Saturday, 11 May 2024

ރާއްޖޭގެ އޭވިއޭޝަންގެ ތާރީޚާބެހޭ ފޮތެއް ނެރެފި

ރާއްޖޭގެ އޭވިއޭޝަން ދާއިރާގެ ތާރީޚާ ބެހޭގޮތުން ލިޔެފައިވާ "އޭވިއޭޝަން އިން ދަ މޯލްޑިވްސް" ނެރެފިއެވެ.

އިނގިރޭސި ބަހުން ލިޔެފައިވާ އޭވިއޭޝަން އިން ދަ މޯލްޑިވްސް ނެރެފައިވަނީ މިކަމަށްޓަކައި މީރުމާގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ. މިރަސްމިއްޔާތުގައި އޭވިއޭޝަން ދާއިރާގައި މަސައްކަތްކުރެއްވި އަދި މިހާރުވެސް ކުރަމުން އަންނަ ފަރާތްތައް ބައިވެރިވިއެވެ.

މިފޮތް ލިޔުއްވާފައިވަނީ އޭވިއޭޝަންގެ ދާއިރާއަށް ގިނަ ދުވަސްތަކެއްވަންދެން ޚިދުމަތްކުރައްވާފައިވާ އަޙްމަދު މުޙައްމަދެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ފޮތް ލިޔެ ނިންމުމަށް 3 އަހަރު ދުވަސް ނެގިއެވެ.

މިފޮތުގައި 12 ޗެޕްޓަރު ހިމެނޭއިރު އޭގެ ތެރޭގައި ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު ފުރަތަމަ ފަހަރަށް ދިވެހިންނަށް މަތިންދާ ބޯޓެއް ފެނުނު ހިސާބުން ފެށިގެން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގެ ތާރީޚާ ގުޅޭ މުހިންމު މަޢުލޫމާތުތައް ހިމެނެއެވެ. އަދި އެއަރޕޯޓު އެޅި ދުވަސްވަރު ހިނގާދިޔަ ކަންކަމާ ގުޅޭ މަޢުލޫމާތުވެސް ފޮތުގައި ހިމެނެއެވެ.

މިފޮތުގެ ހާޑް ކަވަރއާއި ސޮފްޓް ކަވަރ ކޮޕީވެސް ލިބެއެވެ. ހާޑް ކަވަރ ކޮޕީއެއްގެ އަގަކީ 200 ރުފިޔާއެވެ. ސޮފްޓް ކޮޕީއެއްގެ އަގަކީ 150 ރުފިޔާއެވެ.

ފޮތް ޗާޕުކޮށް ޕަބްލިޝްކުރާ ދިވެހި ޕަބްލިޝިން ގުރޫޕުން ބުނީ ކުރިއަށް އޮތް ހަފްތާތަކުގައި ފޮތް ފިހާރަތަކުން މި ފޮތް ލިބޭނެކަމަށެވެ. އަދި ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންނަށް ފޮތް ފޯރުކޮށްދޭން ނިންމާފައިވާ ކަމަށާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަންގެ އޮތެންޓިކް މޯލްޑިވްސް ފިހާރަތަކުންވެސް ފޮތް ލިބޭނެކަމަށް ދިވެހި ޕަބްލިޝިން ގުރޫޕުން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *