އަޖްފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކަޑަމީގެ ދަރިވަރުން 3 ޤައުމަކަށް ތަމްރީން ހެދުމަށް އަންނަ އާދިއްތަ ދުވަހު ފުރަން ހަމަޖެހިއްޖެއެވެ.
އަަޖްފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކަޑަމީއިން ބުނެފައިވާ ގޮތުގައި، އަޖްފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކަޑަމީ (އައިބާ) ގައި ތަމްރީންވާ ކުދިން އިތުރު ތަމްރީން ހޯދުމަށްޓަކައި މާދަމާ 28 އޭޕްރީލްގައި ފުރުމަށް ވަނީ ތައްޔާރު ވެފައެވެ.
އެ އެކަޑަމީއިން ބުނި ގޮތުގައި، މި ތަމްރީން ޕްރޮގްރާމަކީ މިއެކަޑަމީން ދުރާލާ ރޭވިގެން، ބެލެނިވެރިންނާއި ހެޔޮއެދޭ ފަރާތްތަކުގެ އެހީތެރިކަމާއެކު، މިއެކަޑަމީގެ ދަރިވަރުން އިތުރު ތަމްރީން ހޯދުމަށް ދިއުމަށް ހަމަޖެހިފައިވާ ޓްރެއިނިންގް ކޭމްޕް ތަކެކެވެ.

އެގޮތުން ޖުމްލަ 20 ކުދިން މި ތަމްރީން ޕްރޮގްރާމުގައި ބައިވެރިވާނެއެވެ. މި ތަމްރީން ހޯދުމަށް އައިބާގެ އެތްލީޓުން ދިއުމަށް ހަމަޖެހިފައިވަނީ އެކި ކުދިން ގައުމުތަކަށް ބަހާލެވިގެން މެލޭޝިޔާ، އިންޑިޔާ އަދި ސްރީލަންކާއަށެވެ. އެހެންކަމުން، ކުރިއަށް އޮތް ބަންދު ދުވަސް ތަކުގައި އައިބާގެ އެތުލީޓުންނަށް ބައިނަލްއަޤްވާމީ ކޯޗުންގެ އިރުޝާދުގެ ދަށުން ތަމްރީންވެ، އެންމެމަތީ ފެންވަރުގެ ކޯޗުންއާއެކު ތަމްރީނު ހޯދުމުގެ ފުރުސަތު ލިބިގެން ދާނެ ކަމަށް އަޖްފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކަޑަމީ އިން މަޢުލޫމާތު ދިނެވެ.
އައިބާގެ މި ކޭމްޕްތަކުގެ މަޤްސަދަކީ އެކަނޑަމީގެ ދަރިވަރުންނަށް އިތުރު ތަމްރީނުގެ ފުރުސަތު ފަހިކޮށްދިނުމާއެކު، ތަފާތު މާހައުލެއްގައި ތަމްރީނު ހޯދުމުގެ ފުރުސަތު މިކުދިންނަށް ހޯދައިދިނުމެވެ.
އަދި ފަހުގެ މުބާރާތްތަކުގައި އައިބާގެ ކުޅުންތެރިން ހޯދަމުންދިޔަ ފާހަގަކޮށްލެވޭ ކާމިޔާބީތައް ފެނުމުން، އައިބާގެ ޒުވާން އެތްލީޓުންނަށް ބައިނަލް އަޤްވާމީ އެކްސްޕޯޝަރ ފޯރުކޮށްދިނުމުގެ މުހިއްމުކަން އިތުރު ވެގެން ދިއުމާއި، އެކުދިންނަކީ ހުނަރުވެރި ކުދިބަަޔަކަށް ހަދައިދިނުމަށް މަސައްކަތް ކޮށްދިނުން ކަމަށް އަަޖްފާން އިންޓަރނޭޝަނަލް ބެޑްމިންޓަން އެކަޑަމީއިން ބުންޏެވެ.
މި ޓްރޭނިންގ ޕްރޮގްރާމުގައި އައިބާގެ ފައުންޑަރ އަދި މިއެކަޑަމީގެ ރައީސް މުޙައްމަދު އަޖްފާން ސްރީ ލަންކާއަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. މިދަތުރުގައި މިއެކަނޑަމީގެ ރައީސްގެ ހައިސިއްޔަތުން ލަންކާގެ ރައިސިންގ ސްޓާރސް ބެޑްމިންޓަން އެކަޑަމީއާއެކު އެމްއޯޔޫއެއްގައި ސޮއިކުރުމަށް ވަނީ ހަމަޖެހިފައެވެ. މިކަމުގެ ސަބަބުން ކޯޗުންނާއި އޮފިޝަލުންގެ ފަންނީ ހުނަރު ކުރިއެރުވުމަށް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި ތަމްރީނުތަކުގެ ފުރުސަތުތައް ހުޅުވިގެންދާނެއެވެ. އަދި މިއީ އަންނަން އޮތް ޖީލުގެ ބެޑްމިންޓަން ތަރިން ތަރުބިއްޔަތުކޮށް، ދުނިޔޭގެ މައިދާނުގައި ކާމިޔާބު ހޯދުމަށް އެންމެ ރަނގަޅު ފުރުސަތުތައް ދިނުމަށް އައިބާއިން ނިންމި ނިންމުމެކެވެ.
މިކުދިން ޓްރެއިނިން ނިންމާލުމަށްފަހު އަނބުރާ ރާއްޖެ އައުމަށް ހަމަޖެހިފައިވަނީ މެއި 24 ވަނަ ދުވަހެވެ.