Wednesday, 19 June 2024

އިންޑިއާއިން އެތެރެކުރާ ހަވާދުގެ ދެ ބްރޭންޑެއް ރާއްޖޭގައި މަނާކޮށްފި

އިންޑިއާގައި އުފައްދާ ހަވާދުގެ ދެ ބްރޭންޑަކުން ކެމިކަލް މާއްދާއެއް ފެނުމުން ރާއްޖޭގައި އެ ބްރޭންޑްތަކުގެ ބައެއް ބާވަތްތައް އެތެރެކުރުމާއި ވިއްކުން ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން މަނާކޮށްފިއެވެ.

އެމްއެފްޑީއޭ އިން މަނާކުރީ "އެވަރެސްޓް" އާއި "އެމްޑީއެޗް" ގެ ބްރޭންޑުގެ ބައެއް ހަވާދެވެ. އެމްޑީއެޗް އަދި އެވަރެސްޓް ބްރޭންޑުގެ ހަވާދަކީ އިންޑިއާގައި އެންމެ މަގުބޫލު ހަވާދުތަކުގެ ތެރޭގައި ހިމެނޭ ދެ ބްރޭންޑެވެ.

އެމްއެފްޑީއޭ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ، އެ ދެ ބްރޭންޑްގެ ހަވާދުގެ ބައެއް ބާވަތްތަކުގައި "އެތިލިން އޮކްސައިޑް (ކެމިކަލެއް)" ހުރި ކަމަށް ސިންގަޕޫރްގެ ފުޑް އެޖެންސީ އާއި ހޮންކޮންގުގެ ސެންޓަ ފޮ ފުޑް ސޭފްޓީން ބުނެފައިވާ ކަމަށެވެ.

މި ބްރޭންޑުތަކުގެ ހަވާދުތަކަކީ ރާއްޖެއަށް ވެސް ގިނަ އަދަދަކަށް އެތެރެކޮށް ބޭނުންކުރަމުންދާ ހަވާދުގެ ބާވަތްތަކެކެވެ. އެހެންވެ ރާއްޖޭގެ ބާޒާރުން އެ ބްރޭންޑްތައް ނެގުމަށް އެފްޑީއޭ އިން އިލްތިމާސްކުރައްވައެވެ.

އެމްއެފްޑީއޭ އިން ވިދާޅުވީ، ސިއްހަތަށް ކޮށްފާނެ ނޭދެވޭ އަސަރަކަށްޓަކައި އެ ކެމިކަލް ކާބޯތަކެތީގެ އުފެއްދުންތަކުގައި ބޭނުން ކުރުމަކީ އެދެވިގެންވާ ކަމެއް ނޫން ކަމަށެވެ.

ކެންސަރު ޖެހުމަށް މަގުފަހިވާ މާއްދާއެއް ކަމަށްވާ "އެތިލިން އޮކްސައިޑަކީ" ދަނޑުވެރިކަމުގެ އުފެއްދުންތައް ފިއުމިގޭޓްކުރަން ބޭނުން ކުރާ ކެމިކަލްއެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު