ސީ.އެސް.ސީގެ މެމްބަރުކަމަށް ހަބީބާ އައްޔަނު ކުރުމަށް ރުހުން ދީފި

ސިވިލް ސަރވިސް ކޮމިޝަން (ސީ.އެސް.ސީ) ގެ މެމްބަރު ކަމަށް ފާތުމަތު ހަބީބާ އައްޔަނު ކުރުމަށް ރައްޔިތުންގެ މިއަދު މަޖިލީހުން ރުހުން ދީފިއެވެ.

މިއަދުގެ ޖަލްސާގައި، ހަބީބާގެ ނަން ފާސްވެފައިވަނީ ވޯޓުގައި ބައިވެރިވި 38 މެންބަރުންގެ ވޯޓުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ ސީ.އެސް.ސީ އަށް މެންބަރުން އައްޔަނު ކުރުމަށް ފޮނުވާފައިވާ ނަންތަކުގެ ތެރެއިން ދެ ނަމަކަށް ވޯޓަށް އަހާފައެވެ.

އެގޮތުން ފުރަތަމަ ރައްޔިތުންގެ މަޖިލީހުގައި ވޯޓަށް އެހީ އަބްދުލް ހަސީބު އިސްމާޢީލަށް ރުހުން ދިނުމަށެވެ. އޭނާ އައްޔަނު ކުރުމަށް ފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއިރު، ނުފެންނަ ކަމަށް 19 މެންބަރުން ވޯޓު ދެއްވިއެވެ.

އޭނާ އެ ކޮމިޝަނަށް ޢައްޔަނު ކުރުމަށް ފާސްކުރައްވާފައިވާއިރު، ހަބީބާ ސިވިލް ސަރވިސް ކޮމިޝަނާ ގުޅިވަޑައިގަތީ 2010 ވަނަ އަހަރުއެވެ. ހަބީބާ ވަނީ ޔުނިވަރސިޓީ ޓެކްނޮލޮޖީ މެލޭޝިއާ އިން މާސްޓަރސް އޮފް ސައިންސް (ހިއުމަން ރިސޯސް ޑިވެލޮޕްމަންޓް) ހާޞިލު ކުރައްވާފައެވެ. ސިވިލް ސަރވިސް ކޮމިޝަނާ ގުޅިވަޑައިގަތުމަށްފަހު ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓްގެ ގިނަ މަގާމުތަކެއް ވަނީ ފުރުއްވާފައެވެ. އޭނާ ވަނީ ޑިރެކްޓަރ މަގާމުގެ އިތުރުން، އެކްޓިންގ ސީ.އީ.އޯ އަދި ލެކްޗަރަރއެއްގެ މަގާމު 4 އަހަރުވަންދެން ހަބީބާ ވަނީ އަދާކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު