23 އެޕްރީލް 2025
ޕީއެންއެފް އީސީގެ ދަފުތަރުގައި ރަޖިސްޓްރީކޮށް ސެޓްފިކެްޓް ޙަވާލުކުރައްވަނީ، ފޮޓޯ: އިލެކްޝަންސް ކޮމިޝަން

ޕީއެންއެފް އީސީގެ ދަފުތަރުގައި ހިމަނައިފި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އިސްކޮށް ހުންނަވައިގެން އުފެއްދެވި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެެފް) ސިޔާސީ ޕާޓީއެއްގެ ގޮތުގައި އިލެކްޝަން ކޮމިޝަން (އީސީ) ގައި ރަޖިސްޓްރީކޮށްފިއެވެ.

ޕާޓީތަކުގެ ދަފުތަރުގައި އެ ޕާޓީ ހިމަނާފައިވާ ޕީއެންއެފްގެ ޕާޓީގެ ސެކެރެޓަރީ ޖެނެރަލް މުހައްމަދު މަލީހު ޖަމާލް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވެއެވެ.

އެ ޕާޓީ ރަޖިސްޓްރީ ކުރަން ހުށަހެޅީ ފެބްރުއަރީ މަހުގެ 27 ގައެވެ. ޕީއެންއެފްގެ ވަގުތީ ރައީސަކީ ޔާމީންގެ ދަރިކަލުން ޒޭން އަބްދުﷲ ޔާމީނެވެ.

އެ ޕާޓީގެ ދާއިމީ ސެނެޓެއް އިންތިހާބު ކުރެވެންދެން، ވަގުތީ ސެނެޓަށް ވަނީ ޔާމީން ހިމެނޭހެން 20 މީހުން އައްޔަންކޮށްފަ އެވެ.

ސެނެޓް މެންބަރުންނަކީ:

1. އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް
2. ޒޭން އަބްދުﷲ ޔާމީން
3. މުހައްމަދު މަލީހް ޖަމާލް
4. މުހައްމަދު ޝަވީދު
5. ޑރ. އަބްދުﷲ އިބްރާހީމް
6. ޑރ. މުހައްމަދު ޖަމީލް އަހުމަދު
7. ޑރ. ޖިހާދު ހަސަން
8. ހުސެއިން ވަހީދު
9. އަހުމަދު މުސްތަފާ މުހައްމަދު
10. އަހްމަދު ފަޔާޒް
11. އަލީ ޝިޔާން ނާޝިދު
12. އަބްދުﷲ ހުސެއިން
13. އަދުލީ އިސްމާއިލް
14. އަނީސާ ސައީދު
15. އައިޝަތު ހަފީޒު
16. ފާތިމަތު ރަހުމާ
17. އައިމިނަތު ސައީދާ
18. އަބްދު ﷲ ޝަހީލު ޖަލީލު
19. މުހައްމަދު އަބްދުލް ލަތީފް
20. އަބްދު ﷲ އަހުމަދު (ވޭމޫ)

ޕީއެންއެފަކީ ޔާމީން ޕީޕީއެމުން ވަކިވެވަޑައިގެން އުފައްދަވަން ނިންމެވި ޕާޓީއެކެވެ.

އެ ޕާޓީ ރަޖިސްޓްރީ ކުރުމުން މިހާރު އީސީގެ ދަފްތަރުގައި 11 ސިޔާސީ ޕާޓީއެއް ހިމެނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު