Screenshot

ޗިކުންގުންޏާ އަދި ޑެންގީ ހުން ފެތުރޭތީ ރައްކާތެރި ވުމަށް އެޗްޕީއޭއިން އެދިއްޖެ

ރާއްޖޭގައި ޗިކުންގުންޏާ އަދި ޑެންގީ ހުން ފެތުރެމުން ދާތީ އެކަމަށް ސަމާލުވުމަށް ހެލްތް ޕްރޮޓެކަޝަން އެޖެންސީ (އެޗްޕީއޭ) އެދިއްޖެއެވެ.

ރައްކާތެރި ވުމަށް ކުރެވިދާނެ ބައެއް ކަންތައްތައް:

  • ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާވާގޮތަށް ފޭރާންލުން
  • ކުޑަ ދޮރު ފަދަ ތަންތަނުގައި މަދިރި ދާ ޖެހުން
  • މަދިރި ގިނަވާ ވަގުތުތަކުގައި ދޮރާއި، ކުޑަދޮރުތަށް ލައްޕާފައި ބެހެއްޓުން
  • މަދިރި ހެފުމުން ރައްކާތެރި ވުމަށް މަދިރި ލޯޝަން ބޭނުންކުރުން

ޗިކުން ގުންޔާއަކީ ޑެންގީ ހުން ފަތުރާ މަދިރީގެ ޒަރިއްޔާއިން ފެތުރޭ ވައިރަހެކެވެ. މި ބަލި ޖެހުމުން ހުޅުތަކުގައި ރިއްސުމާއި އަދި ހުޅު ދުޅަވެ އެކަމުގެ އުނދަގޫތައް ގިނަ ދުވަސްތަކަކަށް ކުރިމަތި ވުމަކީ މިކަމުގެ އަލާމަތްތަކެވެ.

ޑެންގީ އަދި ޗިކުންގުންޔާ ބޮަޑަށް ފެތުރޭ އެއް ސަބަބަކީ ފެން ހަރުލާފައި ހުންނަ ތަކެތީގެ ޒަރިއްޔާއިން ނެވެ. އަދި ޗިކެންގުންޏާ ޖެހިފައިވާ މީހެއްގެ ގައިގައި ހަފާފައިވާ މަދިރިއެއް، މި ބަލި ނުޖެހޭ މީހެއްގެ ގައިގައި ހެފުމުން ބަލީގެ ވައިރަސް އެމީހާގެ ހަށިގަނޑުގައި ފެތުރޭނެއެވެ. ބަލީގެ އަލާމާތްތައް ފެންނަން ފަށާނީ  ވައިރަސް އެކުލެވޭ މަދިރިއެއް ހެފުމަށް ފަހު 3-7 ދުވަސް ތެރޭގައެވެ.

ޗިކުންގުންޔާއަށް ފަރުވާ ކުރުމަށް ކުރެވިދާނެ ކަންތައްތަކުގެ ތެރޭގައި ގިނަގިނައިން ދިޔާ އެއްޗެހި ބޭނުންކުރުން، ހުން އައިސް ގައިގައި ރިއްސާނަމަ ޕެނަޑޯލު ނުވަތަ ޕެރެސެޓުމޯލް ފިޔަވައި އެހެން އެއްވެސް ބޭހެއް ބެނުން ނުކުރުމެވެ. އަދި 3-7 ދުވަހަވުރެ ގިނަ ދުވަހު ހުން އަންނަނަމަ ލަސްނުކޮށް ފަރުވާ ކުރުމަށް އެޗްޕީއޭ އިލްތިމާސް ކުރި އެވެ.

ޗިކަންގުންޔާގެ އަލާމަތް ތުކުގެ ތެރޭގައި 39 ޑިގްރީ ސެލްސިއަސްއަށް ހުން ގަދަވުން، ބޮލުގައި ރިއްސުން، ހުޅުހުޅު ގައި ރިއްސުން، ބަޑުގައި ރިއްސުމާއި މޭނުބައިކޮށް ހޮޑުލުން އަދި ގައިގައި ރަތްބިހި ނެގުން ހިމެނެއެވެ. ޗިކެންގުންޔާ ޖެހުމަށް މަގުފަހިވާ މަދިރިތައް އެންމެ ގިނަވަނީ ހެނދުނާއި ހަވީރެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު