1444 ވަނަ އަހަރު ރަމަޟާން މަހު ބޭއްވި މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ތެރެއިން

ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ޖޫން 29 ގައި

މިއަހަރު ބާއްވަން ހަމަޖެހިފައިވާ ކީރިތި ޤުރްއާން ކިޔެވުމުގެ 36 ވަނަ ގައުމީ މުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 29 ވަނަ ދުވަހުގައި ކަމަށް ކީރިތި ޤުރުއާނާބެހޭ ގައުމީ މަރުކަޒުން ވިދާޅުވެއްޖެއެވެ.

މީގެ ކުރިން މި މުބާރާތް ބޭއްވުމަށް ކުރިން ތާވަލުކުރެވިފައި އޮތީ މިދިޔަ ފެބްރުއަރީ 23 ވަނަ ދުވަހުއެވެ. ނަމަވެސް މި ތާރީޚާ، ގްރޭޑް 10 ގެ ދަރިވަރުންގެ މޮކް އެގްޒާމް ދިމާވާތީ، އެ ދަރިވަރުންނަށް މުބާރާތުގައި ބައިވެރިވުމަށް ފުރުސަތު ދިނުމުގެ ގޮތުން މޮކް އެގްޒާމް ނިމެންދެން މުބާރާތް ފަސްކުރީއެވެ.

މި މުބާރާތާ ގުޅިގެން ކީރިތި ޤުރްއާނާބެހޭ ގައުމީ މަރުކަޒުން ކުރި އިއުލާނެއްގައި ވަނީ ސްކޫލްތަކުގެ ދަރިވަރުންގެ އޯލެވެލް އިމްތިހާނާއި ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތް ފެށުމަށް އިއުލާންކުރެވިފައިވާ ތާރީޚު ދިމާވާތީ މުބާރާތް ފެށުމަށް މިހާރު ހަމަޖެހިފައިވަނީ 29 ޖޫން ގައި ކަމަށެވެ.

މިސަރުކާރުން އިސްލާމީ ކަންތައްތަކަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން މަސައްކަތްކުރައްވަން ފައްޓަވާފައިވާއިރު، އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ‏ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަށް އެ މުބާރާތުގެ ހައްގު ދަރަޖައާއި މަގާމު ހޯދައިދެއްވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
ކީރިތި ޤުރްއާން ކިޔެވުމުގެ ގައުމީ މުބާރާތަކީ ރައީސް މައުމޫނުގެ ޒަޢާމަތުގައި، 1981 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ މުބާރާތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ފަހުގެ

މަޤްބޫލު