ހަބަރު ކަންފަތަށް ލިބުމާއެކު ރާހިލްގެ މެއަށް ފިނިވެލައިފިއެވެ. ނަފްސަށް މަޑުމޮޅިކަން ވެރިވިއެވެ.

ފުލުހުންނަށް ބަޔާންދީ ނިމުމަށްފަހު އެލީޝާގެ މޫނުދައްކަން ހަމަޖެހިފައިވާ ކޮޓަރިއަށް ވަނުމާއެކު ރާހިލްގެ އަތްފައިން ހީބިހި ނަގައިގެން ދިޔަހެން ހީވިއެވެ. މަޑުމަޑުން އެލީޝާގެ ނިއްކުރީގައި އަތް ބާއްވައިލެވުނުއިރު އެ ހަށިގަނޑުގައި ފުރާނަ ނެތްކަން ގަބޫލުކުރަންވެސް އޭނާއަށް ވަނީ އުނދަގޫވެފައެވެ. އެއީ ގައިމު މިއަދު ހެނދުނުވެސް އޭނާއާ ވާހަކަދެއްކި އަދި އޭނާގެ ހިތުގެ އުދާސްތައް އަޑުއެހި އެލީޝާއެވެ. އެންމެ ދުވަހެއްގެ ތެރޭގައި އިންސާނާގެ ހަޔާތާއި ވިސްނުން ބަދަލުވެދާގޮތް ނިކަން ދެކިބަލާށެވެ.

ރާހިލް އެ މާހައުލާ ދުރަށް ޖެހިލުމަށްފަހު ފޯނު ނަގައި އޭގައި އޮތް ވަޓްސްއެޕް ނަންބަރަކަށް ގުޅައިލިއެވެ. އެފަދަ ހަބަރަކީ ފޯނުން ގުޅާފައި ދިނުން އެހާ މުނާސަބު ހަބަރެއް ނޫންކަމުގައިވިޔަސް ރާހިލްއަށް މަޖުބޫރުވީ އެލީޝާގެ މަރުގެ ހަބަރު އާއިލާއަށް އެންގުމަށެވެ.

އާއިލާ އެކުގައި މާލެ ނާދެވުނެއްކަމަކު އާމިރާއި އެނީ ވަގުތުން ވަގުތަށް މާލެ އައުމުގެ ތައްޔާރީތައް ވާންފެށިއެވެ. ނަމަވެސް އެމީހުން އެލީޝާއާ ހިސާބަށް އައުމަށް އަދި ބާރަ ގަޑިއިރު ނަގާނެތީއާއެކު އެހާތަނަށް އެލީޝާގެ ހަށިގަނޑު މޯޗަރީއަށް ބަދަލުކުރެވުނެވެ. އެ ހުރިހައި ކަމެއް ނިންމައިލުމަށްފަހު ރާހިލް އައިސް މޯޗަރީގެ ބޭރުގައި ބަހައްޓައިފައިހުރި ގޮނޑިބަރިން ވާފިޔާއާ ޖެހިގެން އިން ގޮނޑީގައި އިށީނެވެ. ވާފިޔާގެ މޫނުމަތީގައިވެސް ވަނި ހިމޭންކަމެވެ. އެހެނަސް އިރުއިރުކޮޅާ އެ ދެލޮލުން ފައިބަމުންދިޔަ ކަރުނަތައް ބުރުގަލުގެ ކަނުން ފޮހެލައެވެ.

"ސްޓޮޕް އިޓް މޯމް.." ރާހިލް ވާފިޔާގެ ކޮނޑުގައި އެއްއަތް ވަށައިލަމުން ވާފިޔާގެނެސް އޭނާގެ ގަޔާއި ކައިރިކޮށްލިއެވެ.

"އެލީޝާގެ ބަނޑުގަ އޮތް ދަރިފުޅު މަރުވިއިރު އެކުއްޖާއަށް ހަތްމަސް.. އެއީ ރާހިލްގެ ކުއްޖެއް ނޫނެއްނު.." ވާފިޔާ ބުންޏެވެ. ރާހިލްއާއި އެލީޝާގެ ކައިވެންޏަށް އަދި ވާނީ އެންމެ ތިންމަހެވެ.

"ދެން ތިކަހަލަ ވާހަކަ ނުދައްކާ.. އެލީ އެ ކުއްޖާގެ ބައްޕަގާތަށް ދާން އަހަރެންގާތު އެހީއަކަށް އެދުނީމަ އަހަރެން އެލީއާ ކައިވެނިކުރަން އެއްބަސްވީވެސް.." ރާހިލް ބުންޏެވެ.

"ދެން އޭނަ ކޮބާ؟ އޭނަ ހޯދަން އުޅުނިންތަ؟" ވާފިޔާ ސުވާލުކުރިއެވެ. ރާހިލް އެ ސުވާލަށް ބޯ ޖަހައިލިއެވެ.

"ރަޝިޔާއަށް ގޮސްފަ އެންމެ ފުރަތަމަވެސް ކުރިކަމަކީ އޭނަ ހޯދުން.. އެކަމަކު އެމީހާ އެލީ ބަލައިނުގަތީމަ އަހަރެން އަލުން އެލީ ގޮވައިގެން އަންނަން ޖެހުނީ.. މަންމާ.. އެލީގެ މަންމަމެން މާދަން ހެނދުނު އަންނާނެ. މަންމަ މިކަހަލަ އެއްވެސް ވާހަކައެއް ނުދައްކައްޗޭ.. ވީކަމެއް ވެ ނިމިދިޔައީ އެއްނު؟ އިތުރަށް ބަޔަކަށް އެލީޝާ ފަޟީހަތްކުރުމުގެ ބޭނުމަކީ ކޮބާ ދޯ" ރާހިލް އެދުނެވެ. ވާފިޔާ އެކަމަށް އެއްބަސްވިއެވެ.

"ޝައި.. ޝައިނާއަށް ތިކަން އެނގޭތަ؟" ވާފިޔާ ޖެހިލުންވެފައި އިނދެ އަހައިލިއެވެ.

"ހްމްމް. ޝައިނާއާ ވާހަކަދައްކާފަ.. ދެމީހުން އެއްބަސްވެގެން އަހަރެން އެލީއާ ކައިވެނި ކުރީ. އެލީޝާއާ ކައިވެނި ކުރިއިރުވެސް ޝައިނާއަކީ އަހަރެންގެ އަނތްބެއް.. މަންމަ.. މަންމަ ބޭނުންތަ ފޮޓޯ ބަލަން" ރާހިލް ފޯނު ހުޅުވައިލުމަށްފަހު ގެލެރީގައިވާ އަލްބަމެއް ހުޅުވައިލިއެވެ. އޭގައިވާ ޝައިނާގެ އެތަށްހާސް ފޮޓޮއެއްގެ ތެރެއިން ރާހިލްއާއި ޝައިނާގެ ކައިވެނި ކުރެވުނު ދުވަހު ނެގި ފޮޓޯތަކުން ފޮޓޮއެއް ވާފިޔާއަށް ދައްކައިލިއެވެ. އޭރު ރާހިލްގެ މޫނުމަތީގައިވަނީ ފަނޑު ހިނިތުންވުމެކެވެ. ވާފިޔާއަށް ހަރަކާތެއްކުރަން ނޭނގިފައި އެ ފޮޓޯގައިވާ ފުރިހަމަ ޖޯޑަށް ބަލަހައްޓައިގެން އިނދެވުނީއެވެ. އެ ފޮޓޯގައި ޝައިނާއާއި ރާހިލްގެ މޫނުމަތިން ފެންނަނީ އޭނާއަށް ރާހިލް އެލީޝާއާއެކު އުޅޭއިރު ދުވަހަކުވެސް ނުފެންނަފަދަ ލޯތްބާއި އުފާވެރިކަމެވެ.

ވާފިޔާއަށް އެ ފޮޓޯ ދައްކައިލައިގެން އިނދެ އެއަށް ގިނައިރު ބަލަމުންދިޔަ ވަރަކަށް ރާހިލްގެ ހިނިތުންވުން ފަނޑުވަމުންގޮސް ލޮލަށް ކަރުނަ ޖަމާވާން ފަށައިފިއެވެ. އަނެއްކާވެސް ޝައިނާގެ ހަނދާންތައް އާވާން ފެށުމާއެކު އަތް ތުރުތުރުލާން ފަށައިފިިއެވެ. އޭނާ އަވަސް އަވަހަށް ފޯނުގެ ޑިސްޕްލޭ ނިއްވައިލުމަށްފަހު ކަކުލުގައި އަޅުވައިލައިގެން އިން އަތުގެ ތެރޭގައި ދެލޯ ފޮރުވައިލިއެވެ. އޭރު ރާހިލްގެ ހަށިގަނޑުގައިވާ މަޑު ތުރުތުރުގެ ސަބަބުން ވާފިޔާއަށް ރާހިލް ރޮނީ ކަމުގައި ޔަގީންކުރެވުނެވެ. އިސާހިތަކު ވާފިޔާއަށްވެސް އޭނާގެ ކަރުނަތަށް ހިފެހެެއްޓުމުގެ ހިތްވަރެއް ނުލިބުނެވެ.

"ދަރިފުޅާ.. މަންމަ.. މަންމައަށް މާފުކުރޭ.. މަންމައަށް ޝައިނާއާ ދިމާލަށް ވަރަށްގިނަ އެއްޗެހި ކިޔުނު.. ދަރިފުޅު ފުރައިގެން ދިޔަފަހުންވެސް.. އެތަށް ފަހަރެއްގެ މަތިން ގެއަށް ގެނެސްގެން.. އެފަކީރު ނިކަމެތިކޮށްލެވުނު" ވާފިޔާގެ ވާހަކައިން ރާހިލްއަށް ހައިރާންކަމެއް ލިބުނެވެ. ބުމަ ގޮށްޖަހައިލެވުނުއިރު އޭނާގެ ދެލޮލުން ފައިބަމުން އައި ކަރުނަތައްވެސް ވަގުތުން ހުއްޓުމަކަށް އައި ކަހަލައެވެ.

"އަހަރެން ދިޔަ ފަހުންނޭ؟ މަންމަ.. މަންމަ ކީކޭ ކިއީ؟" ރާހިލް އެނގެން ބޭނުންވިއެވެ.

"މަންމައަށާ ބުނެވުނު.. މަގޭ ދަރީގެ ހަޔާތާ ކަލޭ ވައިވެސް ނޭޅޭށޭ؟ ޝައިނާދެކެ ލޯބިވާ މާ ގިނަ މީހުނެއް ދުނިޔެއަކު ނެތެެއްނޫންހޭ.. ޝައިނާއަށް މިހާރު ހުންނާނީ ލޯތްބާނުލައި އުޅެން އާދަވެފައޭވެސް.. ރާހިލް އައުމަށްފަހު ގެއަށް އައުންވެސް މަނާކުރިން.. ދެން.." ވާފިޔާގެ ވާހަކަ އެހާހިސާބުން ހުއްޓައިލިއެވެ.

"ދެން ކީކޭ؟ ތިއަށްވުރެން ރަހުމްކުޑަ ބަސްތަކެއް މަންމައަށް ބުނެވޭނެތަ؟" ރާހިލްއަށް ދެލޯ މަރައި ތަގުޅިކޮށްލެވުނެވެ. އެ ބަސްތަކުގެ ސަބަބުން އޭނާގެ ހިތަށް މިހާ އަސަރުކުރާނަމަ އެ ބަސްތަކުން ޝައިނާގެ ހިތް ހަމަ ރަނގަޅަށްވެސް ފުނޑުފުނޑުވާނެކަން ރާހިލްއަށް އެނގުނެވެ.

"މަންމަ.. މަންމައަށް ޝައިނާއާ ދިމާލަށް ބުނެވުނު ތިއުޅެނީ ޝައިނާގެ އަމިއްލަ މަންމަ އެޅި ފިޔަވަޅުމަތިން ހިނގާނަމޭ ހިތާހެއްޔޭ؟"

ރާހިލްއަށް ލިބުނު ކުއްލި ސިހުމުގައި އޭނާއަށް އިން ގޮނޑިން ތެދުވެވުނެވެ. އިތުރަށް އެތާ ހުރުން އޭނާއަށް ވީ އުނދަގޫ ކަމަކަށެވެ. މަންމަގެ ދުލުން އިވުނު ވިހަގަދަ ބަސްތައް ގަބޫލު ނުކުރެވިފައިހުރެ ހަލުވި ފިޔަވަޅުތަކެއްގައި ވާފިޔާއާ ދުރަށް ހިނގައިގަތެވެ. އޭރު އޭނާގެ ހިތް ޝައިނާއަށްޓަކައި ރޮމުންދިޔައެވެ. ވާފިޔާއަކީ އެހާ އަނިޔާވެރި މީހަކަށް ވެދާނެއޭ އޭނާއަށް ހުވަފެނެއްގައިވެސް ހީކުރެވިފައެއްނެތެވެ. އެންމެގާތުގައި ގެންގުޅެފައި ކަމެއް ދިމާވި ދުވަހު އެއީ ކިހިނެއް ވީ ކަމެއްތޯވެސް އަހައިލުމެއްނެތި ވާފިޔާ އެ ހިފީ ޝައިނާގެ ބަލިފައިގައެވެ. އެ ހިތި މާޒީން ވަރުގަދަ އެތިފަހަރެއް ޝައިނާގެ މޫނުމަތީގައި އަޅުވައިލީއެވެ.

އޭނާއަށް ހިލަމެއްވެސް ނުވާހާލު އޭނާގެ ސަބަބުން ޝައިނާއަށް ލިބުނުހާ ވޭން އިހުސާސްވުމާއެކު ރާހިލްގެ ސިކުނޑި މުޅިން ގޯސްވާންފެށިއެވެ. ހޮސްޕިޓަލުގެ ފާހަނައަށްވަދެ އެތަށް އިރެއް ވަންދެން މޫނަށް ފެންޖެހިއިރުވެސް އެ ސިކުނޑިއަކަށް ލުއެއް ނުލިބުނެވެ. ވާފިޔާގެ ބަސްތައް ކަންފަތުގައި ތަކުރާރުވަމުންދިޔަ ވަރަކަށް މީހާ ހަތަރު ފަރާތުން ފިތިގެންދާކަމުގެ އިހުސާސެއް ކުރެވުނެވެ. އެންމެފަހުން ބޮލަށް ކުރަމުންދިޔަ ބާރަށް ކެތްނުވެގެން ހަޅޭއްލަވައިގަތުމަށްފަހު ސިންކުގެ ކުރިމައްޗަށްވާގޮތަށް ބަހައްޓައިފައިހުރި ލޯގަނޑަށް ގޮށްމުށުގެ އެތިފަހަރެއް ވީއްލައިލިއެވެ. އެއްފަހަރަކު ނުވަތަ ދެފަހަރަކު ނޫނެވެ. ތަކުރާރުކޮށް އޭނާގެ އަތުން އެ ލޯގަނޑުގެ އެއްދިމާލަކަށް ހަމަލާދެމުންގޮސް އޭގެން ބިއްލޫރިކޮޅުތައް ކުދިކުދިވެގެން ފޭބިއިރުވެސް އޭނާގެ ހަމަލާތަކަކަށް ހުއްޓުމެއްނައެވެ. އޭނާ މައިތިރިވީ އެވަގުތު ފާހަނައިގެ ކިއުބިކަލް އަކުން ނުކުތް މީހަކު ދުވެފައި އައިސް އޭނާ އެ ލޯގަނޑާއި ދުރުކުރުމުންނެވެ. އޭރު ރާހިލްގެ އަތުން ހޯސްލާފައި ލޭ ފައިބަމުންދިޔައިރު އަޑުފަށްގަނޑު ގަދަވެގެން އެހިސާބަށް އެއްވެއްޖެއެވެ. އެމީހުންގެ ތެރޭގައި ޒީވާއާއި އިޝްވާގެ އިތުރުން ރިއާންވެސް ހިމެނެއެވެ. އެއްވެފައިވާ މީހުންގެ ތެރެއިން ފުރޭނެމުންގޮސް އެތެރެއަށް ބޯ ދިއްކޮށްލި ވަގުތު ރާހިލް ފެނުމާއެކު ރިއާން ޒީވާ ގޮވައިގެން އެތަނާ ދުރަށް ހިނގައިގަތެވެ.

"ރިއާން.. ކިހިނެއްވީ؟ ކިހިނެއްވީތަ؟" ޒީވާ ފަސްއެނބުރި ބަލައިލަމުން ބުންޏެވެ. އެވަގުތު އެ މީހުންގެ ތެރެއިން ނުކުމެގެން އައި ރާހިލް ފެނުމާއެކު ޒީވާއަށް ރިއާންގެ އަތުން އަތް ދޫކޮށްލެވުނެވެ. ރާހިލްގެ އަތުން ހޯސްލާފައި ލޭފައިބަމުންދިޔައިރު މޫނުގެ ކުލަވަރު އޮއްސިފައިވާ މީހަކު ފަދައިން އެތަނުގައިހުރި ހޮސްޕިޓަކުގެ މުވައްޒަފަކާއެކު ބޭސްއަޅާ ކޮޓަރިއަކާ ދިމާލަށް ހިނގައިގަތެވެ. އެ މަންޒަރުފެނި އިޝްވާއަށްވެސް ހުރެވުނީ ހުއްޓުން އަރައިފައެވެ.

"އިޝީ.. އިޝީ.. އިޝްކޯ!!" އިޝްވާގެ ކޮނޑުގައި ހިފައި ތަޅުވައިގަންނަމުން ރިއާން ގޮވައިލިއެވެ.

"ދޮންތަ ކައިރި މަޑުކުރައްޗޭ. އަހަރެން އެބަ އަންނަން" ރިއާން ދުއްވައިގަތީ ރާހިލްމެން ދިޔަ ދިމާލަށެވެ.

މާގިނައިރެއްނުވެ ހޮސްޕިޓަލުގެ އެ ފާހަނަ ބަންދުކޮށް އެތަނަށް ފުލުހުންވެސް އަތުވެއްޖެއެވެ. ސިއްޚީ ހިދުމަތް ފޯރުކޮށްދޭ ތަނެއްގެ ތަކެއްޗަށް ގެއްލުން ދިނުމަކީ ކުށެއް ކަމުގައިވިޔަސް ރިއާންގެ އެތަށް މަސައްކަތަކާއެކު ފުލުހުން އެ މައްސަލަ ދޫކޮށްލުމަށް ނިންމިއެވެ. އެއީ އެދުވަހަކީ ރާހިލްގެ އަނބިމީހާ އަމިއްލައަށް މަރުވި ދުވަހަށްވާތީ އެކަމުގެ ސަބަބުން ރާހިލްއަށް ލިބިފައި ހުރެދާނެ ނަފްސާނީ ގެއްލުމަކަށްވެސް ރިއާޔަތްކޮށް ހޮސްޕިޓަލުގެވެސް އެދުމުގެ މަތިންނެވެ. ނަމަވެސް ރާހިލް އިތުރަށް ހޮސްޕިޓަލުގައި ބެހެއްޓުމަށް ނުފެންނާތީ ރިއާންއާއި ޒީވާގެ އިތުރުން އިޝްވާ ދިޔައީ ރާހިލް ގޮވައިގެން ގެއަށެވެ.

ސިޓިންގްރޫމްގެ ސޯފާގައި ހަތަރު މީހުން އިށީނދެލައިގެން ތިބިއިރު އެތަނުގައި ތިބި ތިންމީހުންގެ ނަޒަރުވެސް ސީދާވެފައިވަނީ ރާހިލްއަށެވެ. ބޭސް އަޅަން ގެންދިޔަފަހުންވެސް ރާހިލްގެ އަނގައިން އެންމެ ބަހެއްވެސް ބުނެފައި ނުވާއިރު ދެންތިބި އެއްވެސް މީހަކަށް އޭނާއާ ސުވާލެއްވެސް ކުރާކަށް ނުކެރުނެވެ. އެގޮތުގައި އެތަށް އިރެއް ހޭދަވެގެންދިޔަފަހުން ރާހިލް އެތަނުން ތެދުވެގެން ސިޑިއާ ދިމާލަށް ހިނގައިގަތެވެ. ނަމަވެސް އެކަމަށް ހުރަސް އެޅުނީ އިޝްވާ ދުވެފައިގޮސް ރާހިލް ކުރިމައްޗަށް އެރުމުންނެވެ.

"ދޮންބެ ކޮންތާކަށް؟" އިޝްވާ ހާސްވެފައި އަހައިލިއެވެ. ހިނގައިދިޔަ ކަންތަކުގެ ސަބަބުން ރާހިލް އެކަހެރިވާން ދޫކޮށްލުމަށް އިޝްވާ ފަސްޖެހެނީއެވެ.

"މައްޗަށް" ރާހިލް ފަރުވާކުޑަ ރާގެއްގައި ބުންޏެވެ. އަދި އިޝްވާ ހުރަސްކޮށްގޮސް ސިޑިން އަރަން ފެށިއެވެ.

"ދޮންބޭ ޕްލީޒް ވެއިޓް" އިޝްވާ ސިޑީގެ ފުރަތަމަށް ހަރުފަތަށް އަރައިލަމުން ރާހިލްގެ އަތުގައި ހިފެހެއްޓިއެވެ.

"ދެން ކިހާބޮޑު އުނދަގުލެއްތަ!" ރާހިލް އިޝްވާގެ އަތް ހޫރައިލުމަށްފަހު ދުރަށް ކޮށްޕައިލި ގޮތުން އިޝްވާ ފަހަތައް އަޅައިލި ފިޔަވަޅު ސީދާ ނުވެގެން ވެއްޓެން ދިޔައެވެ. އެވަގުތު އެތަނަށް އައި ރިއާން އިޝްވާގެ ގައިގައި ނުހިފެހެއްޓިނަމަ އިޝްވާ އޮންނާނީ ބިންމަތީގައިކަން ގައިމެވެ.

"ރާހިލް!" ރިއާން ހިތްހަމަ ނުޖެހިފައި ގޮވައިލިއެވެ.

ރާހިލް ވަކި އެއްޗެއް ބުނުމެއްނެތި ހަލުވި ފިޔަވަޅުތަކެއްގައި ސިޑިން އަރައިގެންގޮސް ބަންކިޔާފައި ކޮޓަރީގެ ދޮރުފަތް ޖެހިއެވެ. އެވަގުތު ޒީވާވެސް ކަންބޮޑުވެފައި އައިސާ އިޝްވާ ގާތަށާ ހުއްޓިއްޖެއެވެ. ޒީވާ ފެނުމާއެކު އިޝްވާ ރިއާންގެ އަތުތެރެއިން ވީއްލިގެންގޮސް ޒީވާގެ ގައިގައި ބައްދައިލިއެވެ.

"ދޮންތީ… ދޮންބެއަށް ކޮންމެވެސް ކަމެއް ވެއްޖެ. އެއީ އަހަރުމެންގެ ދޮންބެއެއްނޫން ދޮންތީ.. އެއީ އެހެން މީހެއް" އިޝްވާގެ ވާހަކަ ހުރިގޮތުންޒީވާއަށް ކަންބޮޑުވެފައި ބަލައިލެވުނީ ރިއާންގެ މޫނަށެވެ. ރިއާން އެއްފަހަރު ޒީވާމެންނަށް އަނެއްފަހަރު ސިޑީގެ އެންމެ މައްޗަށް ބަލައިލުމަށްފަހު ފުންނޭވާއެއް ދޫކޮށްލިއެވެ.

***************

އެލީޝާގެ މައިންބަފައިން މާލެ އައުމަށްފަހުގައިވެސް ރާހިލް އެ ކޮޓަރި ދޫކޮށް ހޮސްޕިޓަލަށް ދިޔުމުގެ ހިޔާލެއް ނުގެންގުޅުނެވެ. އެމީހުންގެ ހުރިހާކަމެއް ބެލެހެއްޓުމުގައި އަވަދިނެތި އުޅެންޖެހުނީ ނާޝިދަށެވެ. ޖަނާޒާގެ ކަންތައްތައް ނިންމައިލުމަށްފަހު ފުރައިގެން ދިޔުމާ ހިސާބަށްވެސް ރާހިލްގެ މާބޮޑު ބައިވެރިވުމެއް އެއްވެސް ކަމެއްގައެއް ނުފެނެއެވެ. ރާހިލްގެ ފަރާތުން ހޮސްޕިޓަލުގައި ހިނގައިދިޔަ ކަންތައްތަކުގެ ވާހަކަ ކިޔައިދިނުމާއެކު އެނީއާއި އާމިރުވެސް އެކަމާ ގުޅުވައި މާގިނަ ސުވާލުތަކެއް ނުކުރިއެވެ. އަދި އެލީޝާގާތަށް ރާހިލް ގެންނާކަށްވެސް ނޫޅުނެވެ. އެމީހުންނަށް ހީވެފައި އޮތީ ރާހިލްގެ މިޒާޖުން ފެންނަނީ އެލީޝާގެ ކުއްލި ވަކިވުމުގެ ސަބަބުން ރާހިލްއަށް ކޮށްފައިވާ އަސަރުތަކެއް ކަމުގައެވެ.

ދެހަފްތާއެއްހާ ދުވަސް ފާއިތުވެދިޔައިރު ރާހިލްގެ ހާލަތު ދިޔައީ ދުވަހެއް ދުވަހަކަށް ގޯސްވަމުންނެވެ. ގޭތެރޭގައި އޭނާއާ އަނގައިން ބުނެވޭ މީހަކަށް ހުންނަނީ އިޝްވާ އެކަންޏެވެ. ވާފިޔާ ނުވަތަ ނާޝިދު އެއްޗެކޭ ބުނެފިނަމަ އޭނާގެ ރުޅި ހުންނަނީ އަތް ނުފޯރާ ހިސާބުގައެވެ. ކޮންމެހެން ނުކުންނަން ޖެހިއްޖެ ހާލަތެއްގައި ނޫނީ ކޮޓަރިންވެސް ނުނިކުންނައިރު ކައިބޮއެ އުޅެނީވެސް އެންމެނާ ވަކިން ހިތަށް އެރި ދުވަހެއްގައެވެ.

ޖެހިގެން އައި ހުކުރު ދުވަހެވެ. ކައިރީގައިހުރި މިސްކިތުން ހުކުރު ނަމާދު ކޮށްގެން ނާޝިދު ގެއަށް ހިނގައިގަތް ވަގުތު ދެމީހެއްގެ ދެމެދުގައި ދެކެވުނު ވާހަކައެއް އޭނާގެ ކަންފަތުގައި ޖެހުނެވެ.

"އެދުވަހު އަހަރުމެންވެސް ހޮސްޕިޓަލަށް ގޮސް އުޅެނިކޮށް އެ ކަންތައްގަނޑު ފެނުނީ.. އޭނަ އަންހެނުން މަރުވީމަ މޮޔަވީހެން ހީވަނީ. އެއީ މި އުޅޭ އެމް.ޕީ ނާޝިދުގެ ދަރިއެއްނު"

އެމީހުން އެ ދައްކަނީ ރާހިލްގެ ވާހަކަކަން ނާޝިދުއަށް ނަގައިގަނެވުނެވެ. އެދުވަހު ހޮސްޕިޓަލުގައި ހިނގައިދިޔަ ހާދިސާ ތުންތުންމަތިން ފެތުރެމުންދާ ހަބަރު ލިބުނަސް މިއީ އޭނާގެ ކަންފަތަށް އެފަދަ ގޮތަކަށް އެ ވާހަކަ ފޯރި ފުރަތަމަ ފަހަރެވެ.

ނާޝިދުގެ ގާތަށް އައީ އަމަށަކު ރުޅިއެއް ނޫނެވެ. ގެއަށް ވަތްއިރު އޭނާގެ ދެ ކަންފަތުން ދުން އަރައޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. އެންމެ ފުރަތަމެސް އޭނާގެ ދުލުން ނުކުތީ ރާހިލްގެ ނަމެވެ.

"ރާހިލް! ރާހިލް! ކޮބާ އޭނަ؟ ކޮބާހޭ އޭނަ؟" ނާޝިދުގެ އަޑަށް ބަދިގޭގައި އުޅުނު ވާފިޔާއާއި އިޝްވާ ދުވެފައި ބޭރަށް ނުކުތެވެ.

"ކިހިނެއްވީ ބައްޕާ؟ ދޮންބެ ހުކުރަށް ދިޔައީ.." އިޝްވާ ކަންބޮޑުވެފައި އަހައިލިއެވެ.

"އޭނައާހެދި ނެތޭ މިހާރު–"

ނާޝިދުގެ ވާހަކަ ނުފެށެންދެން ގޭގެ ދޮރު ހުޅުވުނު އަޑު އިވުމާއެކު ތިންމީހުންނަށް އެއްފަހަރާ އެ ދޮރާއި ދިމާލަށް ބަލައިލެވުނެވެ. އެތެރެއަށް ވަތް ރާހިލް ސުވާލުގެ ނަޒަރަކުން އެތަނުގައިހުރި އިޝްވާއަށާ ނިއް އަރުވައިލީ ކިހިނެއްވީހޭ އަހާލާ ފަދައަކުންނެވެ. އެއާއެކު ނާޝިދު ލަހެއް ފަހެއްނެތި ދުރު ފިޔަވަޅުތަކެއްގައިގޮސް ރާހިލްއާ އެއްހަމަ ކޮށްލަމުން ރާހިލްގެ ކަންކަށިމައްޗަށް ހޫނު އެތިފަހަރެއް ވީއްލައިލިއެވެ. ވާފިޔާއަށާއި އިޝްވާއަށް ހަރަކާތެއްވެސް ނުކުރެވުނީ އެއީ އެމީހުން އުއްމީދުވެސް ކުރި ކަމަކަށް ނުވާތީއެވެ.

"ކަލޭ ތި ދައްކާ ޗަރުކޭސް ބަލަން އަހަރެން ވަރަށް ކެތްކޮށްފިން. އެކަމަކު ދެން މިއީ ނިމުނީ.. ތި އުޅޭ ވިޔާނުދާ އުޅުން ދޫކޮށްލާފަ އިންސާނުން އުޅޭގޮތަށް އުޅެން ރުޖޫއަވޭ. މަގުމައްޗަށް ނުކުމެވޭ ވަރެއް ނޫނޭ ހޮސްޕިޓަލުގަ ހިނގި ކަންތަކުގެ ވާހަކަވެސް މީހުން ކިޔާވަރުން. މަގޭ ދަރިޔަކޯ މީ.. ކިހިނެއް އުޅޭނަމޭ ހިތާތަ ތި އުޅެނީ.. މީނައަށާ އެކަނިވިއްޔަ އަންހެނަކާ ހިތާވެވިގެން މި އުޅެނީ؟" ނާޝިދު ރުޅިވެރިކަމާއެކު ބުންޏެވެ. އެއާއެކު އެތަނުގައި ތިބި އެންމެނަށްވެސް ކަންތައްތައް ވެގެން އުޅޭގޮތް ނަގައިގަނެވުނެވެ.

ރާހިލްގެ ފަރާތުން ބަދަލުގައި ނާޝިދަކަށް އެއްވެސް ރައްދެއް ނުދިނެވެ. އިރުކޮޅެއްވަންދެން އިސްޖަހައިލައިގެން ހުރުމަށްފަހު އޭނާ ދުއްވައިގަތީ ސިޑިން މައްޗަށެވެ. އޭގެ ފަސްވަރަކަށް މިނަޓުފަހުން އޭނާ އަލުން ތިރިއަށް އައިއިރު ކޮނޑުގައި އަޅުވައިލައިފައި އޮތް ލެޕްޓޮޕް ދަބަހުގެ އިތުރުން މެދުސައިޒުގެ ލަގެޖް ފޮށްޓެއް އޭނާގެ އަތުގައި ހުއްޓެވެ. ރާހިލް އެ ފޮށި ދޮރުކައިރީގައި ބެހެއްޓުމަށްފަހު އައީ ސޯފާގައި ތިބި ތިންމީހުނާ ދިމާލަށެވެ.

"މަގޭ އެއްވެސް ކަމަކާ ކަލޭ ހާސްވާކަށް ދެނެއް ނުޖެހޭނެ. މަގޭ މަންމައަށާއި ކޮއްކޮމެންނަށް ކަލޭ ކޮށްދިން ހެޔޮކަންތައްތަަކަށް ވަރަށްބޮޑަށް ޝުކުރުވެރިކަން. އެކަމަކު ކަލޭ މަށަށް ކޮށްދިން އެއްވެސް ކަމަކަށް ޝުކުރުވެރިވާކަށް ނުޖެހޭނެ. ކަލޭ މަ ބަލައި ބޮޑުކޮށާދިނީތީ އަދާކުރަން ޖެހޭ ދަރަންޏެއް އޮތިއްޔާބއެލީޝާއާއި މަ ކުރި ކައިވެނިން ލިބިފައިވާ ފައިދާއިން އެބައި ކަނޑާ. މިއަދަށްފަހު މަށަކީ މިގެއާ އަދި ކަލެއާ އެއްވެސް ގުޅުމެއް އޮތް މީހެއްނޫން." ރާހިލް އޭނާގެ ފަހުބަސް އިއްވައިލުމަށްފަހު އެތަނުން ދާން ފިޔަވަޅެއް އަޅައިލިއެވެ. ނަމަވެސް އެވަގުތު އިޝްވާއާއި ވާފިޔާ ދެފަރާތުން އައިސް އޭނާގެ ގައިގައި ހިފެހެއްޓިއެވެ.

"ނޫން ރާހިލް.. ދަރިފުޅާ ކީއްވެ ތި ދަނީ؟ އެއީ ބައްޕަ އެހެން ބުނި އެއްޗެއް ނޫނޭ. ބައްޕައަށް މާފުކޮށްދީ.. މަންމައަށްވެސް.  ރާހިލް..ދަރިފުޅު ވަކި ދާނީވެސް ކޮންތާކަށްތަ؟ ނާޝިދު.. ހެޔޮނުވާނެ އޭނަ ކައިރީގަ ބުނޭ ނުގޮސް މަޑުކުރާށޭ.." ވާފިޔާ އާދޭސް ކުރިއެވެ.

"އެ ތެދެއް ދޮންބޭ.. ދޮންބެ ދާނީވެސް ވަކި ކޮންތާކަށް؟ ތި ރުޅިމަޑުކޮށްފަ މަޑުކޮށްބަލަ ޕްލީޒް.. ބައްޕާ ޕްލީޒް ދޮންބެ ހުއްޓުވާ" އިޝްވާވެސް އެ އާދޭހުގައި ބައިވެރިވިއެވެ. އެވަގުތު ނާޝިދު އިށީނދެ އިން ގޮނޑީގެ ކުރިއަށް ޖެހިލައި ރާހިލްއަށް ގޮވައިލި ގޮތުން އޭނާ އުުޅުނީ ރާހިލްގެ ކިބައިން މަޢާފަށްއެދި އެގޭގައި މަޑުކުރާށޭ ބުނުމަށްހެން ވާފިޔާމެންނަށް ހީވިއެވެ. ނަމަވެސް ރާހިލް ފަހަތަށް އެނބުރުމާއެކު ނާޝިދު ބުނި ވާހަކައިން އެތާތިބި ވާފިޔާމެންނަށް ލިބުނީ ޝޮކެކެވެ.

"ދަންޏާ ދެން އެނބުރި ނާންނަ ގޮތަށް ދޭ. މިބުނި އެއްޗެއް އެނގިއްޖެއެއްނު. ރާހިލްގެ އަމިއްލަ ފައިސާއިން ހޯދި އެއްވެސް އެސެޓެއް ރާހިލްގެ އަތަކު ނުހުންނާނެ!" ނާޝިދު ބުނަން އުޅުނީ ކީކޭކަން އެނގުމާއެކު ރާހިލް އެބުނި އެއްޗެއް ވިސްނުނު ފަދައިން ފަޓުލޫނުގެ ބަކްލްގައި އަޅުވައިލައިފައި އޮތް ތަޅުދަނޑިފަތި ނެގިއެވެ. އޭގައި މުޅިއަކު 6 ތަޅުދަނޑި އަޅުވައިފައި އޮތެވެ. އޭގެން ތިން ތަޅުދަނޑިއަކީ އެގޭގެ ބޭރު ދޮރާއްޓާއި އެޕަރޓްމެންޓް ދޮރުގެ އިތުރުން އޭނާ އުޅުނު ކޮޓަރީގެ ދޮރަށް ހާއްސަކޮށްފައިވާ ތަޅުދަނޑިތަކެވެ. ދެން އޭގައި އޮތީ އޭނާ ދުއްވި ކާރުގެ ތަޅުދަނޑީގެ އިތުރުން ސައިކަލުގެ ތަޅުދަނޑިއާއި ޝައިނާމެން ދިރިއުޅުނު އެޕަރޓްމެންޓަށް ވަނުމަށްޓަކައި އޭނާގެ އަތަށް ދީފައި އޮތް ތަޅުދަނޑިއެކެވެ. ރާހިލް އޭގެން ފަސް ތަޅުދަނޑި ވަކިކޮށްލުމަށްފަހު ނާޝިދުގެ ކުރިމައްޗަށް ވާގޮތަށްހުރި ތިރި މޭޒުމަތީގައި ބާއްވައިލިއެވެ. އަދި ކާރާއި ސައިކަލުގެ ރިމޯޓުވެސްމެއެވެ. މިހާރު އޭނާގެ އަތުގައި އޮތީ ޝައިނާމެން އުޅުނު އެޕަރޓްމެންޓްގެ ތަޅުދަނޑި އެކަންޏެވެ. އެ އެޕަރޓްމެންޓްގެ ތަޅު ބަދަލުކޮށްފައި ހުރުމުން އެއީ މިހާރު ބޭކާރު ތަޅުދަނޑިއެއް ކަމުގައި ވިޔަސް އޭނާގެ އަތުތެރޭގައި އެ ތަޅުދަނޑި ފޮރުވައިލިއެވެ. އެއަށްފަހު އެތަނުގައިހުރި އިޝްވާއާއި ވާފިޔާއަށް އަވަސް ނަޒަރެއްދީފައި އެޕަރޓްމެންޓުން ނުކުތީ އެމީހުންނާ ވަދާއުގެ ސަލާމްވެސް ކޮށްލުމެއްނެތިއެވެ.

**************

ރޭގަނޑުގެ ވަގުތެވެ. ސިޓިންގްރޫމްގެ ސޯފާގައި އިށީނދެލައިގެން އިން ރިއާންގެ ކަޅި ހުއްޓައިލެވިފައިވަނީ އުނގުގައި ބަހައްޓައިފައިވާ ލެޕްޓޮޕަށެވެ. އަވަދިނެތި ކުރަމުންދިޔަ އޮފީހުގެ މަސައްކަތްތަކަށް އޭނާގެ ފުރިހަމަ ސަމާލުކަން ދެވިފައިވާއިރު ކައިރީގައި އިން ޒީވާ އޭނާގެ ކޮނޑުގައި ބޯ އަޅައިލައިގެން އިނދެ ހިޔާލެއް ފިކުރެއްނެތި އަތުގައިހުރި މޭވާތަށި ކަމުންދިޔައެވެ. އަދި އެހެން އިން އިރު ބައެއްފަހަރު ރިއާންގެ އަނގަޔާވެސް އޫ ދިމާކޮށްލައި ކޮންމެވެސް މޭވާއެއް ލަވައިދެއެވެ.

"ދެންމެ ބެލް އެޅި އަޑު އިވުނުތަ؟" ޒީވާއަށް އެޕަރޓްމެންޓްގެ ރަނގަބީލުގެ އަޑު އިވުނުހެން ހީވެ ރިއާންގާތު އަހައިލިއެވެ.

"ނޫން.. ބޭބްއަށް ހީވި ގޮތެއް ކަންނޭނގެ" ރިއާން ބޯ ހޫރައިލަމުން ބުންޏެވެ. މަސައްކަތަށް ވަދެވިފައި އިންވަރުން އޭނާއަށް އެކަހަލަ ބޭކާރު އަޑުތަކެއް ނީވެއެވެ. ނަމަވެސް ޒީވާ އެހެން ބުނީތީ އެކަމަށް ކުޑަ ވަރެއްގެ ސަމާލުކަމެއް ދީގެން ހުއްޓައި މިފަހަރު އޭނާއަށްވެސް އެޕަރޓްމެންޓްގެ ބެލް އަޅައިލި އަޑުވުންނެވެ.

"ކޮބާ އެ އިވުނީނު؟" ޒީވާ ބުންޏެވެ.

"ހްމްމް. ބޭބް ދޭބަ ކޮޓަރިއަށް.. އައި ވިލް ގެޓް ދަ ޑޯރ" ލެޕްޓޮޕު މޭޒުމަތީގައި ބަހައްޓައިލުމަށްފަހު ތެދުވެ ހަމަ އިސްކޮޅަށް ދެމިލަމުން ރިއާން ބުންޏެވެ.

"ގަރލްއެއްތަ؟" ޒީވާ ދިމާކުރުމުގެ ރާގެެއްގައި އަހައިލިއެވެ.

"ޔޫ އީދަރ ގެޓް އިންޓު ދެޓް ރޫމް އެންޑް ޗޭންޖް.. އޯރ ޕްރޭ އިޓް އިޒް އަ ގަރލް ބިކޮޒް.. އައި މައިޓް ޖަސްޓް ހޭވް ޓު ކިލް އަ މޭން އިފް ހީ ސީޒް ޔޫ ލައިކް ދިސް" ޒީވާ ލައިގެންހުރި ކުރު ސޯޓާއި އަތްކަނޑައިފައިހުރި ޓީޝާޓުކޮޅަށް އިޝާރާތްކޮށްލަމުން ރިއާން ބުންޏެވެ.

ޒީވާ އިތުރު ޝަކުވާއަކާނުލައި މަޑުމަޑުން ދުވެލައިފައިގޮސް ކޮޓަރިއަށް ވަނެވެ. އެ މަންޒަރު ބަލަން ކުޑަކޮށް ހެވިފައިހުރި ރިއާން ލަސްފިޔަވަޅުތަކެއްގައިގޮސް ދޮރު ހުޅުވައިލިއެވެ. އެއާއެކު ރިއާންގެ ތުންފަތުގަައިވި ހިނިތުންވުން ފިލައިގޮސް ބުމަ ގޮށްޖެހުނެވެ. އެއްފަހަރު އޭނާގެ ކުރިމަތީގައި ހުރި ރާހިލްއަށް ބަލައިލުމަށްފަހު އަނެއްފަހަރު ތިރީގައިހުރި ފޮއްޓަށް ބަލައިލެވުނެވެ. އަދި އެޕަރޓްމެންޓްގެ ދޮރު ތަންކޮޅެއް ބޮޑަށް ހުޅުވައިލަމުން ރާހިލް ވަނުމަށްޓަކައި ޖާގަދިނެވެ. އެޕަރޓްމެންޓްގެ ތެރެއަށް ފޮށި ވައްދައިލުމަށްފަހު ރާހިލްގޮސް ވަރުބަލިކަމާއެކު ސޯފާގައި އިށީނެވެ.

"އެނގޭ މިދުވަސްކޮޅު ނާންނާށޭ ބުނިކަން.. އެކަމަކު މިގެއިން ނެރެލިއްޔާ މަގުމަތީގަ އުޅެން ޖެހުނަސް އަހަރެން ދެން އެމީހާގެ ގެއަކަށް ނުދާނަން.." ރާހިލް އިސްޖަހައިލައިގެން އިނދެ ބުންޏެވެ.

"އަދި އަހަރެންގާތު ތި ވެގެން އުޅޭ ގޮތެއްވެސް ނުބުނަމެއްނު" ރިއާންވެސް އެތަނުގައި ވަކިންހުރި ސޯފާގައި އިށީންނަމުން ބުންޏެވެ. ރާހިލް ފުންނޭވާއެއް ދޫކޮށްލުމަށްފަހު ނާޝިދާއެކު ހިނގައިދިޔަ ހަމަނުޖެހުން ރިއާންއަށް ކިޔައިދިނެވެ.

"މެންދުރު ނުކުތް ގޮތަށް އެތަން މިތާނގަ އުޅެފަ އެންމެފަހުން ދާނެ ވަކި އިތުރު ތަނެއް ނޭނގިގެން މިތަނަށް މިއައީ.. މިގެއިން ނެރެލިއްޔާ–"

"ހްމްމް އެނގެޔޭ. މަގުމަތީގަ އުޅެން ޖެހުނަސް އެގެއަކަށް ނުދާނަމޭއެއްނު. ތިހެން ބުނެފިއޭ މިހާރު" ރިއާން ބޯ ޖަހައިލަމުން ތުނބުޅީގައި އަތްހިންގައިލިއެވެ. އެދެމެދަށް ވެރިވެގެންދިޔަ ހިމޭންކަން ދެންވެސް ކަނޑުވައިލި މީހަކީ ރާހިލްއެވެ.

"އޭނާ ހީކުރަނީ ކީކޭ ކަމަށްތަ؟ މިހުރިހާކަމެއް ހިނގަނީ އަހަރެންގެ އަމިއްލަ އިޙްތިޔާރުގައި ކަމަށްތަ؟ މި.. މިއީވެސް އަހަރެން ބޭނުންވެގެން ކުރިކަމެއް ކަމަށްތަ؟" ރާހިލް އަތުގައި އަޅައިފައި އޮތް ބޭސްގަނޑަށް އިޝާރާތްކުރަމުން ބުންޏެވެ. ނާޝިދުދެކެ އޭނާ އައިސްފައިވާ ރުޅި އަދިވެސް ފިނި ނުވާކަހަލައެވެ.

"އަހަރެންނަށްވެސް އެނގެޔޭ.. ތިއީ ރާހިލް ބޭނުންވެގެން ވާ ކަންތައްތަކެއް ނޫންކަން.. ޝައިނާގެ ކަންތަައް އެ އޮތްގޮތަށް އޮއްވާ އެލީވެސް.. ގަބޫލު ކުރަމޭ މިއީ އެއްވެސް ވަރަކަށް ރާހިލްއަށް ހެންޑްލް ކުރަން ފަސޭހަވާނެ ސިޗުއޭޝަނެއް ނޫންކަން.. އެކަމަކު ބޭބެވެސް އެބުނީ ދޮގު ވާހަކައެއް ނޫނެއްނު.. ތިހާ ހިސާބަށް.. ނޭނގުމެއްގެ ތެރޭގައިވިޔަސް އަމިއްލަ ނަފްސަށް ގެއްލުންދެވޭ ހިސާބަށް ކަންތައްތައް ދިޔައިމަ ރާހިލްވެސް ޖެހޭނެއެއްނު ތި ފީލިންގްސްތައް ކޮންޓްރޯލްކުރަން.. ޝައިނާއަށް ރާހިލް ކުޑަކޮށްވެސް މުހިއްމުނަމަ އަދި އެނބުރި އަންނާނެ. އެހާތަނަށް ރާހިލް އެބަ ޖެހެއެއްނު ސަލާމަތުން ހުންނަން. ޝައިނާގެ ޗެޕްޓަރ ވަގުތީގޮތުން ވިޔަސް ކްލޯޒް ކޮށްލާފަ ދިރިއުޅުމައިގެން ކުރިއަށް ދެވޭތޯ މަސައްކަތްކޮށްބަލަ" ރިއާން ނަސޭހަތްތެރިވިއެވެ. އެވަގުތު ކޮޓަރިން ނުކުތް ޒީވާއަށާވެސް އެބަސްތައް އިވި ހިސާބެއްގެ ހިތްހަމަޖެހުމެއް ލިބުނެވެ. މާޒީގައި ބަންދުވެފައި ހުރުމުގެ ބަދަލުގައި ރާހިލް އެހާލަތުން އަރައިގަނެ ކުރިއަށް ހިނގައިގަތުމަކީ މިހާރު އޭނާވެސް ބޭނުންވާ ގޮތެވެ. އެހެނަސް ރިއާންގެ އެ ނަސޭހަތް އަޑުނާހާ ފަދައިން ރާހިލް ދެފަރާތަށް ބޯ ހޫރަމުންދިޔައެވެ.

"ވަގުތީ ގޮތުން ކްލޯޒް ކޮށްލާށޭ ބުނާއިރު  އަހަރެން.. އަހަރެން ކިހިނެއް؟ ރިއާން އަހަރެންގާތު ތިބުނަނީ އަހަރެންގެ ހިތާ ނުލައި ދިރިއުޅޭށޭތަ؟ ޝައިނާގެ އެއްވެސް ހަބަރެއްނުވެ މިވީ މަހެއްހާ ދުވަސްތެރޭގަ މުޅި ދުނިޔެވެސް އަހަރެންނަށް ބީރައްޓެހި ތަނަކަށް ވެފައިވާ ކަހަލަ. ކުރިން އުޅުނު ގޮތަށް އުޅެން ކިތަންމެ މަސައްކަތްކުރިޔަސް އެކަމެއް ނުވި. އިޓްސް ލައިކް މައި ލައިފް ނެވަރ އެގްޒިސްޓަޑް ބިފޯރ ހަރ ރިއާން.. ޝައިނާއާނުލައި އަހަރެންގެ ހަޔާތުގައު ހޭދަވެގެންދިޔަ ސައްބީސް އަހަރު އަހަރެންގެ ހަނދާނުން ފޮހެވިފައިވާ ކަހަލަ. ދެން.. ދެން އަހަރެން ކިހިނެއް.." ރާހިލްގެ އަޑު ކުރެހެން ފެށުމާއެކު އޭނާ އިތުރަށް ވާހަކަދެއްކުމުގެ ބަދަލުގައި އިސްޖަހައިލައިގެން އިނެވެ.

"އިރާދަކުރެއްވިއްޔާ އަދި ރަނގަޅުވާނެ.. މެންދުރު ނުކުތްގޮތަށް އެއްޗެއް ކައިގެންތަ ތި އުޅެނީ؟" ރިއާންގެ ސުވާލަށް ރާހިލް ވަކި ޖަވާބެއް ނުދިނެވެ.

"ބުނަން.. އަހަރެން ވަރަށް ބަނޑުހައި އެކަމަކު ރާހިލް ތިތާ ބައިންދައިގެނެއް އަހަރެންނަކަށް ނުކެވޭނެ އެހެންވީމަ ކާން ހިނގާ.. ޒީވް އާދެ ކާންދާން" ރިއާން ސޯފާއިން ތެދުވެ ކޮޓަރީގެ ދޮރުމަތީގައި ހުއްޓިލައިގެންހުރި ޒީވާއަށް ގޮވައިލިއެވެ. ރާހިލްގެ ވާހަކަތަކުން އަސަރުކޮށްފައިހުރި ޒީވާ އަވަސްއަވަހަށް ދެލޯ ފޮހެލަމުން ކުރިއަށް ހިނގައިގަތްއިރު ރާހިލްވެސް މޫނުގައިވާ އަސަރުތަށް ޒީވާއަށް އެ ފޮރުވައިލުމަށްޓަކައި މޫނުގައި ދެއަތް އުނގުޅައިލިއެވެ.

"އަހަރެން ނުކާނަން" ޒީވާ ގޮސް ރިއާންއާ އަރައި ހަމަކޮށްލިވަގުތު ރާހިލް ބުންޏެވެ.

"ބުނަން. ގޭގަ މަންމަމެން ކުރިމަތީގަ ތުއި ދައްކާހެން ތި ދައްކާހާ ތުޔެއް ބަލާކަށް އަހަރެންނެއް ނުހުންނާނަން. މޮޅެތި ވާހަކަ ނުދައްކާ ކާން އާދޭ" ރާހިލްގެ އަތުގައި ހިފައި ގޮނޑިން ތެދުކުރަމުން ރިއާން ބުންޏެވެ. ރިއާން ގޮތްދޫނުކުރާނެކަން އެނގި ރާހިލް އެންމެފަހުން ހަތިޔާރު ބެހެއްޓިއެވެ. ރާހިލް ގެންގޮސް ކާމޭޒު ދޮށުގައި ބޭންދުމަށްފަހު އުނދުން ކައިރީގައިހުރި ޒީވާގެ ގާތަށް ރިއާން ޖެހިލިއެވެ.

"ޔޯރ ބްރަދަރ ވޯންޓްސް ޓު ސްޓޭ ހިއަރ.." ރިއާން ބުނަން އުޅުނީ ކީކޭކަން ޒީވާއަށް ނަގައިގަނެވުނެވެ. ރާހިލް އެގެއަށް އައުން މަނާކުރި މީހަކީ ޒީވާކަމަށްވާތީ ރާހިލް އެގޭގައި ބެހެއްޓުމަށް ޒީވާގެ ހުއްދަ ހޯދަން ރިއާން ބޭނުންވީއެވެ.

"ރިއާންއަށް ފެންނަ ގޮތެއް ހަދާ.. އަހަރެންގެ މައްސަލައެއްނެތް" ކުކުޅު އަޅައިފައިހުރި ބޯތަށި ރިއާންގެ އަތަށް ދިއްކޮށްލަމުން ޒީވާ ހިނިތުންވެލިއެވެ.

"ރާހިލް ބޭނުން ދުވަހެއް ވަންދެން މިގޭގަ ހުރެވިދާނެ. ބޭނުމިއްޔާ ހިތްހަމަ ޖެހޭވަރުގެ އެޕަރޓްމެންޓެއް ހޯދިޔަސް މައްސަލައެއްނެތް.. އަހަރެން ހިފައިދޭނަން" ތަށިތަށް އެތުރުމުގައި ޒީވާއަށް އެހީތެރިވުމަށްފަހު ރިއާން އައިސް ރާހިލްގެ ކުރިމައްޗަށް ވާގޮތަށްހުރި ގޮނޑީގައި އިށީނދެލަމުން ބުންޏެވެ.

"ކޮންމެހެން ތަނެއް ނުހިފިޔަސް ރަނގަޅުވާނެ އަހަރެން މިގޭގަ މަޑުކޮށް–"

"ބޭބް ދަނީތަ؟" ރާހިލްގެ ވާހަކަ މެދުކަނޑައިލަން ޖެހުނީ ކުއްލިއަކަށް ރިއާން އެތަނުން ނުކުންނަންދިޔަ ޒީވާއަށް ގޮވައިލުމުންނެވެ. ރިއާން ގޮވައިލުމާއެކު ޒީވާ އައިސް ރިއާންގެ ގާތަށް ހުއްޓިލިއެވެ.

"ހްމްމް. ފަހުން ކާނަން. އޮށޯވެލަން މި ދަނީ" ޒީވާ ބުންޏެވެ. ރާހިލްއާ އޭނާގެ ގުޅުން އަދިވެސް އެހާ ރަނގަޅު ނުވާތީ ޒީވާ އެތަނުގައި މަޑުކުރަން ބޭނުން ނުވީއެވެ.

"އޯކޭ. ލަވްޔޫ" ޒީވާގެ އަތުގައި ހިފައި ގާތަށް ދަމައިލަމުން ރިއާން ޒީވާގެ ކޮލުގައި ބޮސްދިނެވެ. އޭރު ރާހިލް ފާޑެއްގެ ވައްތަރެއް އަނގަޔަށް ޖައްސައިގެން އެދެމީހުންނަށް ބަލަން އިނެވެ.

"ހްމްމް ކީކޭތަ ދެންމެ ބުނީ؟ ތަނެއް ނުހިފިޔަސް ރަނގަޅިއްޔާ މިގޭގެ ދެން ހުރި ކޮޓަރީގަ–"

"އޮން އަ ސެކަންޑް ތޯޓް.. އަހަރެންވެސް ބޭނުންވަނީ ތަނެއް ހިފަން ކަންނޭނގެ" ރާހިލް އަވަސް އަވަހަށް ބުންޏެވެ.

"ކިހިނެއްވީ ހިޔާލު ބަދަލުވީ؟" ރިއާން އަހައިލިއެވެ.

"އައި ކާންޓް ޑީލް ވިތް ވަޓެވަރ ދަ ކްރިންޖް ޝިޓް ދެޓް ޖަސްޓް ހެޕެންޑް ހިއަރ.. އެވްރީޑޭ.. ސީރިއަސްލީ ކާކު ހީކުރާނީ ރިއާން ތިހާ ޕީ.ޑީ.އޭ. ވާނެ ކަމަށް" ރާހިލްގެ ވާހަކައާއެކު ރިއާންގެ ފަރާތުން މަޑު ހީލުމެއްގެ އަޑު އިވުނެވެ. އޭނާ މަޑުމަޑުން ރާހިލްގެ ކޮނޑުގައި ޖަހައިލުމާއެކު ރާހިލްވެސް އެ ހުނުމުގައި ބައިވެރިވިއެވެ. އެއީ ޝައިނާ ދިޔައީއްސުރެން ރާހިލްގެ މޫނުމަތިން ހިނިތުންވުމެއް ފާޅުވި ފުރަތަމަ ފަހަރެވެ.

"އޯކޭ އޯކޭ. އެހެންވީމަ ތަނެއް ހޯދަމާ.. އަހަރެން ވާހަކަ ދައްކާލާނަން މި ބިލްޑިންގްއިން އެޕަރޓްމެންޓްއެއް ހުސްކޮށް ހުރިތޯ" ރިއާން ބުންޏެވެ.

"މިފެންވަރުގެ ތަނެއް ނޫނަސް ރަނގަޅުވާނެ. އަހަރެންވެސް އުމުރުދުވަހު ރިއާންއަށް ބަރޯސާވެގެން އުޅޭކަން ނޫޅެމޭ. ބޭނުންވަނީ ވަރަށް އާދައިގެ ތަނެއް. ވަޒީފާގަ ހަމައަކަށް އެޅިލެވުނީމަ އަހަރެން އަމިއްލައަށްވެސް މެނޭޖްކޮށްލައިގެން އުޅެވޭ ވަރުގެ" ރާހިލް ބުންޏެވެ.

ރާހިލްގެ ހިޔާލަށް ތާއީދުކޮށް ރިއާން އެކަމާ އެއްބަސްވީ އެއީ ރާހިލްއަށްވެސް އެ ވެއްޓިފައިވާ އަނދަވަޅުން ސަލާމަތްވުމަށް ލިބޭނެ ހިތްވަރަކަށްވާތީއެވެ.

= ނުނިމޭ =

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު