އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާާމަށް ޢަބްދުﷲ އުނައިސް ހަމަޖައްސައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ހުސްވީ އެ މަގާމުގައި ހުންނެވި ޙަސަން ޒަކަރިއްޔާ، އިލެކްޝަންސް ކޮމިޝަނުގެ މެންބަރަކަށް މިދިޔަ މަހުގެ 15 ވަނަ ދުވަހު އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.
ސެކްރެޓަރީ ޖެނެރަލްގެ މަޤާމުން ޒަކަރިއްޔާ އިސްތިއުފާ ދެއްވުމުން ވަގުތީގޮތުން ސެކްރެޓަރީ ޖެނެރަލްގެ މަޤާމު އަދާކުރައްވާފައި ވަނީވެސް އުނައިސްއެވެ.
ޢަބްދުﷲ އުނައިސް ވަނީ 15 ނޮވެމްބަރު 2005 އިން ފެށިގެން އިލެކްޝަންސް ކޮމިޝަނުގެ އެކި މަގާމުތައް އަދާކުރައްވާފައެވެ. އެންމެ ފަހުން ހުންނެވީ އެ ކޮމިޝަނުގެ ޑިރެކްޓަރެއްގެ މަގާމުގައެވެ. އޭނާ ވަނީ މާސްޓަރސްއިން ބިޒްނަސް ސްޓަޑީސް އާއި އައިޓީ ޑިގްރީ ހޮނަރސް ހާސިލް ކުރައްވާފައެވެ.
އޭނާ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޢައްޔަންކުރައްވާފައިވާއިރު، އިތުރު ދެ މަގާމަކަށްވެސް ވަނީ ބޭފުޅުން ހަމަަޖައްސާފައެވެ. އެގޮތުން، ކޮމިޝަނުގެ ޕްލޭނިން އެންޑް ރަޖިސްޓްރޭޝަން ޑިވިޝަންގެ ޑިރެކްޓަރަކަށް އާމިނަތު އަޒީފާ އަދި އެޑްމިނިސްޓްރޭޝަން އެންޑް ސަޕޯޓް ސަރވިސް ސެކްޝަނުގެ ޑެޕިއުޓީ ޑިރެކްޓަރަކަށް ސީނާ ރަޝީދު ވަނީ ހަމަޖައްސާފައެވެ.