Wednesday, 19 June 2024
ސްޓެލްކޯ އއ. ހިމަންދޫ އައު އިންޖީނުގޭގެ ކުރެހުމެއް، ފޮޓޯ: ސްޓެލްކޯ

ސްޓެލްކޯއިން އައު އިންޖީނުގެތަކެއް އަޅަނީ

އިންޖީނުގެ އެޅުމަށް ބިން ލިބިފައިވާ ރަށްރަށުގައި އައު އިންޖީނުގެތައް އެޅުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފަށާނެކަމަށް ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑީއާ "ޕީއެސްއެމް" ގައި ވާހަކަދައްކަވަމުން ފަހުމީ ވިދާޅުވީ ސްޓެލްކޯއިން ކަރަންޓްގެ ޚިދުމަތް ދެމުންދާ 33 ރަށުގައި ހުރި އިންޖީނުގެ ތެރެއިން ބައެއް އިންޖީނުގެތައް ހުރީ ރައްޔިތުން ދިރިއުޅޭ ސަރަހައްދުގައިަކަމަށާއި އިންޖީނުގެތައް ހުންނަ ސަރަހައްދުގެ ގޮތުން އަޑުގަދަވުމާއި ދުމުގެ އަސަރުކުރުމުގެ ސަބަބުން އެކަމާ ރައްޔިތުން ކަންބޮޑުވާކަމަށެވެ. އަދި އިންޖީނުގެތައް އެޅުމަށް ބިން ހިއްކުމުގެ މަޝްރޫޢޫތައް މިހާރުވެސް ކުރިއަށް ދާކަން ފާހަގަ ކުރައްވާ ފަހުމީ ވިދާޅުވީ ބިން ހިއްކައި ޖާގަ ލިބުންހާ އަވަހަށް އެ ރަށްރަށުގެ އިންޖީނުގެތައްވެސް މީހުންނަށް ދަތިނުވާ ސަރަޙައްދުތަކަށް ބަދަލު ކުރާނެކަމަށެވެ.

"ބިން ހިއްކުމުގެ މަސައްކަތް ބައެއް ރަށްތަކުގަ ކުރަމުންވެސް އެބަދޭ. ނިމުނުހާ އަވަހަކަށް އަޅުގަނޑުމެން މިއަހަރު އިރާދަ ކުރެއްވިއްޔާ އެ ރަށްތަކުގަ އާ ޕަވަރ ހައުސްތައް އެޅުމުގެ މަސައްކަތް ފަށައިގަންނާނަން" ފަހުމީ ވިދާޅުވިއެވެ.

ފަހުމީ މިހެން ވިދާޅުވެފައިވާއިރު، މިއަހަރުގެ ތެރޭގައިވެސް ސްޓެލްކޯއިން ވަނީ މީހުން ދިރިއުޅޭ ސަރަހައްދުގަ ހުރި 3 އިންޖީނުގެއެއް މީހުންނަށް ދަތިނުވާ ސަރަޙައްދުތަކަށް ބަދަލުކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު