ހުޅުމާލެ ފޭސް 1 ގައި މިރޭ ހަވާ އަރުވަނީ

ހުޅުމާލޭ ފޭސް އެކެއްގައި މިރޭ ހަވާއަރުވާނެކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްއިން ހާމަކޮށްފިއެވެ.

އެމްއެންޑީއެފުން ވިދާޅުވީ، ހަވާ އަރުވާނީ މިރޭ 21:30 ގައިކަމަށާއި، މިއީ އަމިއްލަ ފަރާތެއްގެ އިވެންޓެއްގައި ސިފްކޯއިން ވިޔަފާރި އުސޫލުން ކުރިއަށް ގެންދާ ހަރަކާތެއްކަމަށެވެ.

ހަވާ އެރުވުން ކުރިއަށްދާނީ 3 މިނެޓަށްކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ.

އަމިއްލަ ފަރާތްތަކުން ކުރިއަށްގެންދާ ހަރަކާތްތަކުގައި ހަވާއެރުވުމުގެ ފުރުސަތު އެމްއެންޑީއެފުން ވަނީ ފަހިކޮށްދީފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު